ފަށްކަނޑަން ކުރާ ކައިވެނިވެސް، ފަށްކަނޑަންކުރާ ކައިވެންޏަށްފަހު ކުރާ ކައިވެންޏަކީވެސް ހުއްދަ ކައިވެންޏެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ފަށްކަނޑަން ކުރާ ކައިވެނިވެސް، ފަށްކަނޑަންކުރާ ކައިވެންޏަށްފަހު ކުރާ ކައިވެންޏަކީވެސް ހުއްދަ ކައިވެންޏެއް ނޫން!

ފަށްކަނޑަން ކައިވެނިކުރުމާއިބެހޭގޮތުން ބައެއް ކިޔުންތެރިން ސުޥާލުކުރައްވާތީ ދަންނަވަމެވެ. ދުނިޔެއަށް އޮޅުވައިލެވިޑާނެއެވެ. ނަމަވެސް މީހާގެ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ކޮންމެ ކަމެއްވެސް ކުރަންވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ކަމުގެ ޙުކުމް އޮތްގޮތް އެނގިލައްވާނެއެވެ. އިން ޝާ ﷲ

ފަށްކަނޑަން ކައިވެނިކުރުމަކީ ވެސް އަދި އެކައިވެންޏަށްފަހު (އެކައިވެނިން ފަށްކެނޑުނުކަމަށްބަލައި) ކުރާ ކައިވެނިވެސް ހުއްދައެއް ނޫނެވެ. ސަބަބަކީ ފަށްކަނޑަން ކައިވެނިކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމަކަށް ނުވާތީއެވެ.

ރަސޫލް ﷺ ޙަދީޘްފުޅު ކުރައްވަވާފައިވަނީ ފަށްކަނޑަން ކައިވެނިކުރާ މީހާ އަށާއި ކައިވެނިކުރެވުނު މީހާއަށް ލަޢްނަތް ލެއްވެވިގެންވާ ކަމަށެވެ.

ވީމާ 3 ފަށްވެއްޖެނަމަ އަންހެން މީހާ ކައިވެނިކުރަންވާނީ ދެވަނަ މީހަކާއިއެކު ދިރިއުޅެވޭތޯ ބެލުމަށެވެ. ކައިވެނި ކުރަނީ ފަށްކަނޑަން ކަމުގައި ހަދައިގެން ނުވާނެއެވެ. ދިރިއުޅުމުގެ މަގްޞަދުގައި ކައިވެނިކޮށް ދިމާވާ ކަމަކުން ވަރިވެއްޖެނަމަ ނުވަތަ ފަހުގެ ފިރިމީހާ މަރުވެއްޖެނަމަ ފަށްކެނޑުނީއެވެ. އަދި ކުރީގެ ފިރިމީހާ އާއި ކައިވެނި ކުރެވިދާނެއެވެ.

---ޑރ. މިޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން