ކޮންމެ މީހަކުވެސް ކުރުން މުހިންމު ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކޮންމެ މީހަކުވެސް ކުރުން މުހިންމު ދުޢާއެއް!

ރިވެތި ޢިބާރާތްތަކުން ދުޢާކޮށް ތިމާގެ ހުރި ނިކަމެތިކަމާއި ﷲ ތަޢާލާގެ ޙަޟްރަތުން ތިމާ އެދޭކަންކަން ވީހާ ގިނައިން ހާމަކުރުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވައެވެ. އަދި ދުޢާކުރުން ގިނަކުރުމަކީވެސް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ސިފައެކެވެ. ވީމާ ކޮންމެ ދުވަހަކުވެސް ވީހާ ގިނައިން ރިވެތި ޢިބާރާތްތަކުން ދުޢާކުރަން މަސައްކަތްކުރަންވާނެއެވެ.

"އަޅަމެން އަޅަމެންގެ އަމިއްލަ ނަފްސާއި އަނބިދަރިންނާއި މުދަލާއި ހުރިހައި އެއްޗަކަށްވުރެ ﷲ ތަޢާލާއަށާއި ރަސޫލް ﷺ އަށް ލޯބި ކުރަމުއެވެ.

 

އިނބަ ﷲ ރުހިވޮޑިނުގަންނަވާ އެއްވެސް ކަމަށް މިއަޅާ ޝައުޤްވެރި ނުކުރައްވަވާނދޭވެ! އަދި ރުހިވޮޑިގަންނަވާ ހުރިހާ ކަމަކަށް މިއަޅާގެ ޝައުޤުވެރިކަން އިތުރުކުރައްވަވާނދޭވެ!

އަޅަމެން ﷲ ގެ ހަޟްރަތުން އެދެނީ މިދުނިޔޭގައި ތިބިއިރު ރަސޫލް (ﷺ) ގެ ސުންނަތަށް ޢަމަލު ކުރުމުގެ ތައުފީޤް ދެއްވެވުމަށާއި މަރުވުމުން ކައްވަޅުގެ އަމާން ކަމަށާއި ޤިޔާމަތް ދުވަހު ރަސޫލް (ﷺ) ގެ ޝަފާއަތް ލިބޭ ބައެއް ކަމުގައި ލެއްވެވުމަށާއި އަދި ސުވަރުގޭގައި ރަސޫލް (ﷺ) އާއި އެންމެ އަރިއަހުގައި ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖައިގައި ލައްވަވައި ދެއްވެވުމަށެވެ." އާމީން

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން