އެންމެ ބޮޑު އަނިޔާއަކީ ހިތަށް ކުރާ އަނިޔާ!: ޖިސްމާނީ ފެންނަން ހުންނާނެ! ހިތަށް ކުރާ އަނިޔާތަކުން ހިތްފަޅަފަޅައިގެންގޮސް ކިތަންމެ ގިނައިން ލޭ އޮހޮރެމުންދިއަޔަސް ލޭއޮހޮރޭތަނެއް ނުފެންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އެންމެ ބޮޑު އަނިޔާއަކީ ހިތަށް ކުރާ އަނިޔާ!: ޖިސްމާނީ ފެންނަން ހުންނާނެ! ހިތަށް ކުރާ އަނިޔާތަކުން ހިތްފަޅަފަޅައިގެންގޮސް ކިތަންމެ ގިނައިން ލޭ އޮހޮރެމުންދިއަޔަސް ލޭއޮހޮރޭތަނެއް ނުފެންނާނެ!

ބައެއް ފަހަރު ޢާލާގެ މީހަކު ނަމަވެސް އަދި އެކުވެރިއަކުނަމަވެސް ތިބާގެ ހިތް ނުރުހޭފަދަ ބަހެއް ބުނެފާނެއެވެ. އެކަން އެނާ ތަކުރާރުނުކުރާނަމަ ކަންބޮޑުނުވާށެވެ. އޭނާއަށް ނަފްރަތުވެސް ނުކުރާށެވެ. ސަބަބަކީ ހާސްވެ ކަންބޮޑުވުމުގައި ތިބޭ ގިނަ މީހުންނަށް ބަސްތައް ބުނެވެނީ އެހައި ބޮޑަށް ވިސްނާފައެއް ނޫނެވެ. ބޭއިޚްތިޔާރުގައިވެސް ބަސްތައް ބުނެވެއެވެ. 

ޙަޤީޤަތަކީ ނަފްސާނީ އަނިޔާ ލިބެމުންދާ ގިނަ މީހުންނަށް އެމީހުންގެ އަމިއްލަ ޙާލަތުވެސް ނުވިސްނޭކަމެވެ. ހިތަށް އަސަރުކޮށްފައި ތިބޭލެއް ބޮޑުކަމުން ކަމެއް ކުރުމުން ނުވަތަ ބަހެއް ބުނުމުން އަނެކާއަށް ކޮށްފާނެ އަސަރާއިމެދު ވިސްނައިވެސް ނުލެވެނީއެވެ. 

ވީމާ ޢާންމުކޮށް އެފަދަ ބަހެއް ނުބުނާ މީހަކު ތިބާ ހިތްދަތިވާފަދަ ބަހެއް ބުނެފިނަމަ އެމީހަކަށް ނަފްރަތުނުކޮށް އޭނާހުރި ޙާލު ދެނެގަންނަން މަސައްކަތްކުރާށެވެ. އެއީ ކޮން ނިޔަތެއްގައި ބުނި ބަހެއްކަން އެނގޭނީ އެއިރުންނެވެ. 

މިފާހަގަކުރީ ކުޑަކަމެއްކަމަށް ހީކުރެވުނަސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. މިބުނި މަގުން ނުވިސްނުމުން ޢާއިލާހެ މީހުން ނުވަތަ އެކުވެރިންނަށް ނަފްރަތުކޮށްގެން ނުވާނެ ޙާލަތުގައިވެސް އެބަ ނަފްރަތުކުރެވެއެވެ. ގާތްކަން ގެއްލި ދުޝްމިނުންނަށްވެސް ބަދަލުވެއެވެ. މިއީ ވަރަށް ދެރަކަމެކެވެ. 

އަހުރެންގެ އިލްތިމާސަކީ އެއްވެސް މީހެއްގެ ހިތުގައި ނުޖެއްސުމެވެ. ދެރަވާނެ ކަމެއް ނުކުރުމެވެ. ޖިސްމާނީ އަނިޔާއެއްކުރުމުން ދުލަވެފައި ހުރިތަން ފެންނާނެއެވެ. ޖެހިޖެހީނުން ތަނެއް ފަޅާލިނަމަ އެތަނެއްވެސް ފެންނަން ހުންނާނެއެވެ. ނަމަވެސް ހިތަށް ކުރާ އަނިޔާތަކުން ހިތްފަޅަފަޅައިގެންގޮސް ކިތަންމެ ގިނައިން ލޭ އޮހޮރެމުންދިއަ ނަމަވެސް ލޭއޮހޮރޭތަނެއް ނުފެންނާނެއެވެ. ވީމާ މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ އޭނާގެ ހިތަށް ދެވޭ އަނިޔާއެވެ. 

- އަލަފް / މިއަދުނޫސް

 

 

 

 

މިއަދު އޮންލައިން