ކޮށާރުން: ސަމާލުކަންވެސް ނުދެވޭ ފޭރުފަތު ސައިގެ ރަހަ މީރުވެފަ ނުލިބޭ ފައިދާއެއް ނެތޭބުނޭވަރަށް ގިނަ ފައިދާ ލިބޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކޮށާރުން: ސަމާލުކަންވެސް ނުދެވޭ ފޭރުފަތު ސައިގެ ރަހަ މީރުވެފަ ނުލިބޭ ފައިދާއެއް ނެތޭބުނޭވަރަށް ގިނަ ފައިދާ ލިބޭ!

ބޭނުންވާ ތަކެތި: 

1 ލުނބޯ (ކިބަކޮށްލާފަ)

10 ފޭރުފަތް ( ރަނގަޅު ސައިޒުގެ)

500 އެމްއެލް ފެން 

ތައްޔާރުކުރާނެ ގޮތް: 

ފެނަށް ފޭރުފަތާއި ލުނބޯ 2 ކިބަ ލައި ރަނގަޅަށް ކައްކާށެވެ. ކެކުމުން ބާލައި 20 މިނިޓްވަންދެން ހިހޫކުރަން ބަހައްޓާށެވެ. ފުރާނާލައިގެން ބޯށެވެ. ރަނގަޅީ ދުވާލަކު 2 އިރު ބޭނުންކުރުމެވެ. މި ބުއިމަށް އަހަރެން ކިޔާނީ ފޭރުފަތުސައެވެ. އެއީ ކައްކައިގެން ތައްޔާރުކުރާތީއެވެ. 

ފޭރުން ލިބޭ ފައިދާތައް: 

- ސަރުބީ ވިރުވައި ހިއްކައިދިނުން

- ލޭގަ ހަކުރު ކޮންޓްރޯލްކުރުން

- ވިޓަމިން ބީ ، ވިޓަމިން ސީ އަދި ފައިބަރ ލިބުން

- ޙަޖަމް ރަނގަޅުވެ ބޮޑުކަމުދާން ފަސޭހަވުން

- ކެންސަރު ޖައްސުވާ ސެލްތައް ނައްތާލުން

- ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރަން އެހީތެރިވެ، ހާޓްއެޓޭކާ ސްޓްރޯކް ޖެހުމުން ސަލާމަތްކޮށްދީ ހިތަށް ދުޅަހެޔޮކަން ގެނެސްދޭ

- ކޮލޮސްޓްރޯލް މަދުކޮށްދޭ

- ޅަ (ގިތި) ފޭރު ކެއުމުން ބޭރަށް ހިންގުން ހުއްޓުވައިދޭ

- ފާރުހިއްކަން އެހީތެރިވެދޭ 

ގަހުން ފޭރު ހުސްވެދާނެއެވ. ނަމަވެސް އަބަދުވެސް ފަތްލިބޭނެއެވެ. ފޭރުން ލިބޭ ހުރިހާ ފައިދާތަކެއް ފޭރުފަތުންވެސް ލިބޭނެއެވެ. ސައިންސްކުރިއަރައި އިތުރު ކަންކަން އެނގުނު ނަމަވެސް އެންމެ ކުރީ ޒަމާނުންސުރެ ފޭރުން ގިނަ ފައިދާތައް ކުރާކަން ވަނީ ޔަޤީންކުރެވިފައެވެ.

 

- ފަޒީގެ ތަޖުރިބާއިން

މިއަދު އޮންލައިން