ނުބައި މީހަކަށް ހެޔޮލަފާ ބައިވެރިއަކު ނުލިބުމުން އޭނާ ކުށްވެރިނުކުރާށެވެ! އެކަން މެދުވެރިވާ ސަބަބު މާމަތިވެރިއެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ނުބައި މީހަކަށް ހެޔޮލަފާ ބައިވެރިއަކު ނުލިބުމުން އޭނާ ކުށްވެރިނުކުރާށެވެ! އެކަން މެދުވެރިވާ ސަބަބު މާމަތިވެރިއެވެ!: މުފްތީ މެންކް

ކައިވެނިކުރާނެ ބައިވެރިއަކު ހޯދަން މަސައްކަތްކުރަމުން ގެންދާއިރު އެމީހަކު ޤަބޫލުކުރާ ޝަރުޠުތައް ހަމަވާ ހަމަވެ އިތުރުވެސްވާ އެތައް ބައަކާއި އަބަދުވެސް ބައްދަލުވާނެއެވެ. އެމީހުންނާއި ގުޅެން މަސައްކަތްވެސް ކުރެވޭނެއެވެ. ސުވާލަކީ ތިބާ ގުޅެން ބޭނުންވި މީހާ ތިބާއަށް ނުލިބުނީ ކީއްވެގެންހެއްޔެވެ؟ 

މިކުރި ސުވާލަށް ޖަވާބުދޭން އެންމެ ފަސޭހަވާނީ އެމީހަކަށެވެ. މިޘާލަކަށް ބުނާނަމަ އޭނާއަކީ ތިބާ ބޭނުންވާ ޝަރުޠޫތަކުގެ ތެރެއިން 10 ޝަރުޠު ހަމަވާ މީހެކެވެ. ސުވާލު އުފައްދަންޖެހެނީ އެހިސާބުންނެވެ. ފުރަތަމަ އުފައްދަންޖެހޭ ސުވާލަކީވެސް ރަނގަޅު 10 ސިފަ ހުރި މީހާ ތިބާގެ ކިބައިގައި ހުރުމަށް އެދޭ ކިތައް ސިފަ ތިބާގެ ކިބައިގައި އެބަހުރި ހެއްޔެވެ؟ 

ބުނަންހެއްޔެވެ؟ ފޭލްވަނީ އެހިސާބުންނެވެ. ތިބާގެ ކިބައިގައި ހުންނަންޖެހޭ ރަނގަޅު ސިފަތައް ތިބާގެ ކިބައިގައި ނެތުމުންނެވެ. ދެން އެކަން މިގޮތަށްވެސް ވިސްނާށެވެ. ތިބާ ކައިވެނިކުރަން ބޭނުންވަނީ ވަރަށް ތަޤްވާވެރި މީހަކާއެވެ. އޭނާ ރޭއަޅުކަންވެސް ކުރެއެވެ. 

ދެން މިވާގޮތަކީ އޭނާއަށް ތިބާގެ ސިއްރުތައް ނުއެނގުނު ނަމަވެސް ތިބާގެ ހުރިހާ ކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީ އޭނާފަދަ ރަނގަޅު މީހަކު ލިބުމަށް ތިބާ ކުފޫހަމަނުވާތީ ދެމީހުން ގުޅުމަށް ﷲ ތަޢާލާ އިރާދަނުކުރައްވަވަނީ ކަމަށްވުމަކީ ވުން ވަރަށް ގާތުގައި އޮންނަ ކަމެކެވެ. 

އެހެންވީމާ ދެމީހުންގެ ގުޅުމަށް ހުރަސްތަކެއް އެޅެނީއެވެ. މައްސަލަތަކެއް ޖެހި ދެމީހުން ވަކިވަނީއެވެ. އެޙާލަތުގައި އަނެކާ ކުށްވެރިކުރުމުގެ ކުރިން ކުރިންވެސް މިބުނިފަދައިން ތިމާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ހަމަކަމާއިމެދު ވިސްނައިލާށެވެ. 

ޚުލާޞާޢަކީ އަޚްލާޤް ރަނގަޅު، ތަޤްވާވެރި ބައިވެރިއަކު ލިބުމަށް އެދޭނަމަ ފުރަތަމަ ކަމަކަށް ތިމާއަކީ އެފަދަ މީހަކަށްވާށެވެ! ހެޔޮކަންކަމުގައި އަނެކާއަށްވުރެ ކުރިއަރާފައި ހުރި މީހަކަށްވާން މަސައްކަތްކުރާށެވެ! އެއިރުން ﷲ ތަޢާލާ ތިބާއަށް ހެޔޮގޮތްތައް މިންވަރުކުރައްވަވާނެތެވެ. ބޭނުންވެގެން ތިއައުޅޭފަދަ ބައިވެރިއަކުވެސް ދެއްވަވާނެތެވެ! އިން ޝާ ﷲ 

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން