ހެޔޮ ޢަމަލު ނުކުރެވުނު މީހަކު ސުވަރުގެ ވައްދަވާ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ހެޔޮ ޢަމަލު ނުކުރެވުނު މީހަކު ސުވަރުގެ ވައްދަވާ ސަބަބު-

އީމާނުން ފުރިގެންވާ ހިތަކުން لا إله إلا الله ކިޔުމުގެ ނަޞީބު!

އަޅަކަށް ލިބޭނެ އެންމެ މަތިވެރި ނަޞީބަކީ އީމާނުން ފުރިގެންވާ ހިތަކުން لا إله إلا الله ކިޔުމުގެ ތައުފީޤު ލިބިގެން ދިޔުމެވެ. އެފަދަ އަޅަކަށް އުފާވެރިކަން ހުއްޓެވެ. އުޑާއި ބިން ޚަލްޤުކުރެވުނީ، ޝަހާދަތުގެ މިކަލިމައަށްޓަކައެވެ. މިއީ މީޒާނުގައި އެންމެ ބަރު އަދި އެންމެ މަތިވެރި ކަލިމައެވެ.

ޙަދީޘްފުޅުގައި ވާރިދުވެފައިވެއެވެ. ޤިޔާމަތްދުވަހުން، ފާފަތަކުން ފުރިގެންވާ އަޅަކު ގެނެވޭނެއެވެ. އޭނަގެ ވައަތު ފަތުގައި ބައިވަރު ނުބައި ކަންތައް ލިޔެވިގެންވެއެވެ. އޭނައާ ސުވާލު ކުރެވޭނެއެވެ.

ކަލޭ މިފާފަތަކާމެދު ބުނަނީ ކީކޭތޯއެވެ؟ މިއަށް އިންކާރުކުރަމުތޯއެވެ؟ އޭނަ އެކަމަށް އިންކާރު ނުކުރާ ކަމަށް ބުނާނެއެވެ. ދެން ސުވާލުކުރެވޭނެއެވެ. ކަލެއަށް އުޒުރެއް ނުވަތަ ހެޔޮކަމެއްވޭތޯއެވެ؟ އޭނަ ބުނާނެއެވެ. ނުވެއެވެ.

ބުނެވޭނެއެވެ. ނޫނެކެވެ. ކަލެއަށް ހެޔޮ ކަމެއްވެއެވެ. އަދި ކަލެއާމެދު މިއަދު އަނިޔާވެރިއެއް ނުވެވޭނެއެވެ. ދެން ޝަހާދަތުގެ ދެކަލިމަ ލިޔެވިފައިވާ ކުޑަކުޑަ ފަތެއް ނެރެވި ދައްކާލެވޭނެއެވެ. އޭނާ ބުނާނެއެވެ. އޭ ރައްބެވެ! އެ ނުބައި ފަތްތަކުގެ ކުރިމަތީގައި ތިޔަ ކުޑަ ފަތުގެ އެއްވެސް ބުރަދަނެއް ހުންނާނެތޯއެވެ؟ ދެން، އޭނަގެ އެ ދެފަތް ތިލަފަތަށް ލެވޭނެއެވެ. ހަމަލެވުމާއެކު، އެއޮތް ބޮޑު ބިޔަ ނުބައިކަމުގެ ފަތްތައް، ހެޔޮ ކަމުގެ މި ކުޑަ ފަތުގެ ބަރުދަނުގެ ސަބަބުން ބުރައިގެން ގޮސްދާނެއެވެ. އަދި މާތް ﷲ އޭނަ ސުވަރުގެއަށް ވައްދަވާނެއެވެ. މިއީ މިކަލިމާގެ މަތިވެރިކަމެވެ.

ވުމާއެކު، އީމާނުން ފުރިގެންވާ ހިތަކުން މި ކަލިމަ ގިނަގިނައިން ކިޔުއްވާށެވެ. އަދި މިކަލިމަޔަށް ޙަޤީޤީ މާނާގައި އީމާންވާކަން ބޭރުފުށުގެ ޢަމަލުން ދައްކަން މަސައްކަތް ކުރައްވާށެވެ. ކާމިޔާބީގެ އަހުލުވެރިންނަކީ އެއީއެވެ.

--ޝައިޚް ޝަފީޢު ޢަބްދުﷲ

--ގުޅުންހުރި ޙަދީޘް:

http://iswy.co/e3gvr

 

މިއަދު އޮންލައިން