ދަރިފުޅަށް ޞާލިޙް މަންމައެއް ހޯދައިނުދީ ދަރިފުޅުގެ އަޚްލާޤް ނުބައިވެގެން ނުވަތަ ބަސްޤަބޫލުނުކުރާތީ ޝަކުވާނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދަރިފުޅަށް ޞާލިޙް މަންމައެއް ހޯދައިނުދީ ދަރިފުޅުގެ އަޚްލާޤް ނުބައިވެގެން ނުވަތަ ބަސްޤަބޫލުނުކުރާތީ ޝަކުވާނުކުރާށެވެ!

އިސްލާމް ދީނުގައި ކުޑަކުދިންނަށް ދެއްވަވާފައިވާ ޙައްޤުތައް މަތިވެރިއެވެ. ދެއްވަވާފައިވާ ދަރަޖަވެސް އެހައިމެ މަތިވެރިއެވެ. މައިންބަފައިން ކިތަންމެ ރަނގަޅަށް ތަރުބިއްޔަތުކުރަން ަމސައްކަތްކުރި ނަމަވެސް ދަރިއަކު ގޯސްމަގަކުންވެސް ހިނގައިދާނެއެވެ. ނަމަވެސް ގިނައިން ގޯސްމަގުތަކުން ދަނީ މައިންބަފައިންގެ އިހްމާލުންނެވެ. 

މިކަންކަން މިގޮތަށް މެދުވެރިވާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީ މީސްތަކުން ޢަމަލުކުރަންޖެހޭނެ ގޮތްވެސް ވަނީ ބަޔާންކުރައްވަވައިފައެވެ. ވީމާ އެގޮތަށް ޢަމަލުނުކޮށް ތިބެ ކުދިން ކުށްވެރިކުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. 

ވިސްނަވައިލައްވާށެވެ! 

ތުއްތު ދަރިފުޅު އުފަންވުމުގެ މާކުރިން އިސްލާމްދީންވަނީ އެކުއްޖާގެ ކަންކަމުގައި ޖާމިނުވެފައެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެކުއްޖާއަށް ޞާލިޙު މަންމައެއް ހޯދައިދިނުމަށް ﷲ ތަޢާލާ ވަނީ އެކުއްޖާގެ ބައްޕައަށް އަމުރުކުރައްވާފައެވެ. 

އަދި އެ ކުއްޖާގެ މަންމަ ބަލިވެއިންނަ ދުވަސްތަކުގައިވެސް އަޅާލުމާއި އޯގާތެރިކަން ދިނުމަށް ބާރުއަޅުއްވައެވެ. އަދި އެކުއްޖާގެ ދިރިހުރުމުގެ ޙައްޤަށް ރައްކާތެރިވުމުގެ ގޮތުން ބަނޑުގައިވަނިކޮށް އެކުއްޖާ ވައްޓާލުން ޙަރާމްކުރެއްވެވިއެވެ. 

އަދި (ރޯދަ ހިފުމަށް ޢުޛުރުވެރިވާނަމަ) ރަމަޟާން މަހު ރޯދަ ދޫކޮށްލުމުގެ ލުއިކަން މާބަނޑު އަންހެނާއަށް ދެއްވާފައިވެއެވެ. އަދި އެކުއްޖާ މަރާލާ މީހާ، އެކުއްޖާގެ މަރުގެ ދިޔަދިނުން ވާޖިބުކުރެއްވިއެވެ. އަދި އަންހެން މީހާއަކީ ޒިނޭކޮށްގެން މާބަނޑުވެފައިވާ މީހެއްކަމުގައި ވިޔަސް ކުއްޖާ ވިހަންދެން އަދި ކިރުތުބުން ވީއްލެންދެން ޙައްދު ޤާއިމުކުރުން ފަސްކޮށްލައެވެ. 

- އައްޝައިޚް ޢީސާ ހުނައިން 

އެނގިގެން މިދަނީ ޙަޔާތަށް ބައިވެރިއަކު ހޯދާއިރު ޞާލިޙް އަންތބަކު ހޯދުމުގެ މުހިންމުކަމެވެ. އަދި ހަމައެއާއިއެކު ދަރިއަކަށް ބަލިވެ އިނީންސުރެ އަޅއިލުން އިތުރުކުރަންޖެހޭ ކަމެވެ. ވިހެއުމުން ދޭންޖެހޭ ސަމާލުކަމެވެ. 

އިތުރަށް ވިސްނާލަންވީ ވިހެއުމުން ދެމައިން ބެލެހެއްޓުމުގެ މުހިންމުކަމެވެ. ހެޔޮކޮށް ހިތައި އަޅާލުން އިތުރުކުރަންޖެހޭ ކަމެވެ.

މިއަދު އޮންލައިން