ޕާލަމެންޓުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓު ބަލައިނުގަންނަން ސިރިސޭނަ ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 24ސ
ޕާލަމެންޓުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓު ބަލައިނުގަންނަން ސިރިސޭނަ ނިންމައިފި

ޕާލަމެންޓުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓު ބަލައިނުގަންނަން ރައީސް ސިރިސޭނަ ނިންމައިފި އެވެ. ސިރިސޭނަ ވިދާޅުވީ ވޯޓު ނަގާފައިވަނީ އުޞޫލުތަކުން ބޭރުން ކަމަށެވެ. އެހެންކަމުން ވޯޓު ބަލައި ނުގަންނާނެކަން ޕާލަމެންޓުގެ ރައީސަށް އަންގަވާފައިވާނެ ކަމަށެވެ.

 

މައުލޫމާތު ލިބޭ ގޮތުން އިއްޔެ ނެގި ވޯޓާއި ބެހޭ ހުރިހާ މައުލޫމާތެއް މިހާރުވަނީ ރައީސް ސިރިސޭނައަށް ފޮނުވައިފައެވެ. މަޖިލީހުން އިއްޔެ ފާސްކޮށްފައިވަނީ ރައީސް ސިރިސޭނައަށާއި އެމަނިކުފާނުގެ ސަރުކާރަށް އިތުބާރު ނެތް ކަމަށެވެ.

މިއަދު އޮންލައިން