ހިތްދަތިކަމުގަ ހުންނަ މީހަކު އިތުރަށް ހިތުގަ ޖެއްސުމަކީ އޭނާއަށް އެހީތެރިނުވުމަށްވުރެވެސް ބޮޑަށް އަސަރުކުރާނެ ކަމެއް! އެފަދަ ކަމެއް ކުރަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ހިތްދަތިކަމުގަ ހުންނަ މީހަކު އިތުރަށް ހިތުގަ ޖެއްސުމަކީ އޭނާއަށް އެހީތެރިނުވުމަށްވުރެވެސް ބޮޑަށް އަސަރުކުރާނެ ކަމެއް! އެފަދަ ކަމެއް ކުރަން ހެޔޮނުވާނެ!

ދުނިޔޭގެ ގިނަ ބައަކު މިހާރުވެސް ދިރިއުޅެމުން ގެންދަނީ ހާސްކަމާއި ހިތްދަތިކަމާއިއެކު ވަރަށް ދަތިޙާލުގައެވެ. ދިރިއުޅެވޭވަރުގެ އާމްދަނީއެއް ނުލިބެއެވެ. ޒަވާޖީ ޙަޔާތުގެ މައްސަލަތައް އެހައިބޮޑެވެ. ރޫޅިފައިވާ ކައިވެނިތައް އެހައި ގިނައެވެ.  

ރަނގަޅަށް ބަލައިފިނަމަ ވަރަށް މަދު ބައަކު ނޫނީ ދިރިއުޅެމުން ގެންދަނީ ވަރަށް ދަތިޙާލުގައެވެ. ވީމާ ސޯޝަލް މީޑިއާގައިވެސް ނުވަތަ އެނޫން ގޮތަކަށްވެސް އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ފަދަ ބަހެއް ނުބުނާށެވެ. އޭނާ ހުރީ ކޮންހާލެއްގައިކަމެއް ނުއެނގޭނެއެވެ. އެންމެންނަކީ އެމީހުންގެ ހިތްދަތިކަން ދުނިޔެއަށް އިއުލާނުކުރާ ބައެއް ނޫނެވެ.  

އެއްވެސް މީހަކަށް ބަހެއް ބުނާނަމަ ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ބުނަންވާނީ އަނެކާއަށް ހިތްހަމަޖެހުން ލިބޭނެ، ހިތްވަރުދިނުމުގެ ބަސްތަކެވެ. ޞަދަޤާތަށް ދޭނެ އެއްޗެއް އަތުގައި ނެތްމީހާ، އަނެކާއަށް ހިތްވަރުދީ ބުނާ ކޮންމެ ހެޔޮބަހަކީވެސް ޞަދަޤާތެކެވެ.  

ހަމައެއާއިއެކު ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމެއްވެސް ބުނެލާނަމެވެ. އެއީ ހިތްދަތިކަމުގައި ހުންނަ މީހަކު އިތުރަށް ހިތުގައި ޖެއްސުމަކީ އޭނާއަށް އެހީތެރިނުވުމަށްވުރެވެސް ބޮޑަށް އަސަރުކުރާނެ ކަމެކެވެ. އެކަންވާނީ ދެވޭ މާބޮޑު އަނިޔާއަކަށެވެ. ވީމާ އެފަދަ ކަމެއް ހަމައެކަކުވެސް ނުކުރާށެވެ!  

- އަލަފް / މިއަދުނޫސް  

މިއަދު އޮންލައިން