ތިމާއަކީ އެންމެ ރަނގަޅު، އެންމެ މޮޅު މީހަކަށް ނުވަތަ މިވެނި މީހަކީ އެންމެ ނުބައިކަންބޮޑު މީހާކަމަށް ޤަބޫލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތިމާއަކީ އެންމެ ރަނގަޅު، އެންމެ މޮޅު މީހަކަށް ނުވަތަ މިވެނި މީހަކީ އެންމެ ނުބައިކަންބޮޑު މީހާކަމަށް ޤަބޫލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން!

ތިމާއަކީ އެންމެ ރަނގަޅު މީހާކަމަށް ނުވަތަ އެންމެ ތަޤްވާވެރިންގެ ތެރެއިން މީހަކު ކަމަށް އެބަ ޤަބޫލުކުރެވެއެވެ. އަދި ހަމަ އެހެންމެ ބައެއް މީހުން އުޅޭ ގޮތް ފެނި، އަދި އެމީހުން ކުރާ ކަންކަން ފެނުމުން އެއީ ވަރަށް ނުބައި މީހަކު ކަމަށް ބުނެވޭތަން އެބައާދެއެވެ. މިދެކަމަކީވެސް ވަރަށް ނުރައްކައުތެރި 2 ކަންތަކެވެ. 

މީސްތަކުންނޭވެ! ތިމާއަކީ އެންމެ ރަނގަޅު، އެންމެ މޮޅު މީހަކަށް ނުވަތަ މިވެނިމީހަކީ އެންމެ ނުބައިކަންބޮޑު މީހާކަމަށް ޤަބޫލުކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެތެރޭގައި ހިމެނޭ ފާފައެކެވެ. 

އެކަމުގެ ކުޑަކުޑަ މިޘާލެއްވެސް ބުނެފާނަމެވެ. 

ފިރުއަޢުނުގެ ސިޙުރުިވެރިންނާއި މޫސާގެފާނާއި ަބއްދަލުވެ ސިޙުރުގެ ކަންތައް ކުރެވުނު ވަގުތު އެތަނުގައި އަހަރެމެންނަށް ތިބެވުނުނަމަ އަހަރެމެން ބުނާނީ ފިރުއަޢުނުގެ ޞިޙުރުވެރިންނަކީ އެންމެ ނުބައި ނަލަފާ މީހުން ކަމަށެވެ. 

ނަމަވެސް ކަންތައްވީގޮތް ނިކަން ދެކިބަލާށެވެ! އެމީހުން އެތަނަށް ދިއައީ މުޝްރިކުންގެ ގޮތުގައި ތިބެއެވެ. ނަމަވެސް ދުނިޔެ ދޫކުރީ މުއްމިނުންނަށްވެ މުއްމިނުންގެ އެންމެ މަތީ ދަރަޖައިގައެވެ. 

އެއްވެސް މީހަކު މަރުވުމުގެ ކުރިން އެމީހަކަށް އަންނާނެ ބަދަލެއް ނުއެނގޭނެއެވެ. ކޮންމެ ފަދަ ވަޤުތަކުވެސް މީހާގެ ވިސްނުން މުޅިން ބަދަލުވެ މުޅިން ތަފާތު މީހަކަށްވެދާނެއެވެ. ވީމާ އެއްވެސް މީހަކާއި ދިމާއަށް އެފަދަ ބަހެއް ބުނުމުގެ ކުރިން މިބަޔާންކުރި މިޘާލުން ޢިބްރަތް ޙާޞިލްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން