ސުންނަތް ބައެއް ރޯދަތަކުގެ ފައިދާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ސުންނަތް ބައެއް ރޯދަތަކުގެ ފައިދާ-

ހިތާމައާއިއެކުގައިވެސް ބުނަންޖެހެނީ ސުންނަތް ރޯދަތައް ހިފުމަށް ގިނަބައަކަށް ފަރުވާކުޑަކުރެވޭ ކަމަށެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. މިޔުމުގައި މިބަލައިލަނީ ޢަރަފާތު ދުވަހުގެ ރޯދައަށާއި އާޝޫރާ ދުވަހުގެ ރޯދައަށާއި ހޯމް ދުވަހުގެ ރޯދައަށެވެ. 

أَبو قَتَادَةَ اَلْأَنْصَارِيِّ -رَضِيَ اللَّهُ عَنْهُ-  ގެ ކިބައިން ރިވާވެގެންވެއެވެ. 

(ޢަރަފާތު ދުވަހުގެ ރޯދައާއި މެދު رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ އާ ސުވާލު ދެންނެވުނެވެ. ހަދީޘްކުރެއްވިއެވެ. "(އެދުވަހު ރޯދަހިފާމީހަގެ) ފާއިތުވި އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވަތެވެ." 

އަދި عَاشُورَاءَ ދުވަހުގެ ރޯދައާމެދު ސުވާލުދެއްނެވުނެވެ. ހަދީޘްކުރެއްވިއެވެ. " (އެދުވަހު ރޯދަހިފާމީހަގެ) ފާއިތުވި އަހަރުގެ ފާފަތައް ފުއްސަވަތެވެ." 

އަދި ހޯމަ ދުވަހުގެ ރޯދައާމެދު ސުވާލުދެންނެވުނެވެ. ހަދީޘްކުރެއްވިއެވެ. "އެއީ ތިމަންކަލޭގެފާނު އުފަންވި ދުވަހެވެ. އަދި އެދުވަހެއްގައި ރަސޫލުކަމާގެން ފޮނުއްވުނު ދުވަހެވެ. ނުވަތަ އެއީ ތިމަންކަލޭގެފާނަށް (އެންމެ ފުރަތަމަ) ވަޙީބާވައިލެއްވެވުނު ދުވަހެވެ.) 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސުންނަތް ރޯދަ ހިފުން ގިނަކުރާށެވެ! ހިﷲާ ކޮންމެ ރޮދއަކަށް ތިބާގެ މޫނު 70 އަހަރުގެ ރާސްތާއަށް ނަރަކައާއި ދުރުކޮށް ދެއްވަވާނެތެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

ވީމާ ހޯމް، ބުރާސްފަތި، މަހުގެ 3 ދުވަހު، (13،14،15) ގައި ރޯދަހިފަން މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން