ގިނަބައަކަށް ހިތްދަތިކަން ލިބެނީ ސިކުނޑީގެ ރުހުން ނުހޯދައި ހިތް ބުނާއިރަށް ލޯބިވާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ގިނަބައަކަށް ހިތްދަތިކަން ލިބެނީ ސިކުނޑީގެ ރުހުން ނުހޯދައި ހިތް ބުނާއިރަށް ލޯބިވާތީ!

ބައެއް މީހުންނަށް އޮޅުންއަރާކަމެއް އޮވެއެވެ. އެކަމަކީ މީހަކުދެކެ ލޯބިވާންވީ ވަޤުތެވެ. އެކަމަށް ވިސްނާނުލައި އަވަސްއަރުވާލައިފިނަމަ ގިނަފަހަރަށް އޮންނާނީ ލަނޑެއް ލިބިފައެވެ.  

ތިބާ ޝައުޤުވެރިވާފަދަ ސިފަތަކެއް ހުރި މީހަކު ފެނިއްޖެނަމަ އެމީހަކު ދެކެ އަވަހަށް ލޯބިވެ އެމީހަކާއިއެކުގައިވުމަށް ހިތް ބުނާނެއެވެ. އެކަމަށް އަވަސްވެ ނުގެންފިނަމަ ފުރުޞަތު ގެއްލިދާނެކަމަށްވެސް ހިތަށް އަރާނެއެވެ.   

ނަމަވެސް ބުނަންހެއްޔެވެ؟ ހިތް އެއެދޭގޮތަށް އަވަސްވެ ގަނެގެން ނުވާނެއެވެ. ސިކުނޑިއަށް އެކަން ޤަބޫލުކުރެވި ރުހޭބަސް ދެންދެން ކެތްތެރިވެލަންވާނެއެވެ. ސިކުނޑީގެ ރުހޭބަހާއި ނުލައި ކުރިއަށްދާން ހެޔޮނުވާނެއެވެ.  

ސިކުނޑީގެ ރުހޭބަސް ހޯދަން ކުރަންޖެހޭނެ ކަމަކީ ހިތް އެބުނާ މީހާގެ ޙަޤީޤަތް ހޯދުމެވެ. އޭނާގެ އުޅުންހުރި ގޮތާއި ދިރިއުޅެމުން އަންނަ ގޮތް ދެނެގަތުމެވެ. އެކަންކަން ދެނެގަނެވުމުން އެއީ ރަނގަޅު މީހަކުނަމަ ސިކުނޑި އެކަމަށް ރުހުންދޭނެއެވެ. ރުހުންދެންދެން އޮތީ ކެތްތެރިވެ އިންތިޒާރުކޮށްލުމެވެ. 

ކިތަންމެ ބޮޑަށް ކަންކަން ބަލައިގެން ގުޅުނަސް ފޭލްވެސްވެދާނެއެވެ. ނަމަވެސް ބުނަންހެއްޔެވެ؟ އަނެކާ އާއިމެދު ބަލަންޖެހޭ ކަންކަން ރަނގަޅަށް ބަލައިގެން ލޯބިވެއްޖެނަމަ ފޭލްވުން ދުރުވާނެއެވެ. މަދު ފަހަރަކު ނޫނީ ހަމަ ފޭލްނުވާނެއެވެ.  

މިވާހަކަ މިބުނަނީ ހަމަހުރެފައެއް ނޫނެވެ. ދެމީހުންގެ ނުވަތަ ދެމަފިރިންގެ މެދުގައި މައްސަލަޖެހިގެން ކައުންސިލިންގ ހޯދަން އަންނަ އެތައް ބައެއްގެ ތަޖުރިބާއިން އެކަން އެނގޭތީއެވެ. ގިނަ ބައަކު އެމީހުންގެ ކުށަކީ ސިކުނޑި ރުހުން ނުދެނީސް ހިތް އެދޭގޮތަށް ކަންކަން ކުރެވުން ކަމަށް ޤަބޫލުކުރެއެވެ.  

ދިރިއުޅުމުގެ 2 މަރުޙަލާ (ލޯބިވެގެން އުޅުމާ ޒަވާޖީ ޙަޔާތް) ކާމިޔާބުކުރަން އެދޭނަމަ މިބުނި ބަސްކޮޅަށް ވިސްނައިލުމުން ފައިދާކުރާނެއެވެ. ވިސްނައިލުމަކީ ޢަމަލުކުރުމެވެ. އިން ޝާ ﷲ  

މިއީ މިބާވަތުގެ ކަންކަމުގައި ކައުންސިލިންގ ދިނުމަށް މަޝްހޫރު މީހަކު ބުނެފައިވާ ބަސްކޮޅެކެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން