ލޯބިވާކަމަށް ބުނަމުން ގައާދިމާއަށް ދިއްކުރާ އަތް ނުހުއްޓުވިއްޖެނަމަ އަތްލާފަ ދުރުގަ ތިބެ މަލާމާތްކޮށް ހޭނެ! އަތްލާފަ ދުވެ ފިލަންވެސް ފިލާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ލޯބިވާކަމަށް ބުނަމުން ގައާދިމާއަށް ދިއްކުރާ އަތް ނުހުއްޓުވިއްޖެނަމަ އަތްލާފަ ދުރުގަ ތިބެ މަލާމާތްކޮށް ހޭނެ! އަތްލާފަ ދުވެ ފިލަންވެސް ފިލާނެ!

މިވާހަކަ ބުނީމާ ގިނަ ބައަކު ރުޅިއަންނާނެއެވެ. ރުޅި އެއަންނަނީ ނިޔަތް ރަނގަޅު ނޫން މީހުންނެވެ. އަހުރެމެންގެ ކިބައިން ނާޖާއިޒު ފައިދާ ނަގަން ބޭނުންވާ މީހުންނެވެ. ވީމާ އެމީހުން ރުޅި އަތުވެދާނެތީ ކަންބޮޑުވުމެއް ނެތެވެ. 

ލޯބިވެގެން ކުޑަދުވަސްކޮޅެއްވާއިރަށް އަތްދިއްކުރާނެއެވެ. އަތްދިއްކުރާއިރަށް ބުނާށެވެ! ލޯތްބަކީ އަތުންވާ އެއްޗެއް ނޫނެވެ. ހިތުންވާ އެއްޗެކެވެ. އަތުން ކުރަން އޮތްކަމަކީ އެހީތެރިވެދިނުމެވެ. މިފަދައިން ބުނުމުންވެސް އަތްދިއްކުރާނަމަ އެމީހަކަށް އަވަހަށް ރަތްކާޑު ދައްކާށެވެ! 

ރީތި ކަމަށް ބުނެ ސިފައަށް ތަޢްރީފްކުރާނަމަ އެކަމުގެ ފަހަތުގައި އޮންނާނީ އަތްއިސްކުރަން މަގުފަހިކުރުމެވެ. އެޙާލަތުގައި ބުނާށެވެ! "އަހުރެންގެ ސިފައަށް ތައްރީފްނުކުރާށެވެ! ސިފައަކީ މާދަމާވެސް ބަދަލުވެދާނެއެއްޗެކެވެ."

ގިނަ އަނަހެނުންނަކީ ވަރަށް ވިސްނުން ރަނގަޅު ތޫނުފިލި ބައެކެވެ. ނަމަވެސް މިބުނި ދެޙާލަތުގައި ވިސްނުން ތޫނުނުކުރެވިއްޖެނަމަ އެއްވެސް ތޫނުފިލިކަމެއް ނެތެވެ. ބުއްދީގެ ބޭނުން އެއޮތީ ނުކުރެވިފައެވެ.  

މީހުން ލައްވައި ފާފަކުރުވާފައި ދުރުގައި ހުރެގެން މަލާމާތްކޮށް ހޭނފަދައިން އަހުރެމެންގެ ގައިގައި އަތްލެވުމުން އެއޮތީ އެމީހުން ބޭނުންވާ ކަންކަން ޙާޞިލުކުރެވިފައެވެ. އެހިސާބުން އަހުރެމެންގެ މޮޔަކަމަށް މަލާމާތްކޮށް ހޭނެއެވެ. އަދި ފަޚުރުވެރިކަމާއިއެކު އެވާހަކަތައް ދައްކާނެއެވެ.  

އަހުރެމެންގެ ހަށިގަނޑުގެ އަގު ހިފެހެއްޓުމަކީ އަހުރެމެންގެ ކަމެކެވެ. އަހުރެމެން އެކަން ނުކުރިނަމަ އަހުރެމެންނަށްޓަކައި އެކަންކޮށްދޭނީ ކާކުހެއްޔެވެ؟ އަދި ކޮށްދެވޭނެ މީހަކުވެސް ނުހުންނާނެ ނޫން ހެއްޔެވެ؟  

ގައިގައި އަތްލަން ދޫކޮށްލި އަންހެނުން މިވާހަކައަށް ތާއީދުކުރާނެއެވެ. ސަބަބަކީ މަދު އަންހެނަކަށް ނޫނީ ކުރެވިފައި ހުންނާނީ ހިތި ތަޖުރިބާ ވީމައެވެ. މިއީ ޙަޤީޤަތް ޤަބޫލުކުރާ ކޮންމެ އަންހެނަކުވެސް ޤަބޫލުކުރާނެ ކަންކަމެވެ.  

- މިއީ ތަޖުރިބާކާރު ޢިލްމުވެރިއަކު ވިދާޅުވެފައިވާ ބަސްފުޅެކެވެ.  

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން