ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(اجْتَنِبُوا السَّبْعَ المُوبِقَاتِ»، قَالُوا: يَا رَسُولَ اللَّهِ وَمَا هُنَّ؟ قَالَ: «الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ اليَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ المُحْصَنَاتِ المُؤْمِنَاتِ الغَافِلاَتِ)
މާނައީ: "ތިޔަބައިމީހުން ހަލާކުކޮށްލަނިވި (ބޮޑުވެގެންވާ) ހަތްކަމަކުން ދުރުވާށެވެ." ދެންނެވުނެވެ. އޭ ރަސޫލާއެވެ. އެއީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. "ﷲއަށް ޝަރީކުކުރުމެވެ. އަދި ޞިހުރު ހެދުމެވެ. އަދި ﷲޙަރާމްކުރެއްވި ނަފުސެއް ޙައްޤަކާނުލައި މެރުމެވެ. އަދި ރިބާކެއުމެވެ. އަދި ޔަތީމުންގެ މުދާ ކެއުމެވެ. އަދި ޖިހާދުގެ ދުވަހު ހަނގުރާމައިގެ މައިދާނުގައި ފިލުމެވެ. އަދި މުއުމިނު ޢިއްފަތްތެރި ބަރީޢަވެގެންވާ އަންހެނާގެ މައްޗަށް ޒިނޭގެ ތުޙުމަތުކުރުމެވެ."
(ޞަޙީޙް ބުޚާރީ އަދި މުސްލިމް، ބުޚާރީގެ 2766 ވަނަ ޙަދީޘް)
ވީމާ މިކަމުގެ ނުބައިކަން ދެނެ ގަނެ ޝިރުކު ކުރުމާއި އަދިވެސް ﷲ ނުރުއްސަވާ ހުރިހާ ނުބައިކަމަކުން ދުރުވުމަކީ އަޅުގަނޑުމެން މުސްލިމުންގެ ޙައިޞިއްޔަތުން ކުރަންޖެހޭ ކަންކަމެވެ. މިފަދަ ކަންކަން ދެނެގަނެ އަދި ޢަމަލުކުރުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެކެވެ.
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަށް ތައުފީޤު ދެއްވުމެވެ. އަދި ﷲއެއްކައުވަންތަ ކުރާ ހާލު މުއުމިނުންގެ ގޮތުގައި ދުނިޔެ ދޫކުރާ މީހުން ކަމުގައި ލެއްވުމެވެ. ހުރިހާ ބާވަތެއްގެ ކުފުރާއި ނިފާޤުން ސަލާމަތްކުރެއްވުމެވެ. އާމީން.
وصلى الله وسلم على محمد و آله صحبه أجمعين. آمين
- އައްޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދުގެ ލިޔުއްވުމަކުން