މަރުގާތްވެއްޖެ ކަމުގެ ސިގްނަލް އިޙްޞާޞްކުރެވުނު ހެޔޮލަފާ އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
މަރުގާތްވެއްޖެ ކަމުގެ ސިގްނަލް އިޙްޞާޞްކުރެވުނު ހެޔޮލަފާ އަންހެނެއްގެ ވާހަކަ-

އަޅުގަނޑުމެންގެ މިމަރުވެފައިވާ ހިތްތަކަށް ދިރުންލިބޭތޯ ހަޤީޤީ ހާދިސާއެއް ނަކަލުކޮށްލާނަމެވެ. މިއީ ސަޢޫދީ ޢަރަބިޔާގެ ރިޔާޟުގައި ހިނގި ހާދިސާއެކެވެ. ދެމަފިރިންނެވެ. ޞާލިޙު ތަޤްވާވެރި ޢާއިލާއެކެވެ. އެއްދުވަހަކު، މިދެމަފިރިން ޢުމްރާވުމަށް މައްކާއަށް ދިއުމަށް ތައްޔާރުވިއެވެ. ނަމަވެސް، ދަތުރު ފެށުމުގެކުރީން، އެދުވަހު، އަންހެންމީހާގެ ފަރާތުން އާދަޔާޚިލާފު ކަންތައްތަކެއް ފެނުނެވެ. އެހެނީ އެދުވަހު، އަދަޔާޚިލާފަށް އެއަންހެންމީހާ، އޭނާގެ ދަރީންނަށް ބޮސްދީހަދާ އުޅުނެވެ. އަދި ރޮއެރޮއެ ހުރެގެން ވަޞިއްޔަތެއްލިޔުނެވެ. އޭގައިވާ ޢިބާރާތްތަކުން އެއީ އޭނަގެ މަރުގެ ވަޞިއްޔަތޭވެސް ދެންނެވިދާނެއެވެ. މި އަންހެންމީހާއަކީ ވަރަށް މާތް ތަޤްވާވެރިއެކެވެ.

ކޮންމެއަކަސް، ދެމަފިރިން މައްކާއަށް ގޮސް، ޢުމްރާގެ މަތިވެރި އަޅުކަން ފުރިހަމަ ކުރިއެވެ. އަދި އެނބުރި ރިޔާޟަށް ދާން ދަތުރުފެށިއެވެ. އެއީ ވަދާޢުގެ ދަތުރެވެ. އަޖަލުގެ ދަތުރެވެ. ކާރުގެ ފުރޮޅު ފަޅައިގެންދިޔައީއެވެ. އެއާއެކު ކާރު ފުރޮޅާލިއެވެ. ޞާލިޙް އެއަންހެނާގެ ބޮލަށް ވަރަށް ބޮޑު ޒަޚަމެއްލިބުނެވެ. ފިރިމީހާއަށް މާބޮޑު އަނިޔާއެއްނުލިބެއެވެ. އެހެންކަމުން، ފިރިމީހާ އަވަސް އަވަހަށް ދުވެފައި އަނބިމީހާގެ ގާތަށްދިޔައެވެ. އެވަޤުތު އަނބިމީހާ ޝަހާދަތުގެ ދެކަލިމަ ކިޔަމުން ގެންދެއެވެ. އަދި އެއަށްފަހު ބުންޏެވެ. ” އަޅުގަނޑަށް މާފުކުރޭ! އިރާދަކުރެއްވިޔާ، ދެން ބައްދަލުވާނީ ސުވަރުގެއިން… އަދި ކުދިވެރީންނަށްވެސް ސަލާމް ފޯރުކޮށްދީ"

وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ ۚ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ [٥٢:٢١]

އަދި އީމާންވިމީހުން އެއުރެންގެ ދަރިން އީމާންވުމާއެކު، އެއުރެންނަށް ތަބާވުމުން، އެއުރެންގެ ދަރިންވެސް ތިމަންރަސްކަލާނގެ އެއުރެންނާ އެއްދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެއުރެންގެ ޢަމަލަކުން އެއްވެސް އެއްޗެއް ތިމަންރަސްކަލާނގެ އުންޏެއް ނުކުރައްވާހުށީމެވެ. ކޮންމެމީހަކީވެސް އެމީހަކު ހޯދި ޢަމަލަކަށް ކަނޑައަޅުއްވާފައިވާ ޖަޒާލިބޭނޭ މީހެކެވެ.

 

- ޝައިޚް ޝަފީޢު ޢަބްދިﷲގެ ލިޔުއްވުމަކުން

 

 

މިއަދު އޮންލައިން