ކޮންމެ ދުވަހަކުވެސް ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދަންނަވާ މީހަކަށް ލިބޭ ގިނަ ފައިދާތަކުގެ ތެރެއިން 4 ކަމެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކޮންމެ ދުވަހަކުވެސް ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދަންނަވާ މީހަކަށް ލިބޭ ގިނަ ފައިދާތަކުގެ ތެރެއިން 4 ކަމެއް-

ކޮންމެ ދުވަހަކުވެސް ފާފަފުއްސަވައިދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަމުން ގެންދާނަމަ 3 ކަމެއް އެމީހަކަށް ޙާޞިލްވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

ފުރަތަމަ ކަމަކީ އެމީހަކަށް އަމިއްލައަށް ސަލާމަތްވެވިދާނެކަމަށް ޤަބޫލުކުރެވޭ ކަންކަމުން ސަލާމަތްވެވޭނެ މަގެއް ދައްކަވައިދެއްވެވުމެވެ. ދެވަނަ ކަމަކީ ހިތްދަތިކަމާއި ހިތާމައިގެ ވަޤުތުގައި އެކަމުން އަރައިގަނެވޭނެ މަގެއް ދެއްކެވުމެވެ. ތިންވަނަ ކަމަކީ ރިޒްޤް ތަނަވަސްކޮށްދެއްވެވުމެވެ.  

މި 3 ކަންތަކަށް ބެލިނަމަވެސް ފާފަތައް ފުއްސަވައިދެއްވެވުމެއް ނުހިމެނެއެވެ. އެކަމުން އަހުރެންނަށް ޤަބޫލުކުރެވެނީ ފާފަތައް ފުއްސަވައި ދެއްވެވުމުގެ އިތުރުން މި 3 ކަންތައް މިންވަރު ކުރައްވަވާނެ ކަމެވެ.  

ވީމާ އަހުރެންގެ ނަޞޭޙަތަކީ ކޮންމެ ދުވަހަކުވެސް ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން: 

أستغفر الله الذي لا إله إلا هو الحي القيوم وأتوب إليه

سبحان الله وبحمده، أستغفر الله، وأتوب إليه‏

ފަދަ ކޮންމެވެސް ޛީކުރެއް މަދުވެގެން 100 ފަހަރު ކިޔަން މަސައްކަތްކުރުމެވެ. އަދި އެއަށްވުރެވެސް ގިނައިން ކިޔަން މަސައްކަތްކުރުމެވެ. އެކަމަށް ހޭދަކުރަންޖެހޭ 3،5 ވަރަކަށް މިނިޓާއިމެދު ނުވިސްނާށެވެ! އެކަމުން ލިބެން އޮތް ފައިދާ މާބޮޑުކަން ކުރިން މިބަޔާންކުރީއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން