ބަރުޒަޚުގެ ޢާލަމް- 9: މަރުވުމަށްފަހު ކަށްވަޅުގެ އިމްތިޙާނު ގެ ކުރީގައި ފުރާނަ ހަށިގަނޑާ އެއްވެސް ކަހަލަ ގުޅުމެއް ވޭހޭ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 58ސ
ބަރުޒަޚުގެ ޢާލަމް- 9: މަރުވުމަށްފަހު ކަށްވަޅުގެ އިމްތިޙާނު ގެ ކުރީގައި ފުރާނަ ހަށިގަނޑާ އެއްވެސް ކަހަލަ ގުޅުމެއް ވޭހޭ؟

ތިންވަނަ سُؤَالُ

· މަރުވުމަށްފަހު ކަށްވަޅުގެ إمْتِحَان ގެ ކުރީގައި ފުރާނަ ހަށިގަނޑާ އެއްވެސް ކަހަލަ ގުޅުމެއް ވޭހޭ؟

جَوَاب 

މަރުވުމަށްފަހު ކަށްވަޅުގެ سُؤَال ކުރެއްވުމަށްޓަކައި بَرْزَخُ ގެ عَالَمُ ގައި، ފުރާނަ ހަށިގަނޑަށް ރައްދުކުރައްވާ ކަން صَحَّ حَدِيْث ން ثَابِتُ ވެއެވެ. ނަމަވެސް، އޭގެ ކުރީގައި ފުރާނަ ހަށިގަނޑާ ގުޅުއްވާކަމުގެ ثَابِتُ دَلِيْل އެއް ނެތްކަމަށް فَتْحُ الْبَارِى ގައި الْجَافِظُ إِبنُ حَجَرُ ބުރަވެ (1) ވަޑައިގަންނަވައެވެ. ނަމަވެސް مَيِّت އާ ވަޅުލާން ގެންދާއިރު، އެއީ ހެޔޮލަފާ މީހެއްނަމަ، އަހުރެންނައިގެން ތިޔަބައިމީހުން އަވަސްވެ ގަންނާށޭ މައްޔިތާ ގޮވާގޮވުމާއި، އަދި ހެޔޮލަފާ ނޫން މީހާގެ ހިތާމަވެރި  ގޮވުމާއި، މިކަންކަމީ ހަމައެކަނި އޭނާގެ ފުރާނަ ގޮވާ ގޮވުމެއް ކަމަށްވުމާއި، ނުވަތަ އެހިނދު  މައްޔިތާއަށް  ވާހަކަ ދެއްކުމުގެ  ބާރެއް، ﷲ ދެއްވަނީ ކަމަށް ވުމާމެދުގައި عِلْمُ ވެރީންގެ މެދުގައި إِخْتِلاَف އެއް ހުރެއެވެ. إِبْيُ بَطَّال ވިދާޅުވެފާ ވަނީ، މިފަދައިން ގޮވާ ކަން ކަށަވަރީ މައްޔިތާގެ ފުރާނަ ކަމަށެވެ.  فَتْحُ الْبَارِى ގައި الْحَافِظُ إِبنُ حَجَرُ ވިދާޅުވެފައިވަނީ إِبْنُ بَطَّال ގެ ވާހަކަ ( މި مَسْأَلَة ގައި ) އެންމެ صَحَّ ގޮތް ކަމަށް އެކަލޭގެފާނަށް قَبُوْلُ ކުރެއްވޭކަމަށެވެ. އިސްވެ ދެންނެވުނު حَدِيْث  ތިރީގައި މިވަނީ އެވެ.            

عَنْ أَبِى سَعِيْدٍ الْخُدْرِىِّ رَضِىَ اللهُ عَنْهُ قَالَ: كَانَ  النَّبِىُّ صّلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ : إذَا وُضِعَتِ الجَنَازةُ فَاحْتَمَلَهَا الرِّجالُ عَلىَ أعْنَاقِهِمْ فَإنْ كَاَنتْ صَالِحَةً قَالتْ  قدِّمُوْنِي وإنْ كَانَتْ غَيْرَ صَالِحَةٍ قَالَتْ لِأَهْلهَا يَاوَيْلَهَا أَيْنَ يَذْهَبُونَ بِهَا يَسْمَعُ صَرْتَهَا كُلُّ شَيْئٍ إِلاَّ  الْإِنْسَانَ وَلَوْ سَمعَ الْإِنْسَانُ لَصَعِقَ (1)

_________________________________

(1) ބައްލަވާ: فتح الْبَارِى 3/185

(1) رواه البخارى .  

މި حَدِيث ގެ މާނައަކީ، أَبِوْ سَعِيْدُ الْخُدْرِىّ ގެ އަރިހުން ރިވާވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.  النَّبِىُّ صّلَّى اللهُ عَلَيْهِ وَسَلَّمَ  حَدِيث ކުރައްވާ ކަމުގައި ވިއެވެ. " މައްޔިތާ (1) އަށިގަނޑު މަތީގައި ބާއްވާފައި (ވަޅުލާން ގެންދާން) މީސްތަކުންގެ ކޮނޑުމަތީގައި އުފުލާހިނދު،

އެއީ ހެޔޮލަފާ މީހަކު ކަމުގައިވާނަމަ، އޭނާ ބުނާނެއެވެ. އަހުރެންނައިގެން ތިޔަބައިމީހުން ( الله ގެ رَحْمَة  އަށް) އަވަސްވެ ގަންނާށެވެ. އޭނާއަކީ ހެޔޮލަފާ މީހަކު ކަމުގައި ނުވާނަމަ، އޭނާގެ أَهْلُ  ވެރީންނަށް އޭނާ ބުނާނެ އެވެ. އޭހުރި ހަލާކެއްގެ ބޮޑުކަމާއޭ! جَنَازَة އެގެން އެދަނީ ކޮންތާކަށްހޭ؟ إِنْسَانِة އާ ފިޔަވައި ކޮންމެ مَخْلُوْق އަކަށްވެސް އެއަޑު އިވޭނެއެވެ. އިންސާނާއަށް މިއަޑު އިވޭނަމަ، ހަމަކަށަވަރުން އޭނާ ހޭނެތުނީހެވެ."

 

-- އަލްއުސްތާޛް އާދަމްނަސީމު  ހ. ޕޫނަމް (ބިއޭ ނަސީމް) ލިޔުއްވާފައިވާ މަރުވުމަށްފަހު ވާނީ ކިހިނެއް! (ބަރުޒަޚްގެ ޢާލަމް) ފޮތުން

 

މިއަދު އޮންލައިން