ޤިޔާމަތް ދުވަހު ތިބާގެ ދަރިފުޅު މަލާއިކަތުންނާއިއެކުގައިވުމަށް ނެދޭނީ ކާކު؟ ފުރުޞަތު ހޯދޭނެ ގޮތް މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ޤިޔާމަތް ދުވަހު ތިބާގެ ދަރިފުޅު މަލާއިކަތުންނާއިއެކުގައިވުމަށް ނެދޭނީ ކާކު؟ ފުރުޞަތު ހޯދޭނެ ގޮތް މިއޮތީ!

ފުރަތަމަވެސް ވާހަކައެއް ބުނެލާނަމެވެ. މަންމައަކީވެސް ބައްޕައަކީވެސް ސަރުކާރުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ 2 މުވައްޒިފުންނެވެ. ދޮށީ ދަރިފުޅު އަދި ޘާނަވީ ތަޢްލީމަކަށް ނުފަށައެވެ. އެކަމަކު މިހާރުވެސް ޤުރްއާނުން 10 ފޮތާއި ގާތަށް ހިތުދަސްކޮށްފިއެވެ. ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ދަސްވީއެވެ. އިން ޝާ ﷲ.  

އިންބަފައިންގެ ޢަޒުމަކީ ގްރޭޑް 10 ނިމެންވާއިރަށް ދަރިފުޅަށް ޤުރްއާން ހިތުދަސްކޮށްދިނުމެވެ. ދަރިފުޅުގެ ޢަޒުމަކީ ހިތުދަސްކޮށް ޙާފިޡަކަށްވުމެވެ.  

ނިކަން ވިދާޅުވެބައްލަވާށެވެ! އެފަދަ ކުއްޖެއްގެ ގްރްޖުއޭޝަން ސެރަމަނީގައި ރަނުގެ ދޯޕައްތާއެއް ނާޅުވަންވީ ކީއްވެގެން ހެއްޔެވެ؟ ޙައްޤުނުވާނެ ހެއްޔެވެ؟ 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«مَثَلُ الَّذِي يَقْرَأُ القُرْآنَ، وَهُوَ حَافِظٌ لَهُ مَعَ السَّفَرَةِ الكِرَامِ البَرَرَةِ، وَمَثَلُ الَّذِي يَقْرَأُ، وَهُوَ يَتَعَاهَدُهُ، وَهُوَ عَلَيْهِ شَدِيدٌ فَلَهُ أَجْرَانِ» [رواه البخاري]   

މާނައީ: "ޤުރްއާން ހިތުދަސް ޙާލު ރިވެތިކޮށް ތަރުތީލުކޮށް ކިޔަވާމީހާވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާއެކުގައެވެ. އަދި ދަތިއުނދަގުލާއެކު ހަނދާންނެތިދާނެތީ ތަކުރާރުކޮށް އެ ކިޔަވާ މީހާއަށް، ދެދަރުމަވެއެވެ."

[ރިވާކުރެއްވީ އިމާމް ބުޚާރީ رحمه الله]

މިއަދު އޮންލައިން