ލޯބީގަ ތެދުވެރިކަން ޢަމަލުން ދައްކަންޖެހުނީމަ ފޭލްވާ މީހުން އިސާހިތަކު ބަދަލުވެ ފެއަށްޖެހި ފިލާނެ! އެންމެ ފައިދާހުރި ގޮތަކީ އެފަދަ މީހުން ދާންބޭނުންވާ ގޮތަށް އަވަހަށް ފޮނުވާލުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ލޯބީގަ ތެދުވެރިކަން ޢަމަލުން ދައްކަންޖެހުނީމަ ފޭލްވާ މީހުން އިސާހިތަކު ބަދަލުވެ ފެއަށްޖެހި ފިލާނެ! އެންމެ ފައިދާހުރި ގޮތަކީ އެފަދަ މީހުން ދާންބޭނުންވާ ގޮތަށް އަވަހަށް ފޮނުވާލުން!

ލޯބިވެގެން އުޅެނީ އިމެއްނެތި ތަޢްރީފްކުރަމުންނެވެ. ތިއައީ ދުނިޔެއިންވެސް ވަރަށް މަދުން ނޫނީ ނުފެންނާނެ ފަދަ ފަދަ އަގުބޮޑު ޖަވާހިރެއް ކަމަށް ބުނަމުންނެވެ. އެކަމަކު ކައިވެނިކުރުމަށްފަހު އިސާހިތަކު ބަދަލުވެ ފެއަށްޖެހޭ މީހުން ގިނަވެއެވެ. އެހެންވެ އަހުރެންގެ ވިސްނުމުން ބަލައިލަން މިއުޅެނީ އެގޮތަށް އެކަންތައް ވުމަށް މެދުވެރިވާ ސަބަބަށެވެ. 

އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ލޯބިވެގެންއުޅޭއިރު އޮންނާނީ މޮޅުވާހަކަދެއްކުމެވެ. ޢަމަލުން މާގިނަ ކަންތައްތަކެއް ކޮށްދޭކަށް ނުޖެހެއެވެ. ނަމަވެސް ކައިވެނިކުރުމަށްފަހު އަނެކާ ދޭ ލޯތްބަށް ބަދަލުދޭންޖެހެއެވެ. އެފެންވަރުގައި ތެދުވެރިވެ އިޚްލާޞްތެރިޥާންޖެހެއެވެ. ލޯބިވާކަން ހަމައެކަނި އަނގައިން ބަޔާންކުރުމުގެ އިތުރުން ލޯބިވާކަން ޢަމަލުން ދައްކަންޖެހެއެވެ. 

ފޭލްވަނީ އަނެކާ ލޯބިދޭވަރަށް ލޯބިދިނުމަށެވެ. ވަފާތެރިވެ އިޚްލާޞްތެރިވުމަށެވެ. ޢަމަލުން ކަންކަން ކޮށްދޭންޖެހުމުންނެވެ. މިޙާލަތު މެދުވެރިވުމުން މަޑުމަޑުން ފެއަށްޖެހްންފަށާނެއެވެ. އިސާހިތަކު ކޮންމެވެސް ބަހަނާއެއް ދައްކާފައި ވަކިވެގެންވެސްދާނެއެވެ. 

މިކަން މިގޮތަށްވުމަށް މެދުވެރިވި ސަބަބު ނުވިސްނޭނަމަ ކަންބޮޑުވެސްވެވޭނެއެވެ. އެއީ އެހައި ބޮޑަށް ތަޢްރީފްކުރަމުން އައި މީހަކު ކުއްލިއަކަށް ބަދަލުވެ ވަކިވެގެންދިއައީތީއެވެ. ވީމާ ބުނެލަން އޮތީ މިފަދަ ގޮތެއް މެދުވެރިވި ނަމަވެސް ކަންބޮޑުނުވާށެވެ! 

އަދިވެސް ވިސްނައިލާށެވެ! މިފަދަ ގޮތެއް މެދުވެރިވުމުން ހިތަށްއަރައިފާނެއެވެ. "މިހާ ލޯބިން، މިހައި ތެދުވެރިކަމާއި ވަފާތެރިކަމާއިއެކު އުޅުމުން މިކުރީ ކޮންފައިދާއެއް ހެއްޔެވެ؟ ދެން އުޅޭނީ އެގޮތަކަށް ނޫނެވެ. އެހެން ގިނަ ބައަކުވެސް އުޅޭހެން ވަރަށް ގޯސްކޮށެވެ." 

މިއީ ވަރަށް ނުބައި ވިސްނުމެކެވެ. އެއްވެސް މީހެއްގެ ޢަމަލުތައް ރަނގަޅުކޮށް ތެދުވެރިވާންވީ ވަކިމީހަކަށްޓަކައެއް ނޫނެވެ. ތިމާއަށްޓަކައެވެ. ތިމާއަކީ ހެޔޮލަފާ ތެދުވެރިއަކަށްވުމުން ތިމާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދެއްވަވާނެތީއެވެ. ތިމާއަށް ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތީއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން