ސަލަފުއްޞާލިޙުން އެއްބައަކު އަނެއްބައަކަށް ވަޞިއްޔަތް ކުރައްވަމުން ގެންދެވި 3 ކަންތައް- އަހަރެމެންވެސް ދަމަހައްޓަން ޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ސަލަފުއްޞާލިޙުން އެއްބައަކު އަނެއްބައަކަށް ވަޞިއްޔަތް ކުރައްވަމުން ގެންދެވި 3 ކަންތައް- އަހަރެމެންވެސް ދަމަހައްޓަން ޖެހޭ!

ހެޔޮ ކަންތައްތައް ކުރަން ވަޞިއްޔަތްކޮށް އަދި އާޚިރަތް ލިބިގަތުމަށް ހިތްވަރުދިނުމަކީ ކޮންމެ މުސްލިމަކު އަނެއް މުސްލިމަކަށްޓަކައި އަދާކުރަންޖެހޭ ޙައްޤެކެވެ. އެއީ ހަމައެކަނި ޢިލްމުވެރިންނަށް އޮތް ކަމެއް ނޫނެވެ. ކޮންމެ މުސްލިމަކުވެސް އެމީހަކަށް ކެރިކުޅަދާނަވީ މިންވަރަކުން ކުރަންޖެހޭ ކަމެކެވެ.

ސަލަފުއްޞާލިޙުން އެއްބައަކު އަނެއްބައަކަށް ތިންކަމަކަށް ވަޞިއްޔަތް ކުރައްވަމުން ގެންދެވިއެވެ.

1 ތިބާ އާއި الله އާއި ދެމެދުގައި އޮންނަކަންކަން އިޞްލާޙު ކުރާށެވެ. އޭރުން ތިބާ އާއި މީސްތަކުންނާއި މެދުގައިވާ ކަންތައްތައް އިޞްލާޙުކޮށްދެއްވާނެއެވެ.

2 ސިއްރިއްޔާތުގައި ކުރާ ކަންތައް ރަގަޅުކޮށްފިނަމަ ފާޅުގައި ކުރާ ކަންތައްވެސް ރަގަޅު ވެގެންދާނެއެވެ.

3 އާޚިރަތް ދުވަހާއި މެދު ސަމާލުކަން ބަހައްޓައިގެން މަސައްކަތްކޮށްފިނަމަ, ދުނިޔެ އާއި އާޚިރަތުގެ ހުރިހާ ކަމަކަށް ފުދިގެން ދިޔައީއެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން