ބަރުޒަޚުގެ ޢާލަމް 6: ކައްވަޅުގެ ޢަޛާބަށް ރައްކާތެރިވުން- ކޮންމެ މީހަކުވެސް ސަމާލުކަންދޭންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26މ 27ސ
ބަރުޒަޚުގެ ޢާލަމް 6: ކައްވަޅުގެ ޢަޛާބަށް ރައްކާތެރިވުން- ކޮންމެ މީހަކުވެސް ސަމާލުކަންދޭންޖެހޭ ކަމެއް!

ދެންފަހެ މި مَسْأَلَة ގައި ކަދުރު ރުކުގެ ރޯއޮށްޓެއް ދެފަޅިއަށް ފަޅުއްވާލައްވާފައި އެއްމަހާނަމަތީގައި އެއްބައި، އަނެއް މަހާނަ މަތީގައި އަނެއްބައި ޖެއްސެވިކަން ސާބިތުވާއިރު، ކަށްވަޅުގެ أَهْلُ ވެރީންގެ ތެރެއިން ކަށްވަޅުގެ عَذَاب ދެއްވެނީކަން އިތުރު އެކަލޭގެފާނަށް އެނގިވަޑައިގެންނެވި، ކަށްވަޅެއްގެ أَهْلُ ވެރިއެއްގެ މަހާނައެއް ފިޔަވައި އެހެނިހެން މަހާނަތަކުގައި ކަދުރު ރުކުގެ ރޯއޮށްޓެއްގެ އެތިކޮޅެއް ޖެއްސެވިކަން ثَابِتُ ނުވާކަމަށްޓަކައި، މި عَمَلُ ފުޅުގެ حُكُم އަކީ خَاصَّ حُكُمْ އެއްކަމަށާއި، عَامُّ حُكُمْ  އެއްނޫން ކަމަށް عِلْمُ ވެރިން  ބުރަވެ(1)

ވަޑައި ގަންނަވައެވެ.  

އަދި ކިއެއްތަ؟ އެއަށްފަހު خُلَفَاءُ الرَّاشِدُ ންނާއި ، أَصْحَابُ ންގެ ތެރެއިން ކުރިޔަށް ތިއްބެވި ބޭކަލުން ވެސް މަހާނަމަތީގައި ރޯއެތިކޮޅެއް ޖެއްސެވިކަން ثَابِت އެއްނުވެއެވެ. ނަމަވެސް بُرَيْدَةُ الْأَسْلَمِىُّ އެކަލޭގެފާނުގެ މަހާނަމަތީގައި ކަދުރު ރުކުގެ ރޯއޮށީގެ ދެއޮށި ޖެއްސެވުމަށް وَصِيَّة ކުރެއްވިކަން ثَابِت ވެއެވެ. ވީމާ، އެއީ خَاصَّ ހުކުމެއް ނޫންކަމާއި، އެއީ عَامُّ حُكُمْ އެއްކަން بُرَيْدَةُ الْأَسْلَمِىُّ ދެކެވަޑައިގަންނަވާ ކަހަލައެވެ. އެއީ بُرَيْدَةُ الْأَسْلَمِىُّ ގެ إِجْتِهَاد އެއް ކަމަށް ވެދާނެއެވެ. ނަމަވެސް إِجْتِهَادُ ބައެއްފަހަރު ކުށްވެދެއެވެ. އަނެއްބައި ފަހަރު ރަނގަޅު ވެދެއެވެ.

_____________________________

(1)  ބައްލަވާ: فتج البارى  223- 222/ 3

1- عَنْ اَبِى هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ قَالَاَكْثَرُ عَذَابِ الْقَبْرِ فِيْ الْبَوْلِ (1)  

މި حَدِث ގެ މާނައަކީ، النَّبِيُّ صَلَّى اللهُ عَلَيْهِ وَعَلَى آلِهِ  وَصَحْبِهِ وَسَلَّمَ حَدِيث ކުރެއްވި އެވެ. އެންމެގިނައިން ކަށްވަޅުގެ عَذَاب ދެއްވަނީ ކުޑަކަމު ގޮސްފައި އެނަޖިހުން طَاهِرُ ނުވުމާއި، އެ ނަޖިހަށް ރައްކާތެރި ނުވުމުގެ ސަބަބުންނެވެ.  

2- عَنْ ابْن شِهَابٍ أَخْبَرَنِى عُرْوَةُ بُنُ الزُّبَيْرِ أَنَّهُ سَمِعَ أَسْمَاءَ بِنْتِ اَبِى بَكْرٍ رَضِيَ اللهُ عَنْهُمَا تَقُوْلُ قَامَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ خَطِيْبًا فذَكَرَ فِتْنَةَ الْقَبْرِ الَّتِى يَفْتَتِنُ فِيْهَا الْمَرْءُ فَلَمَّا ذَكَرَ ذَالِكَ ضّجَّ الْمُسْلِمُوْنَ ضَجَّةً (2) 

މި حَدِيث ގެ މާނައަކީ ، اِبنُ شِهَابގެ އަރިހުން ރިވާވެގެންވިއެވެ. عُرْوَةُ بُنُ الزُّبَيْرِ ތިމަންނާއަށް خَبَر ދެއްވިއެވެ. ހަމަކަށަވަރުން أَسْمَاءَ بِنْتِ اَبِى بَكْرٍ رَضِيَ اللهُ عَنْهُمَا ވިދާޅުވާތީ، އެކަލޭގެފާނު އެއްސެވިކަމަށެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ތެދުވެ ވަޑައިގެން ހުންނަވާ خُطْبَة ވިދާޅުވަމުން ކަށްވަޅުގައި އިންސާނާ އަށް ހުށަހެޅޭ ކަށްވަޅުގެ إِمْتِحَان  ގެ ވާހަކަ ވިދާޅުވެ ދެއްވިއެވެ. ފަހެ އެވާހަކަ އިތުރު އެކަލޭގެފާނު ވިދާޅުވީހިނދު مُسْلِم ންނަށް ހަމަކަށަވަރުން އަޑުފުޅު ވީއްލަވައި ކީރިތި ކުރެއްވުނެވެ. 

3- عَنْ أَبِى هُرَيْرَةَ رَضِىَ اللهُ عَنْهُ قَالَ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَدْعُوْ: اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ اَلْقَبْرِ , وَمِنْ عَذَابِ النَّارِ وَمِنْ فِتْنَةِ اَلْمَحْيَا وَالْمَمَاتِ , وَمِنْ فِتْنَةِ اَلْمَسِيحِ اَلدَّجَّالِ (1) 

________________

(1) رواح أحمد

(2) رواح البهاري

(1) رواح البهارى 

މި حَدِيْث ގެ މާނައަކީ، ﷲ ރުއްސުންލެއްވި أَبُو هُرَيْرَة ގެފާނު ވިދާޅުވި އެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ މިފަދައިން دُعَاء ކުރައްވައެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން ކަށްވަޅުގެ عَذَاب ންނާއި، ނަރަކައިގެ عَذَاب ން މުއްތި ކުރެއްވުން އެދި، އިބަ ﷲ ގެ ރައްކައުތެރި ކަން މިއަޅާ ލިބިގަންނަމެވެ. އަދި ދިރިހުރުމުގެ فِتْنَة އިންނާއި، މަރުވުމުގެ فِتْنَة އިން މުއްތި ކުރެއްވުން އެދި، އިބަ ﷲ ގެ ރައްކައުތެރިކަން މިއަޅާ ލިބިގަންނަމެވެ.  އަދި الْمَسِيْحُ الدَّجَّالُ ގެ فِتْنَة އިންވެސް މެއެވެ.  

4- عَنْ نَافِعٍ عَنْ عَبْدِ اللهِ بْنِ عُمَرَ رَضِىَ اللهُ عَنْهُمَا  أَنَّ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ إنَّ أَحَدَكُمْ  إذا ماتَ عُرِضَ عليْهِ مقعدُهُ بالغداةِ والعشيِّ، إن كانَ من أَهلِ الجنَّةِ فمن أَهلِ الجنَّةِ، وإن كانَ من أَهلِ النَّارِ فَمِنْ أَهلِ النَّارِ، فيقالُ: هَذَا مَقْعَدُكَ حتَّى يَبْعثَكَ اللَّهُ يَوْمَ القِيَامَةِ. (رواه البخارى) 

މި حَدِيْث ގެ މާނައަކީ، نَافِعُ  ގެފާނުގެ އަރިހުން ރިވާވެގެން ވިއެވެ. އެދެބަފައިކަލުންނަށް މާތް ﷲ ރުއްސުންލެއްވި عَبْدُ اللهِ بْنُ عُمَرُ ގެ އަރިހުން ރިވާވެގެންވިއެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حَدِيث ކުރެއްވި އެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު މަރުވެއްޖިއްޔާ، ހެނދުނާއި ހަވީރު އޭނާގެ مَقَامُ އޭނާއަށް ހުށަހެޅެއެވެ. ސުވަރުގޭގެ أَهْلُ ވެރީންގެ ތެރެއިންވާ މީހެއް ނަމަ، ސުވަރުގޭގެ أَهْلُ ވެރީންގެ ތެރެއިން އޭނާއަށް ހުރި مَقَامُ އެވެ. ނަރަކައިގެ أَهْلُ ވެރީންގެ ތެރެއިންވާ މީހެއްނަމަ، ނަރަކައިގެ أَهْلُ

ވެރީންގެ ތެރެއިން އޭނާއަށް ހުރި ޖާގައެވެ. ފަހެ އޭނާއަށް ބުނެވޭ ހުއްޓެވެ. މިއީ ކަލޭގެ ޖާގައެވެ. އެއީ قِيَامَة ދުވަހުން ކަލެއަށް ހުރި ތަނަށް ﷲ ، ކަލޭ ފޮނުއްވައިފުމަށް ދާނދެނެވެ. 

5- عَنْ أَنَسٍ رَضِىَ اللهُ عَنْهُ  قَالَ:  قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:  لَولاَ أَنْ لاَ تَدَافَنُوْا لَدَعَوتُ اللهَ أنْ يُسْمِعَكُمْ مِنْ عَذَابِ الْقَبْرِ، (1) )  رواه المسلم)

މި حَدِيْث ގެ މާނައަކީ، ﷲ ރުއްސުންލެއްވި أَنَس ގެފާނު ވިދާޅުވި އެވެ. رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ حَدِيث ކުރެއްވި އެވެ. (ތިޔަބައިމީހުން ގަންނަ ބިރެއްގެ ސަބަބުން) ތިޔަބައިމީހުންގެ مَيِّتُ ން ވަޅުލުން ދޫކޮށްލާފާނޭ ކަމުގެ ބިރު ހީފުޅުނުވާނަމަ، ކަށްވަޅުގެ عَذَابُ ދެއްވާއަޑު، ތިޔަބައިމީހުންނަށް އިއްވެވުމަށް އެދި ﷲ އަށް دُعَاء ކުރެއްވީމު އެވެ.  

6- عَنْ أَبِى هُرَيْرَةَ رَضِىَ اللهُ عَنْهُ  أَنَّ النَّبِىَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: إذَا فَرَغَ أَحَدُكُم مِنَ التَّشَهُّدِ اْلأَخِيْرِ، فَلْيتَعوَّذْ باِللَّهِ مِنْ أَرْبَعٍ: مِنْ عَذَابِ جَهَنَّمَ، ومِنْ عَذَابِ الْقبَرِ، وَمِنْ فِتنةِ الْمَحْيَا وَالْمَمَاتِ، وَمِنْ فِتنةِ الْمَسِيْحِ الدَّجَّالِ(1) رَوَاهُ مُسْلِم .

މި حَدِيث ގެ މާނައަކީ، ﷲ ރުއްސުންލެއްވި أَبُو هُرَيْرَة ގެފާނުގެ އަރިހުން ރިވާވިއެވެ. ހަމަކަށަވަރުން سَلاَم އާއި صَلَوَاة ލެއްވި نَبِى ކަލޭގެފާނު حَدِيث ކުރެއްވިއެވެ. ތިޔަބައި މީހުންކުރެ މީހަކު ފަހު اَلتَّحِيَّات ކިޔައި ނިމިއްޖެއްޔާ ހަތަރު ކަމަކުން ދުރުކުރެއްވުން އެދި، ﷲ ގެ حَضْرَة ން ރައްކާތެރިކަން ލިބިގަންނަ ހުށިކަމެވެ. އެއީ، ނަރަކައިގެ عَذَاب ން ނާއި، ކަށްވަޅުގެ عَذَاب ންނާއި، ދިރިހުރުމާއި މަރުވުމުގެ فِتْنَة އިންނާއި الْمَسِيْحُ الدَّجَّال ގެ فِتْنَة އިން ނަޖާ ކުރެއްވުން އެދިއެވެ. 

7- عَنْ عُثْمَانَ رَضِىَ اللهُ عَنْهُ قَالَ: كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ فَقَالَ اِسْتَغْفِرُوا لِأَخِيْكُمْ وَسَلُوْا لَهُ التَّثْبِيْتَ فَإِنَّهُ الْآنَ يُسْأَلُ. (1) 

މި حَدِيْث ގެ މާނައަކީ، ﷲ ރުއްސުންލެއްވި عُثْمَان ގެފާނުގެ އަރިހުން ރިވާވެގެންވިއެވެ، އެކަލޭގެފާނު ވިދާޅުވިއެވެ. سَلاَم  އާއި، صَلَوَات ލެއްވި نَبِى ކަލޭގެފާނު مَيِّت އާ ވަޅުލައްވައި ނިމިއްޖެއްޔާ އެތަނުގައި ހުއްޓިވަޑައިގެން ހުންނަވައި، حَدِيث ކުރައްވާ ކަމުގައި ވިއެވެ. ތިޔަބައި މީހުންގެ أَخ އާ އަށް ފާފަ ފުއްސެވުން އެދި دُعَاء ކުރާށެވެ. އަދި އޭނާއަށް ثَابِتْ ކަންދެއްވުންއެދި دُعَاء ކުރާށެވެ. އެހެނީ، ހަމަކަށަވަރުން މިހާރު އޭނާއާ (ކަށްވަޅުގެ) سُؤَالً އެބަ ކުރައްވައެވެ.

_________________________________

(1) اَبُوْ دَاودَ  والْحَاكِمُ وَصَحَّحَهُ وَالْبَزَّارُ. 

8- عَنْ أَنَسٍ رَضِىَ اللهُ عَنْهُ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: اَلْعَبْدَ إِذَا وُضِعَ فِي قَبْرِهِ وَتُوُلَّىَ وَذَهَبَ أَصْحَابُهُ- حَتَّى إِنَّهُ لَيَسْمَعُ قَرْعَ نِعَالِهِمْ أَتَاهُ مَلَكَانِ فَأَقْعَدَاهُ فَيَقُوْلانِ لَهُ: مَا كُنْتَ تَقُولُ فِي هَذَا الرَّجُلِ مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَيَقُوْلُ: أَشْهَدُ أَنَّهُ عَبْدُ اللَّهِ وَرَسُولُهُ، فَيُقَالُ: اُنْظُرْ إِلَى مَقْعَدِكَ مِنَ النَّارِ أَبْدَلَكَ اللَّهُ بِهِ مَقْعَدًا مِنَ الْجَنَّةِ قَالَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: فَيَرَاهُمَا جَمِيعًا, وَأَمَّا الْكَافِرُ أَوِ الْمُنَافِقُفَيَقُولُ: لا أَدْرِي كُنْتُ أَقُولُ مَا يَقُولُ النَّاسُ فَيُقَالُلا دَرَيْتَ وَلا تَلَيْتَ ثُمَّ يُضْرَبُ بِمِطْرَقَةٍ مِنْ حَدِيدٍ ضّرْبَةً بَيْنَ أُذُنَيْهِ فَيَصِيحُ صَيْحَةً يَسْمَعُهَا مَنْ يَلِيهِ إِلَّا الثَّقَلَيْنِ.(1) 

މި حَدِيث ގެ މާނައަކީ، ﷲ ރުއްސުންލެއްވި أَنَس ގެފާނުގެ އަރިހުން ރިވާވިއެވެ. سَلاَم އާއި صَلَوَات ލެއްވި نَبِى ކަލޭގެފަނު حَدِيث ކުރެއްވިއެވެ. އަޅާ އޭނާގެ ކަށްވަޅު ގައި ބޭއްވި، އަދި އޭނާ ވަޅުލާންދިޔަ މީހުން އޭނާ ދޫކޮށް އެނބުރި ދާން ފަށާހިނދު، ހަމަ ކަށަވަރުން އެބައިމީހުން ފައިވާނުގައި ހިގާފައިދާ އަޑު އެ مَيِّت  އާޔަށް އިވިއިވި ހުންނާނެއެވެ. ހަމަ އެހިނދު ދެ مَلاَئِكَة ން ވަޑައިގެން އޭނާ ބައިންދަވައިގެން އޭނާއާ سُؤَال ކުރައްވާނެ އެވެ. މި مُحَمَّدُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާމެދު ކަލޭގެ ބަހަކީ ކޮބައިހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. ހަމަ ކަށަވަރުން އެކަލޭގެފާނަކީ ﷲ ގެ އަޅާ ކަމަށާއި، އެކަލާނގެ رَسُوْل  ކަމަށް ހެކިވަމެވެ. އެ مَيِّت އާޔަށް ބުނެވޭ ހުއްޓެވެ. ނަރަކައިން ކަލެއަށް ހުރި ޖާގައާއި، އެޖާގައިގެ ބަދަލުގައި ، ﷲ ކަލެއަށް ސުވަރުގެއިން ދެއްވާ مَقَام ދެކޭށެވެ. سَلاَم އާއި صَلَوَات ލެއްވި نَبِى އާ حَدِ                                   

ކުރެއްވި އެވެ. ފަހެ އެދެތަން އެކުއެކީގައި އޭނާ ދެކޭނެއެވެ. ދަންނާށެވެ! كَافِر އާ، ނުވަތަ مُنَفِق އާ ( އެ سُؤَال ގެ ޖަވާބުގައި ) ދަންނަވާނެއެވެ. އަޅުގަނޑަކަށް ނޭގެއެވެ. މީސްތަކުން ބުނެއުޅުނު އެއްޗެއް އަޅުގަނޑުވެސް ބުނެއުޅުނު ކަމުގައި ވީމެވެ. އޭނާއަށް ބުނެވޭނެއެވެ! ކަލޭ ތަނެއްދޮރެއް ނުދަންނަމުތާ އެވެ! ދެން ދަގަނޑު ހަންމުއްޓަކުން އޭނާގެ ދެކަންފަތުގެ ދެމެދުގައިވާ ތާނގައި، (އެބަހީ، އޭނާގެ މޫނުމަތީގައި ) ވަރަށް ބާރަށް ޖެއްސެވޭނެ އެވެ. ފަހެ އޭނާ ވަރަށް ބާރަށް ހަޅޭއްލަވައި ގަންނާނެ އެވެ. އޭނާގެ ހަޅޭކުގެ އަޑު އިންސީންނާއި، ޖިންނީން ފިޔަވައި އޭނާގެ ވަށައިގެންވާ ކޮންމެ مَخْلُوْق އަކަށް ވެސްއިވޭނެއެވެ. " ،މިއެވެ.

______________________________

(1) رواه البخارى : ބައްލަވާ فتح البارى :  3/205 

- އަލްއުސްތާޛް އާދަމްނަސީމު  ހ. ޕޫނަމް (ބިއޭ ނަސީމް) ލިޔުއްވާފައިވާ މަރުވުމަށްފަހު ވާނީ ކިހިނެއް! (ބަރުޒަޚްގެ ޢާލަމް) ފޮތުން

 

މިއަދު އޮންލައިން