އަންހެނުން ވިހެއުމަށް އަޅާ ވޭނަށްވުރެ މާގަދަފަދަ ވޭނެއް އެބައޮތެވެ! އެކަން ބަޔާންކުރުމުގެ ފުރުޞަތު ނުލިބޭތީ ނޭނގެނީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އަންހެނުން ވިހެއުމަށް އަޅާ ވޭނަށްވުރެ މާގަދަފަދަ ވޭނެއް އެބައޮތެވެ! އެކަން ބަޔާންކުރުމުގެ ފުރުޞަތު ނުލިބޭތީ ނޭނގެނީއެވެ!

ދުނިޔޭގައި ޖާހިލުކަންމަތީގައި އުޅުނު ނުބައި މީހުންނަށް އެމީހުންގެ ފުރާނަ ހިއްޕަވަން މަލަކުލްމައުތު ވަޑައިގަންނަވާތަން ފެނުމުން ދުވެ ފިލަން ބޭނުންވާނެއެވެ. ކޮއްޕާ ދުރަށްލާންވެސް ބޭނުންވާނެއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. ޖެހޭނީ ހަމަޑުން ހުންނާށެވެ. އޮށޯވެގެން އޮއްވާ ވަދައިގެންނެވިނަމަ ޖެހޭނީ ހަމަ އޮތްތަނުގައި އޮންނާށެވެ!

މީސްތަކުންނަށް އެނގޭ ގޮތުގައި އެންމެ ގަދަފަދަ ތަދަކީ ވިހާވަޤުތު މައިމީހާ އުފުލާ ވޭނުގެ ތަދެވެ. ނަމަވެސް ނުބައި މީހުންގެ ފުރާނަ ހިއްޕަވާ ވަޤުތު އަޅާ ތަދުގެ ވޭން އެއަށްވުރެ އެތައް ގުނައަކަށް ބޮޑުވާނެއެވެ. އެކަން އޭނާއަށް ބަޔާންނުކުރެވޭތީ މީސްތަކުންނަށް ނުއެނގެނީއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެކަމަކު ބުނަންހެއްޔެވެ؟ ހެޔޮލަފާ މީހުންނަށް ހީވާނީ ހަމަ ތިނޯހެއްގެ ކޮޅު ހަރައިލުން ފަދަ ކުޑަކުޑަ ކަމެއްގެ ގޮތުގައެވެ.

ހެޔޮލަފާ ޞާލިޙް އަޅެއްގެ ގޮތުގައި މަރުވުމަށް މަސައްކަތްކުރާށެވެ. ކުރެވޭ ފާފަތަކަށް ތައުބާވަމުން ގެންދާށެވެ! ފަރުޟުތަކަށާއި ސުންނަތްތަކަށް ރައްކައުތެރިވާށެވެ. ރޭއަޅުކަމަށް ސަމާލުކަންދޭށެވެ. ވެވުނުހައި ގިނައިން ހެޔޮ ޢަމަލުތައްކުރަން މަސައްކަތްކުރާށެވެ. އެކަންކަމަށް ލިބިފައި އޮތް ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ. ކާމިޔާބުލިބިގެންވާ މީހެއްގެ ގޮތުގައި ނޫނީ މަރުނުވަން މަސައްކަތްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން