ސުވަރުގެ ވަންނަން ދެކޮޅުހަދާ މީހުން-

ކިޔުމަށް ހޭދަވާނީ 2މ 43ސ
ސުވަރުގެ ވަންނަން ދެކޮޅުހަދާ މީހުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

كل أمتي يدخلون الجنة إلا من أبى ، قيل ومن يأبى يارسول الله؟! قال: من أطاعني دخل الجنة، ومن عصاني فقد أبى 

އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ” ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން ދެކޮޅު ހަދައިފި މީހަކު މެނުވީ އެންމެންވެސް ސުވަރުގެ ވަންނަހުއްޓެވެ. އެހިނދު ޞަހާބީ ބޭކަލުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. ސުވަރުގެ ވަންނަން ދެކޮޅުހަދާނީ ކާކުތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ކިޔަމަންވެއްޖެ ( ތަބާވެއްޖެ ) މީހާ ސުވަރުގެ ވަދެއްޖެއެވެ. އަދި ތިމަންކަލޭގެފާނަށް ނުކިޔަމަންތެރިވެއްޖެ މީހާ ސުވަރުގެ ވަންނަން ދެކޮޅު ހަދައިފިއެވެ.” 

މި ޙަދީޡުން ލިބޭ ބައެއް ފައިދާތައް: 

· ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ކިޔަމަންވުން ވަނީ ﷲ ތަޢާލާއަށް ކިޔަމަންވުމުގެ ތެރެއިންކަން 

· ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް ކިޔަމަންވެއްޖެ މީހަކު ސުވަރުގެ ވަދެއްޖެއެވެ. އަދި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް ދެކޮޅުވެއްޖެ މީހަކު ނަރަކައަށް ވަދެއްޖެއެވެ.  

· މި އުއްމަތުގައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް ކިޔަމަންތެރިވެގެން ތިބި މީހުންނަށް ހުރި އުފާވެރި ޚަބަރު 

· ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް އެކަލޭގެފާނުގެ އުއްމަތުގެ މީހުންނާއި ދޭތެރޭ ބަހައްޓަވާ އޯގާތެރިކަން 

މީގެ އިތުރުން ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ﷲ ތަޢާލާ އާއި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ތަބަޢަވުމަށް އަންގަވާފައިވެއެވެ. 

އެގޮތުން އާލް ޢިމްރާން ސޫރަތުގެ 32 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

قُلْ أَطِيعُوا اللَّهَ وَالرَّسُولَ ۖ فَإِن تَوَلَّوْا فَإِنَّ اللَّهَ لَا يُحِبُّ الْكَافِرِينَ ﴿٣٢﴾‏

މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه އަށާއި، رسول އާއަށް ކިޔަމަންވާށެވެ! ފަހެ، ތިޔަބައިމީހުން އެނބުރި ފުރަގަސްދީފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، كافر ންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. (32)

މިއަދު އޮންލައިން