ނަމާދު ބާޠިލްވާ އަށް ކަމެއްވެއެވެ. އެއީ:
1. ނަމާދުގައި ވާހަކަ ދެއްކުމުން ނަމާދު ބާޠިލްވާނެކަން އެނގިހުރެ އަދި އެކަން ހަނދާންހުރެ ނަމާދުގައި ވާހަކަ ދެއްކުން. ހަނދާންނެތި ނުވަތަ ނަމާދުގައި ވާހަކަދެއްކުން އެއީ ނަމާދު ބާޠިލުވާކަމެއްކަން ނޭނގި އެކަންކުރާމީހާގެ ނަމާދު ބާޠިލެއް ނުވާނެއެވެ.
2. ހުނުން.
3. ކެއުން.
4. ބުއިން.
5. ޢައުރަ ކަޝްފުވުން.
6. ޤިބްލައާވީ ފަރާތާއި ވަރަށް ބޮޑަށް އެއްކިބާވުން.
7. މެދުނުކެނޑި ގިނައިން ނަމާދުން ބޭރު ހަރަކާތްތައް ކުރުން.
8. ޠަހާރަތު ގެއްލުން.
--އަލްއުޚުތު އުންމި ޢަބްދިﷲ
ނަމާދުގެ ސަފެއްގައި ހުއްޓާ ވުޟޫ ގެއްލިއްޖެ ނަމަ އޮތީ ނަމާދު ދޫކޮށްލައި ފޭބުމެވެ. ފަހަތުގައި ސަފުހަދާފައިވާނަމަވެސްމެއެވެ. ސަފުގައި ތިބޭ މީހުން އޭނާއަށް އެބާރުލުންދޭނީއެވެ. އެއްބާރުލުން ދިނުމަކީ ތިމާހުރިތަނުގައި ހުރެގެން އެއްބާރުލުން ދިނުމެވެ. ދުރަށްޖެހުމެއް ނެތެވެ.
--ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ