މަރުވެފައިވާ މީހަކަށް އަލުން ދިރުން ދެއްވަވައިފިނަމަ އެމީހަކު ފުރަތަމަވެސް ކުރާނީ ކޮންކަމެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މަރުވެފައިވާ މީހަކަށް އަލުން ދިރުން ދެއްވަވައިފިނަމަ އެމީހަކު ފުރަތަމަވެސް ކުރާނީ ކޮންކަމެއް؟

އަހުރެންގެ މިރޭގެ ވާހަކަކޮޅު މިފަށަނީ ސުވާލަކުންނެވެ. އެސުވާލަކީ "މަރުވެފައިވާ މީހަކަށް އަލުން ދިރުން ދެއްވަވައިފިނަމަ އެމީހަކު ފުރަތަމަވެސް ކުރާނީ ކޮންކަމެއް؟" ހެއްޔެވެ؟ 

އަހުރެންނަކަށްވެސް ސީދާ ޖަވާބެއް ނުއެނގެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަަމއެކަނި ﷲ ތަޢާލާއެވެ. ނަމަވެސް އަހުރެންނަސް ވިސްނޭ ގޮތް ބުނެލާނަމެވެ. އޭނާ އަވަސްވެގަންނާނީ ނަމާދުކޮށް ސަޖިދަކުރުމަށެވެ. އެއަށްފަހު ބާރަށް ދުވެގޮސް އޭނާ މަސައްކަތްކުރާނީ އޭނާ ދުނިޔެއަށް ދޫކޮށްފައި ދިއަ ހުރިހާ އެއްޗެއް އެކުގައި ﷲ ތަޢާލާގެ މަގުގައި ޞަދަޤާތް ކުރުމަށެވެ. 

އެގޮތަށް ވިސްނޭ ސަބަބަކީ ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބުން ވަނީ ނަމާދު ފުރިހަމައަށް ކުރެވިފައިވާނަމައެވެ. އަދި ﷲ ތަޢަލާ އާއި ކުއްތަންވުމަށް އޮތް އެންމެ ފަހިމަގަކީ ސަޖިދަކުރުން ގިނަކުރުން ކަމުގައިވާތީއެވެ. ހަމައެއާއިއެކު ޞަދަޤާތް ކުރުމަކީ ތިމާގެ ފާފަތައް ފުއްސވައި ދެއްވެވުމަށް އޮތް އެންމެ ފަހިމަގުކަމުގައިވާތީއެވެ. މިޘާލަކީ ފެނުން އަލިފާން ނިއްވާފަދައިންނެވެ. 

ދެން ކުރަން އޮތީ އެންމެ މުހިންމު ސުވާލެވެ. ތިބާ އަދި މަރުނުވެ ދުނިޔޭގައި ހުރެވޭއިރު ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދެނީ ކީއްވެގެން ހެއްޔެވެ؟ ޞަދަޤާތް ނުކުރަނީ ކީއްވެގެންހެއްޔެވެ؟ 

އާދޭސްކޮށްފައި ބުނަމެވެ. ފުންކޮށް ވިސްނާށެވެ! ކައްވަޅުގެ ޢަޛާބުން ސަލާމަތްކަން ލިބޭނެ ގޮތާއިމެދުގައެވެ. ޤިޔާމަތް ދުވަހު ތިމާއަށް ސަލާމަތްކަން ލިބޭނެ ގޮތާއިމެދުގައެވެ. ނަރަކައިގެ ޢަޛާބުން ސަލާމަތްވެވި ސުވަރުގެ ޙާޞިލުކުރެވެން އޮތް ގޮތާއިމެދުގައެވެ. އެކަންކަން ނުއެނގޭނެ ހަމަ އެންމެ މުސްލިމަކުވެސް ނުހުންނާނެއެވެ. މައްސަލައަކަށްވަނީ ޢަމަލުކުރެވޭ ގޮތެވެ. ޢަމަލުނުކުރެވޭ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން