ދަމުނަމާދުގައާއި ދަމުނަމާދަށްފަހު ކުރާ ދުޢާ ދުނިޔޭގައި އެމީހަކު ހުއްޓައި ޢިޖާބަ ނުކުރެއްވެވިޔަސް ކަންބޮޑުނުވާށެވެ! އެއީ މަތިވެރިކަން މާބޮޑު ކަމެކެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދަމުނަމާދުގައާއި ދަމުނަމާދަށްފަހު ކުރާ ދުޢާ ދުނިޔޭގައި އެމީހަކު ހުއްޓައި ޢިޖާބަ ނުކުރެއްވެވިޔަސް ކަންބޮޑުނުވާށެވެ! އެއީ މަތިވެރިކަން މާބޮޑު ކަމެކެވެ!: މުފްތީ މެންކް

ދަމުނަމާދުކުރާ މީހުން ދަމުނަމާދުގައާއި ދަމުނަމާދަށްފަހު ކުރާ ދުޢާ ދުނިޔޭގައި އެމީހަކު ހުއްޓައި ޢިޖާބަ ނުކުރެއްވެވިޔަސް ކަންބޮޑުނުވާށެވެ! އެއީ އެއްގޮތަކަށްވެސް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އެއީ މަތިވެރިކަން މާބޮޑު ކަމެކެވެ. 

ދުޢާކުރުމުން ތިބާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދާނީ މަތިވެރިވަމުންނެވެ. އެކަމުން ޤިޔާމަތް ދުވަހު އެމީހާގެ ހިތް އުފަލުން ފުރޭވަރަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ 

ދުނިޔޭގައި ހިތްދަތިކަމާއި މުޞީބާތްތައް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށެވެ. އެއީ އެކަމުގެ ސަބަބުން އެމީހަކު ﷲ ތަޢާލާ އާއި ކުއްތަންވުމަށް އިތުރަށް މަސައްކަތްކުރަން ދެއްވަވާ ފުރުޞަތެކެވެ. ވީމާ އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ ކަމަކަށްވެސް މިބުނި މަގުން ވިސްނައި ޢަމަލުތައް އިޞްލާޙްކޮށް ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށް ކުރާ މަސައްކަތް އިތުރުކުރާށެވެ.  

މިރޭވެސް ތަކުރާރުކޮށްލާނަމެވެ. ރޭގަނޑު ނިދުމަށްފަހު ދަމުނަމާދުކުރާނެ ވަޤުތު އޮއްވައި ހޭލެވިއްޖެނަމަ އެއީ ދަމުނަމާދުކުރުމަށް ﷲ ތަޢާލާ ދެއްވަވާ ދަޢުވަތެކެވެ. އެދަޢުވަތު ބަލައިނުގަނެ ދޫކޮށްނުލާށެވެ. ހިތްވަރުކޮށްފައިވެސް ތެދުވެ ދަމުނަމާދުކުރާށެވެ! 

ދަމުނަމާދުކުރަން ﷲ ތަޢާލާ ދަޢުވަތު ދެއްވަވާނީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށެވެ. އެދަރަޖަ ޙާޞިލްކުރެވޭނީ ތިމާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އުފެދި، އިތުރުވެ ކިޔަމަންތެރިކަން އަދާކުރާނަމައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން