ބިމަކީ ޠޯހިރު ތަނެކެވެ! ވަގުތު ޖެހުމުން އޮތީ ހުރި ތަނެއްގަ ހުރެ ނަމާދުކުރުމަށް އަވަސްވެގަތުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ބިމަކީ ޠޯހިރު ތަނެކެވެ! ވަގުތު ޖެހުމުން އޮތީ ހުރި ތަނެއްގަ ހުރެ ނަމާދުކުރުމަށް އަވަސްވެގަތުމެވެ!

އެތަނުގައި ނަޖިހެއް ނުވަތަ ނަޖިހެއްގެ އަސަރު ފެންނަން ނެތްނަމަ، ނުބައި ވަސް ނުދުވާނަމަ ބިމަކީ ޠޯހިރު ތަނެކެވެ. މުސްލިމުންނަށް އޮތީ ނަމާދު ވަގުތު ޖެހުމުން ކައިރީގައި މިސްކިތެއް ނެތް ނަމަ އެމީހަކު ހުރި ތަނެއްގައި ހުރެގެން އަވަހަށް ނަމާދުކުރުމެވެ. ވީމާ އަވަސްވެގަންނަންވީ ނަމާދު ކުރުމަށެވެ.  

(وجعلت لي الأرض مسجدا وطهورا)
"
އަދި ތިމަންކަލޭގެފާނަށް ބިމަކީ ނަމާދުކުރެވޭ، އަދި ޠާހިރުތަނެއް ކަމުގައި ލެއްވުނެވެ." 

މިއީ ކީރިތި ރަސޫލާ އަށްޓަކައި މި އުއްމަތަށް މާތް ﷲ ދެއްވި ޚާއްޞިއްޔަތެކެވެ. ޔަހޫދީންނާއި ނަޞޯރާއިން ދެކޭގޮތުގައި ފައްޅީގައި މެނުވީ އަޅުކަން ނުކުރެވެ އެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެންމެ ބޮޑު ދަރަންޏަކީ ނަމާދެވެ. ވަޤުތުޖެހުމުން އެއޮތީ ނަމާދަށް ދަރައިފައެވެ. ދަރަނިން ސަލާމަތްވެވޭނީ ނަމާދުކުރުމުންނެވެ. ވީމާ ފަހުން ކޮށްލަން މަޑުނުކޮށް ވީހާއަވަހަކަށް ނަމާދުކުރަން އަވަސްވެގަންނާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން