ކައިވެންޏަށްފަހު މި 5 ކަންތަކަށް ބަލައިފިނަމަ ދިރިއުޅުން ވަރަށް ރީތިވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ކައިވެންޏަށްފަހު މި 5 ކަންތަކަށް ބަލައިފިނަމަ ދިރިއުޅުން ވަރަށް ރީތިވާނެ! އިން ޝާ ﷲ

ކައިވެނިކުރަން އުޅޭއިރު ގިނަ ބައަކު ރީތިކުރަން ބޭނުވާ ކަންކަމުގެ ތެރޭގައި ކައިވެނިކުރާއިރުގައާއި ކައިވެނީގެ ޙަފްލާގައި ލާނެ ހެދުން ރީތިކުރުމާއި ކައިވެނީގެ ރަސްމިއްޔާތާއި ވަލީމާ ޒީނަތްތެރިކުރުމާއި އަދި ރީތި ތާރީޙެއްގައި ކައިވެނިކުރުން ހިމެނެއެވެ.  

މިކަންކަންވެސް ރީތި ނުކުރާކަށް ނުބުނަމެވެ. އެމީހެއްގެ ކިބައިގައި ފުދުންތެރިކަން ހުރިވަރަކުން ހަމަރީތިކުރަންވީއެވެ. ނަމަވެސް މިކަންކަން ކިތަންމެ ވަރަކަށް ރީތިކުރިޔަސް ކައިވެނީގެ ޙަޤީޤީ ރީތިކަމެއް ނުފެންނާނެއެވެ.  

ކައިވެނީގެ ރަސްމިއްޔާތާއި އަދި ވަލީމާއަކީ ވަރަށް ކުޑަކުޑަ ވަޤުރުކޮޅަކަށް ކުރިއަށްދާ ކަމެކެވެ. ކައިވެނީގެ ޙަޤީޤީ ރީތިކަން ފެނުން އޮތީ އެކުގައި ހޭދަކުރާ ދުވަސްތައް ރީތިކުރެވިގެންނެވެ. އެގޮތުން ކުރަންހުރި ކަންތައްތައް ވަރަށް ގިނައެވެ. އެހެންކަމުން ފާހަގަކޮށް މިލަނީ ޒަވާޖީ ޙަޔާތް ރީތިކުރުމަށްޓަކައި އެންމެ އަސާސީ ފެންވަރުގައިވެސް ކޮންމެހެން ކުރަންޖެހޭ ބައެއް ކަންކަމެވެ.  

1 އެކަކުއަނެކަކަށް އިޙުތިރާމު ކުރުން. .

2 ރުޅިއިސްނުކުރުން

3 ޚިޔާލުތަފާތުވިޔަސް އަނގައިން ހުތުރުބަސް ބޭނުންނުކުރުން

. 4ކޮންމެކަމަކާ ވަރިއާއަޅުވާ ނުކިޔުން.

5 ގޮތްދޫކުރަންޖެހޭވަގުތު އަންނާނެކަން ދަތުން. 

ކައިވެނީގެ ބޭނުމަކީ އުފާވެރި ޒަވާޖީ ޙަޔާތެކެވެ. އުފާވެރިކަމުގައި ޢުމުރަށް ދިރިއުޅެވުމެވެ. އެކަން ޙާޞިލްވާނީ ފަށަމުން ފުރަތަމަ މިބުނި ކަންކަން ރީތިކުރެވުނުވަރަކުން ނޫނެވެ. ޒަވާޖީ ހަޔާތުގައި ކުރިއަސްދާއިއރު ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯބްތާއި ވަފާތެރިކަމާއި ކުލުނާއި އަޅައިލުން ދެމެހެއްޓިގެންނެވެ.

މިބުނި 5 ކަންތަކަށް ސަމާލުކަން ދިންނަމަވެސް ހެޔޮ ބަދަލުތަކެއް ފެނިގެންދާނެއެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް 

މިއަދު އޮންލައިން