ތަނަކަށް ތަދުވަނީހެއްޔެވެ؟ ނޫނީ މައިގްރޭން ފަދަ ބައްޔެއްގެ ސަބަބުން ގަދައަށް ބޮލުގައި ރިއްސަނީހެއްޔެވެ؟ އަނިޔާލިބުނުތަނަކަށް މެދުނުކެނޑި ތަދުވަނީ ހެއްޔެވެ؟ ފާރުގަނޑެއް ނުހިކިލަސްވަނީހެއްޔެވެ؟
މީހަކާއި އޮންނަ ގުޅުން ކެނޑުނީހެއްޔެވެ؟ މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބުނީހެއްޔެވެ؟ އެކުވެރިން ތިބާއަސް ދެރަދީ ބާކީކޮށްލީހެއްޔެވެ؟ ދައްކަންޖެހޭ ބިލްތައް ނުދެއްކި ދަރަނި ބޮޑުވީހެއްޔެވެ؟
ބުނަންހެއްޔެވެ؟ މިބަޔާންކުރި ފަދަ ކޮންމެ ޙާލަތަކީވެސް އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވެވުމަށް ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އިމްތިޙާންތަކެވެ. ސުވަރުގެ ހޯދަން ކުރާ މަސައްކަތް އިތުރުކުރެއްވެވުމަށް މެދުވެރިކުރައްވަވާ އިމްތިޙާންތަކެވެ.
އެކަން ޤަބޫލުނުކުރެވި ސުވަރުގެ ވަންނަން ދެކޮޅުހަދަނީ އެމީހެކެވެ. އަހުރެމެންނެވެ.
ދެކޮޅު ހެދުމަކީ ކެތްތެރިނުވެ ތެޅިފޮޅުމެވެ. ޝަކުވާތައް ގިނަކުރުމެވެ. ތަޤްވާވެރިކަން އިތުރުކޮށް ދުޢާކޮށް ﷲ ތަޢާލާ އާއި ކުތަންވުމަށް ކުރާ މަސައްކަތް އިތުރު ނުކުރެވުމެވެ. ވީމާ އެފަދަ މީހަކަށްނުވެ ކޮންމެ ފަދަ ކަމެއް ކުރިމަތިކުރެއްވެވި ނަމަވެސް ޝަކުވާތައް ނުކޮށް، ތަޤްވާވެރިކަން އިތުރުކޮށް ދުޢާކޮށް ﷲ ތަޢާލާ އާއި ކުތަންވުމަށް ކުރާ މަސައްކަތް އިތުރު ކުރާށެވެ! ފާފަތައް ފުއްސަވައި ދެއްވަވައި ސުވަރުގެ ވައްދަވާނެތެވެ! އިން ޝާ ﷲ
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން