ނިދިން ހޭލެވުމުން ދަމުނަމާދުގެކުރިން އާލް-ޢިމްރާން ސޫރަތުގެ ފަހު ދިހަ އާޔަތް ކިޔެވުން- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
ނިދިން ހޭލެވުމުން ދަމުނަމާދުގެކުރިން އާލް-ޢިމްރާން ސޫރަތުގެ ފަހު ދިހަ އާޔަތް ކިޔެވުން- ޙަދީޘުން

ކުރައިބު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އިބްނު ޢައްބާސް رضي الله عنه އެކަލޭގެފާނަށް ޚަބަރުދެއްވިއެވެ. 

»أَنَّهُ بَاتَ عِنْدَ مَيْمُونَةَ وَهِيَ خَالَتُهُ : فَاضْطَجَعْتُ فِي عَرْضِ وِسَادَةٍ، وَاضْطَجَعَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَهْلُهُ فِي طُولِهَا، فَنَامَ حَتَّى انْتَصَفَ اللَّيْلُأَوْ قَرِيبًا مِنْهُفَاسْتَيْقَظَ يَمْسَحُ النَّوْمَ عَنْ وَجْهِهِ، ثُمَّ قَرَأَ عَشْرَ آيَاتٍ مِنْ آلِ عِمْرَانَ، ثُمَّ قَامَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَى شَنٍّ مُعَلَّقَةٍ، فَتَوَضَّأَ، فَأَحْسَنَ الوُضُوءَ، ثُمَّ قَامَ يُصَلِّي« [رواه البخاري (992)، ومسلم (763)] 

މާނައީ: "އެކަލޭގެފާނު މައިމޫނާގެފާނުގެ އަރިހުގައި އެއްރޭ މަޑުކުރެއްވިއެވެ. އެއީ އެކަލޭގެފާނުގެ (އެބަހީ: އިބްނު ޢައްބާސްގެ) ބޮޑުދައިތައެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) "ތިމަންކަލޭގެފާނު ބާލީހުގެ ހުރަހަށް ވާގޮށް އޮތީމެވެ. އަދި ﷲ ގެ ރާސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަނބިކަބަލުން ބާލީހުގެ ދިގަށްވާގޮތަށް އޮންނެވިއެވެ. ރޭގަނޑުގެ ދެބައިވަންދެން ނުވަތަ ރޭގަނޑުގެ ދެބަޔާއި ގާތްވަންދެން އެކަލޭގެފާނު އަވަހަރަފުޅުލެއްޕެވިއެވެ. އެއަށްފަހު އެކަލޭގެފާނު ނިދިން ތެދުވެވަޑައިގެން ނިދިފިލުވާލުމަށްޓަކައި މޫނު ފޮހެލެއްވިއެވެ. ދެން އެއަށްފަހުގައި އާލް-ޢިމްރާން ސޫރަތުގެ ފަހު ދިހަ އާޔަތް ކިޔަވާ ވިދާޅުވިއެވެ. އެއަށްފަހު ތެދުވެވަޑައިގެން އެލުވާފައިވާ ފެން ކަންވާރުގެ ކައިރިއަށް ވަޑައިގަތެވެ. ދެން ފުރިހަމަ ވުޟޫއެއް ކުރެއްވިއެވެ. އެއަށްފަހު ތެދުވެވަޑައިގެން ނަމާދުކުރެއްވިއެވެ." 

މި ޙަދީޘްފުޅަށް ބަލާއިރު ނިދިން ހޭލެވުމުން އާލް-ޢިމްރާން ސޫރަތުގެ ފަހު ދިހަ އާޔަތް ކިޔެވުން އޮތީ ދަމުނަމާދަށް ފެށުމުގެކުރިންނެވެ. 

މިއަދު އޮންލައިން