ތިބާގެ ކައިވެންޏަށް އެދިގެން ޞާލިޙް އަޅަކު އަތުވެއްޖެނަމަ ދޫކޮށްނުލާށެވެ! އެފަދަ ފުރުޞަތެއް ދެން ނުދެއްވަވައިފާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ތިބާގެ ކައިވެންޏަށް އެދިގެން ޞާލިޙް އަޅަކު އަތުވެއްޖެނަމަ ދޫކޮށްނުލާށެވެ! އެފަދަ ފުރުޞަތެއް ދެން ނުދެއްވަވައިފާނެ!: މުފްތީ މެންކް

ކައިވެންޏަށް އެދިގެން އަތުވެއްޖެނަމަ ބަލަންޖެހޭނީ އަމިއްލަވިސްނުމަކުން ނޫނެވެ. ބައިވެރިޔާގެ ކިބައިގައި ހުރުމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވާ ސިފަތައް ހަމައަށް ހުރިނަމަ އެކައިވެނި އަވަހަށް ކޮށްދޭށެވެ. ދީންވެރިކަން، ތަޤްވާވެރިކަން، ރިވެތި އަޚްލާޤް ހުރިނަމަ އެކައިވެންޏަށް ދެކޮޅު ނުހަދާށެވެ. ދެންހުރި ކަންކަން އެއިރުން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ.  

ވީމާ ތިބާގެ ކައިވެންޏަށް އެދިގެން ޞާލިޙް އަޅަކު އަތުވެއްޖެނަމަ ކަންކަން ވަރަށް ރަނގަޅަށް ބަލައި ދޫކޮށްލަން ޖެހޭކަން ޔަޤީން ނުކޮށް ދޫކޮށްނުލާށެވެ! އެފަދަ ފުރުޞަތެއް ދެން ނުލިބިދާނެއެވެ. "ތިމަން ﷲ ތިބާއަށް އެންމެ ރަނގަޅު ފުރުޞަތު ދެއްވެވީމެވެ. ތިބާ ބޭނުން ނުކުރީއެވެ!" ﷲ ތަޢާލާ ވަޙީކުރައްވަވައިފާނެ އަޅަކަށް ނުވާށެވެ.  

ހަމައެފަދައިން ބައިންބަފައިންވެސް ދަރިންގެ ކަންކަން ނިންމަންޖެހޭނީ އެމީހުން އެންމެ ބޭނުންވާ ގޮތަކަށް ނޫނެވެ. ދަރިންނަށް އުފާވެރިކަންލިބޭނެ ގޮތަށެވެ. އަހަރެންނަށް އެނގޭ ވާހަކައެއް ބުނެލާނަމެވެ. ކައިވެންޏަށް އެދި ވަރަށް ރަނގަޅު ޒުވާނަކު ދިއުމުން މައިންބަފައިން އެކަމަށް ހުރަސްއެޅިއެވެ. އެކައިވެނި ނުކުރެވުމުން އެޒުވާނާ އެހެން އަންހެނަކާއި ކައިވެނިކޮށް ދަނީ ވަރަށް އުފަލުގައި ދިރިއުޅެމުންނެވެ. ނަމަވެސް އެއަންހެންކުއްޖާ  ދެތިން ކައިވެނިކުރުމުންވެސް ވަނީ އުފާވެރި ދިރިއުޅުމެއް ނުލިބިފައެވެ. ކުރިން މިބުނި ފަދައިން ލިބުނު ފުރުޞަތުގެ ބޭނުން ނުކުރެވުމުން އަންހެން ކުއްޖާގެ ޢާއިލާއިން މިހާރު ދަނީ ހިތާމަކުރަމުންނެވެ.  

މިހާރަކަށް އައިސް ކައިވެނީގެ ފުރުޞަތުތައް ވަރަށް ގިނަ ގޮތްގޮތުން ލިބެއެވެ. ޢާއިލާއިން ކައިވެނި ހަމަޖެއްސުމަކީވެސް ގޯސްގޮތެއް ނޫނެވެ. ނަމަވެސް ނުކުތާއަކީ ކައިވެނީގެކުރިން ދެމީހުން (ދީނުގައިވާ މަގުން) ބައްދަލުވާންވާނެއެވެ. ދެމީހުން ވާހަކަދައްކައި ދެމީހުންނަށް އެކުގައި އުލެވިދާނެކަމަށް ޤަބޫލުކުރެވެންވާނެއެވެ.  

ހަމައެގޮތަށް މަސައްކަތުގެ މާހައުލުން ބައްދަލުވެގެންނަމަވެސް އުނގެނުމުގެ ދުވަސްވަރު ކޮލެޖުން ބައްދަލުވެގެން ނަމަވެސް ގުޅުން އުފެދިދާނެއެވެ. ގުޅުން އުފެދިއްޖެނަމަ އިތުރަށް ގެންދިއުމުގެކުރިން ދެމީހުންނަކީ އެކުގައި ދިރިއުޅެވޭނެ ދެމީހުންކަން ޔަޤީންކުރަންވާނެއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން