ހިލޭ ފިރިހެނުންނަށް ފެންނަ ގޮތަށް ގަހަނާ އެލުވާފައި ބެހެއްޓުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ހިލޭ ފިރިހެނުންނަށް ފެންނަ ގޮތަށް ގަހަނާ އެލުވާފައި ބެހެއްޓުން-

އަޅުގަނޑުގެ ކިބައިގައި ތަނަވަސްކަން އެބަހުއްޓެވެ. ގަހަނާވެސް އެބަހުއްޓެވެ. އެކަމަކު ބައެއް އެކުވެރިން ބުނަނީ ގަހަނާ ނުއެޅުމަށެވެ. އެއީ ކީއްވެގެންތޯ؟ 

ކިޔުންތެރިޔާގެ ސުވާލަށ ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެކަމަށް އުންމީދުކުރަމެވެ. 

"އަންހެނުން ކަންފަތާއި ނޭފަތް ތޮރުފުން ހުއްދައެވެ. ނަމަވެސް ކައިވެނިކުރުމަށްފަހު ކަންފަތާއި ނޭފަތް ތޮރުފަންވާނީ ފިރިމީހާގެ ހުއްދަ ލިބިގެންނެވެ. އަނބިމީހާ ޒީނަތްތެރިވާންވާނީ ފިރިމީހާ ބޭނުންވާ ގޮތަކަށެވެ. ކައިވެނި ކުރުމުގެ ކުރިން ކަންފަތް އަދި ނޭފަތް ތޮރުފިނަމަވެސް ހިލޭ ފިރިހެނުންނަށް ފެންނަ ގޮތަށް (ގަހަނާ އެލުވާފައި) ބަހައްޓައިގެން ނުވާނެއެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ދިވެހިންގެ ތެރޭގައި ނޭފަތް ތޮރުފައި ގަހަނާ ލައްވާ އަންހެނުން ތަންކޮޅެއް މަދުނަމަވެސް ގިނަ އަންހެނުން ކަންފަތުގައި ގަހަނާ އެލުވައެވެ. ޑރ. އިޔާޟްގެ މިބަސްފުޅާއި ގުޅިގެން ފާހަގަކޮށްލަންޖެހޭ އެއްކަމަކީ ކަންފަތުގައި އަދި ނޭފަތުގައިވިޔަސް އަގުބޮޑު، ރީތި ގަހނާތައް އެލުވިނަމަވެސް ހިލޭ ފިރިހެނުންނަށް އެ އެއްޗެތި ދައްކައިގެން ނުވާނެ ކަމެވެ. ހިލޭ ފިރިހެނުންނަށް ފެންނަ ގޮތަށް ގަހަނާ އެލުވާފައި ބަހައްޓައިގެން ނުވާނެ ކަމެވެ.

 

މިއަދު އޮންލައިން