ސުވަރުގެއިން އެންމެ މަތީ ދަރަޖަ ބޭނުންނަމަ ދަރިން ތިބި ހުވަފަތް އަންހެނުންނާއި ކައިވެނިކޮށް ހެޔޮގޮތުގަ ބަލަހައްޓާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ސުވަރުގެއިން އެންމެ މަތީ ދަރަޖަ ބޭނުންނަމަ ދަރިން ތިބި ހުވަފަތް އަންހެނުންނާއި ކައިވެނިކޮށް ހެޔޮގޮތުގަ ބަލަހައްޓާށެވެ!

ދަރިން ތިބި އަންހެނަކު ހުވަފަތްވެފައި ހުރިނަމަވެސް އެއަންހެނަކާއި ކައިވެނިކުރަން ގިނަ ބައަކު ޖެހިލުންވެއެވެ. އެމީހުން ފަޤީރުވެދާނެކަމަށްޓަކައެވެ. ނަމަވެސް އެވިސްނުމަކީ މުޅިން ނުބައި ވިސްނުމެކެވެ.

ކައިވެނިކުރެވެން އޮތްނަމަ ހުވަފަތް އަންހެނުންނާއި ކައިވެނި ކުރާށެވެ! އެމީހުންނަށް ބަލަންޖެހިފައިވާ ދަރިންގެ ޢަދަދަށް ނުބަލާށެވެ! ކޮންމެ ދަރިއަކީ ތިބާއަށްތަކައި ބޮޑު ރަޙްމަތެކެވެ.

ހުވަފަތް އަންހެނުންނާއި ކައިވެނިކޮށް އެކަވެނީގައި ބަރަކާތް ލެއްވެވުމަށް އެދޭށެވެ. ހިންމަވައި ދެއްވަވާނެތެވެ. އެއީ ސުންނަތުން ފެންނަން އޮތް ހެޔޮ ޢަމަލެކެވެ. އަދި ކީއްހެއްޔެވެ؟ ޔަތީމުންނަށް ހެޔޮކޮށް ހިތުމަކީ އެކަމެއްގެ ސަބަބުން ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވަވާނެ ކަމެކެވެ. ރަސޫލް ﷺ އާއި އެންމެ އަރިއަހުގައި ވެވޭނެ ޢަމަލެކެވެ.

ޔަތީމުންނާ ހުވަފަތް އަންހެނުންގެ ޙާޖަތައް ފުއްދައިނުދީ ތިބުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ވަރަށް ބިރުހުރިކަމެކެވެ. އެހެނީ ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަ ވަނީ ﷲ ތަޢާލާ ހެކިކުރައްވަވައި އެކަމަށް އިންޒާރު ދެއްވަވައިފައެވެ.

ޔަތީމުންނާއި ހުވަފަތް އަންހެނުންނަކީ އެންމެ ނިކަމެތިޙާލުގައިވާ ބައެކެވެ. އެމީހުންނަށް އަޅާލައި ހެޔޮކޮށް ހިތުމަކީ އެމީހުންގެ ޢާއިލާތަކުގެ މައްޗަށް އޮތް ވާޖިބެއް ނަމަވެސް އެވާޖިބުން ބަރީޢަވެގެންވާ ހަމައެކަކުވެސް ނުހުންނާނެއެވެ. ވީމާ އެމީހަކަށް ވެވެން އޮތް މިންވަރަކުން ޔަތީމުންނަށާއި ހުވަފަތް އަންހެނުންނަށް ހެޔޮކޮށް ހިތާށެވެ.

މީސްތަކުންނޭވެ! ކިތަންމެ ކުޑަ ކާއެތިކޮޅަކުން ނަމަވެސް އެހީތެރިވާށެވެ. އެންމެ ފޭރާމެއް ނަމަވެސް ދޭށެވެ. ހެޔޮކޮށް ހިތާށެވެ! ތަނަވަސްކަން ލިބިގެންވާނަމަ އެންމެ ޔަތީމަކު ނަމަވެސް ބަލަހައްޓާށެވެ.

 

ކައިވެނި ކުރެވެން ނެތްނަމަ ކައިވެނިނުކުރިނަމަވެސް ﷲ ތަޢާލާއަށްޓަކައި ހެޔޮ ގޮތުގައި އެންމެ ހުވަފަތް އަންހެނަކު ނަމަވެސް ބަލަހައްޓައިދޭށެވެ. އެހީތެރިވެދޭށެވެ. އެކަމަށް ތިބާ ކުރާ ހޭދައިގެ ބަދަލު އެތައް ގުނައަކުން އިތުރަށް ދެއްވަވާނެތެވެ. އެކަމަށް ޝައްކުވެސް ނުކުރާށެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން