ކޮންމެ ކަމަކަށްވެސް އަލްޙަމްދުން ރުޤްޔާކުރުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކޮންމެ ކަމަކަށްވެސް އަލްޙަމްދުން ރުޤްޔާކުރުން-

އަބޫ ސަޢީދު الخدري رضي الله عنهއަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންބޭކަލުން ދަތުރެއްގެމަތީގައި ތަނަކަށް ފޭބީމުއެވެ. އެވަގުތު އެތަނަށް އަންހެނަކު އައެވެ. އަދި އެއަންހެނާ ބުންޏެވެ. "މި ސަހަރުގެ ވެރިޔާގެގަޔަށް (ވިހަ) ކައްޓެއްހެރިއްޖެއެވެ. ފަހެ ތިޔަބައިމީހުންގެ ތެރޭގައި ރުޤްޔާކުރާ މީހަކު ވޭހެއްޔެވެ؟" 

ދެން އެއަންހެނާއާއެކު ތިމަންބޭކަލުންގެތެރިން މީހަކު ދިޔައެވެ. އެކަލޭގެފާނަށް ރުޤްޔާކުރަން ފުރިހަމައަށް ދަންނަކަމަކަށް އަހަރެމެން ހިއެއްނުކުރަމެވެ. ދެން އެކަލޭގެފާނު ސޫރަތުލް ފާތިޙާކިޔަވާވިދާޅުވެ ރުޤްޔާ ކުރެއްވިއެވެ. ދެން ކަށިހެރި ވިހަވެފައިވާމީހާއަށް ޝިފާލިބި އެކަން ފަސޭހަވިއެވެ. އަދި އެކަމަށްޓަކައި އެކަލޭގެފާނަށް ބަކަރިތަކެއް ދިނެވެ. ތިމަންބޭކަލުން އޭގެން ކިރުފޮދު ހިއްޕެވީމެވެ. 

ތިމަންބޭކަލުން ދެންނެވީމެވެ. ކަލޭގެފާނު ރުޤްޔާކުރައްވަން ދެނެވަޑައިގަންނަވަންތޯއެވެ؟ ދެން އެކަލޭގެފާނު ދެންނެވިއެވެ. ސޫރަތުލް ފާތިޙާ ފިޔަވާ އިތުރުއެއްޗެއް ތިމަންކަލޭގެފާނު ނުކިޔަވަމެވެ. ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހަށް ދެވެންދެން އެމީހުން ދިން ބަކަރިތަކަށް އެއްވެސް ގޮތެއް ނަހަދާށެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ތިމަންބޭކަލުން އައީމެވެ. ސަލާމްކުރުމަށްފަހު ވެގެންދިޔަ ކަންތައްތަކުގެވާހަކަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔާދެއްވީމެވެ. ދެން އެކަލޭގެފާނު ޙަދީޡްކުރެއްވިއެވެ. 

(مَا كَانَ يُدْرِيهِ أَنَّهَا رُقْيَةٌ!)

މާނައީ: "އެކަލޭގެފާނަށް ސޫރަތުލް ފާތިޙާ އެއީ ރުޤްޔާއެއްކަން އަންގާދިނީ ކޮންކަމެއް ހެއްޔެވެ! އެބަކަރިތައް ބައްސަވާށެވެ. އަދި އޭގެން ބައެއް ތިމަންކަލޭގެފާނަށްވެސް ދެއްވާށެވެ."

[رواه مسلم] 

އަލްއަޚް އަބޫ ފުޟައިލް މުއުތަމިން އަޙްމަދުގެ ލިޔުއްވުމަކުން

 

މިއަދު އޮންލައިން