އަނިޔާވެރިވެ ނުބައިކޮށް ކަންތައްކުރާ މީހުންނަށް ހެޔޮކޮށްހިތުން- އެންމެ ހިތްވަރުގަދަ މީހުންނަށް ނޫނީ ކުރެވޭނެ ކަމެއް ނޫން! ފުނިފުންޏަށް ޘަވާބުހޯދެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
އަނިޔާވެރިވެ ނުބައިކޮށް ކަންތައްކުރާ މީހުންނަށް ހެޔޮކޮށްހިތުން- އެންމެ ހިތްވަރުގަދަ މީހުންނަށް ނޫނީ ކުރެވޭނެ ކަމެއް ނޫން! ފުނިފުންޏަށް ޘަވާބުހޯދެން އޮތް ކަމެއް!

ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ތިމާއާއިމެދު ނުބައިކޮށް ކަންކަންކޮށް އަނިޔާވެރިވާ މީހުންގެ ކިބައިން ބަދަލުހިފުމަކީ ތިމާއަށް ކުރެވޭނެ އެންމެ މޮޅުކަންތައް ކަމަށެވެ. އަދި އެއީ ތިމާގެ ހުރި ހިތްވަރުގަދަކަން ދައްކައިދޭނެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ މުޅިން ކުށްހީއެކެވެ. 

ތިމާއާއިމެދު ނުބައިކޮށް ކަންކަންކޮށް އަނިޔާވެރިވާ މީހުންގެ ކިބައިން ބަދަލުހިފީމާ އެނަގައިލެވެނީ އޭނާގެ ނުބައިކަމުން ތިމާއަށް ލިބެން އޮތް ގިނަގުނަ ޘަވާބުތަކެކެވެ. އެއިގެ އިތުރުން ﷲ ތަޢާލާގެ އެންގެވުމަށް ބޯލަނބައި އޭނާގެ ކިބައިން ބަދަލު ނުހިފުމުން ލިބެން އޮތް ގިނަގިނަ ޘަވާބުތައްވެސްމެއެވެ. 

އެފަދަ ކަމެއް ކުރުމުން އެމީހުންނަށް ސަމާލުވެ ދުރުހެލިވިނަމަވެސް އޭނާގެ ކިބައިން ބަދަލުނުހިފާށެވެ. ކުރިން ތިބާ އޭނާއަށް ކޮށްދީފައިވާ ކަންކަމަށް ކަލަނުގޮވާށެވެ! އޭނާގެ ސިއްރުތައްވެސް ބޭޒާރުނުކުރާށެވެ! ސަބަބަކީ އެކަންކަން ކޮށްދިނުމުން ދެއްވަވަން އޮތް ގިނަ ގުނަ ޘަވާބުތައްވެސް ގެއްލިގެންދާނެތީއެވެ. އެއިގެ އިތުރުން ދީނުގައި ނުކުރަން އަންގަވާފައިވާ ކަންކަން ކުރުމުގެ ފާފަވެސް ބޮލުގައި އަޅަންޖެހޭނެތީއެވެ. 

އޭނާކުރި ނުބައި ކަންކަން އޭނާއަށް ދޫކޮށްލާށެވެ! ތިބާ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރާށެވެ! އޭނާކުރި ކަންތައް ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! އެއިރުން ތިބާއަށް ލައްވަވާ ރަޙމަތް ބޮޑުވެގެންދާނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ތިބާގެ ގާތްތިމާގެ މީހަކު ތިބާއަށް ނުބައިކޮށް ހިތައިފިނަމަ އޭގެ ބަދަލުގައި އޭނާއަށް ހެޔޮކޮށް ހިތާށެވެ. ނުބައިކަމެއް ކުރާމީހަކާ ހެޔޮކަމާއިގެން ބައްދަލުކުރާށެވެ. ޝަރުޢީ ގޮތުން އެކަމަށް އޮތް ފަރުވާއަކީ އެއީއެވެ. އެފަދައިން ޢަމަލުކުރި މީހަކު އޭގެ ސަބަބުން ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަޖަ މަތިވެރިވެގެން ދެއެވެ. އަދި މަޚްލޫޤުންގެ ގާތުގައި ޢިއްޒަތްތެރިވެގެން ދެއެވެ. އެއީ ނަފްސުގެ ހުންނަ ނުބައިކަމުން އެފަދަ މީހަކު ދުރުހެލިވެފައިވާތީއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿ادْفَعْ بِالَّتِي هِيَ أَحْسَنُ السَّيِّئَةَ﴾ [المؤمنون ٩٦]

މާނައީ: "އެންމެ ހެޔޮ ރިވެތި ގޮތުން ކަލޭގެފާނު ނުބައިކަންތައް ދުރުކުރައްވާށެވެ!" 

"خطوات إلى السعادة لد. عبدالمحسن القاسم (ص:  56)"

- ޝައިޚް އިމްރާން މުޙައްމަދު ޢަލީ

 

 

މިއަދު އޮންލައިން