އެސްފީނާއަށް ފެންއަޅަންވެސް ފާޚާނާގައިހުރެ ނުކިޔަވާތި! އެއީ ހުއްދަކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
އެސްފީނާއަށް ފެންއަޅަންވެސް ފާޚާނާގައިހުރެ ނުކިޔަވާތި! އެއީ ހުއްދަކަމެއް ނޫން!

ކުޑަކުއްޖަކަށް އަދި ބޮޑުމީހަކަށް އެސްފީނާއަށް ފެންއަޅަންނަމަވެސް ފާޚާނާގައި ހުރެ ކިޔެވުން ހުއްދައެއް ނޫނެވެ. ފާޚާނާއިން ބޭރުގައި ފެނަށް ކިޔަވާށެވެ. އަދި ބޭރުގައި ހުރެ ކިޔަވާފައި ފާޚާނާގައި ފެންއެޅުމަކީ މައްސަލައެއް ނޫނެވެ.

އެހެނީ ފާޚާނާގައި ޛިކުރުކުރުން ރަސޫލް ﷺ ވަނީ މަނާކުރައްވަވައިފައެވެ.

ވީމާ އާޔަތްކިޔެވިނަމަވެސް ސޫރަތްކިޔެވިނަމަވެސް ފާޚާނާއިން ބޭރުގައި ކިޔަވައިގެން އެފެންހިފައިގެން ފާޚާނާއަށް ވަދެ ފެން އަޅާށެވެ. ފާޚާނާއިން ވުޟޫކުރިނަމަވެސް ފާޚާނާގައި ހުރެ ވުޟޫދުޢާވެސް ކިޔުން ހުއްދަވެގެނެއް ނުވެއެވެ.

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން