ހުކުރަށް ދިއަކަމަށް ނަން ނުލިޔުއްވާނެ ގޮތަށް ހުކުރަށްދިއުމާ ދަރިން ގޮވައިގެންގޮސް މީސްތަކުންގެ ކޮނޑުތައްމަތިން ހިނގުން- އިޞްލާޙްކުރަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހުކުރަށް ދިއަކަމަށް ނަން ނުލިޔުއްވާނެ ގޮތަށް ހުކުރަށްދިއުމާ ދަރިން ގޮވައިގެންގޮސް މީސްތަކުންގެ ކޮނޑުތައްމަތިން ހިނގުން- އިޞްލާޙްކުރަންޖެހޭ ކަމެއް!

އިމާމް މީހާ ޚުޠުބާ ކިޔަން ފަށާފަހުން ކުދިން ގޮވައިގެން މިސްކިތަށް އަރައި މީހުންގެ ކޮނޑުތައްމަތިން ހިނގައި ގަދަކަމުން ޖާގަހޯދަން މަސައްކަތްކުރާ މީހުން ވިސްނައިލާށެވެ!

"އިމާމް މީހާ މިންބަރަށް އަރައި ޚުޠުބާކިޔަން ފަށާފަހުން ހުކުރަށް ދިއަނަމަވެސް ނަމާދު ޞައްޙަވާނެއެވެ. އެހެނަސް ނަމާދުގެ ޘަވާބުން ވަރަށް ބޮޑުބައެއް އުނިވެގެންދާނެއެވެ.

ހުކުރަށްދާ މީހުން، މިސްކިތަށް އަރާތަރުތީބުން މަލާއިކަތް ބޭކަލުން ހުކުރަށްދާ މީހުންގެ ނަންތައް ލިޔުއްވަވާނެތެވެ. އިމާމް މީހާ މިންބަރަށް އަރައި ޚުޠުބާކިޔަން ފެށުމުން މަލާއިކަތްބޭކަލުން އެބޭކަލުން މީހުންގެ ނަން ލިޔުއްވާ ފަތް ބަންދުކޮށްލައްވަވައި ޚުޓުބާ އަުއައްސަވަން ފަށްޓަވަތެވެ. ވީމާ އެހިސާބުން ދެން ހުކުރަށްދާ މީހުންގެ ނަން އެފަތުގައި ނުލިޔުއްވަވާނެތެވެ. ވީމާ ޝަރުޢީ ޢިޛުރެއްނެތި ހުކުރަށް ދިއުން ލަސްކޮށްގެން ނުވާނެއެވެ."

މިވާހަކަތަކަކީ ޚުޠުބާ ތަކުންނާއި ދަރުސްތަކުން ވަރަށް ގިނައިން އަޑުއިވޭ ވާހަތަކެއް ނަމަވެސް ހިތާމައަކީ މިވާހަކަތަކަށް ސަމާލުކަން ނުދެވޭ މީހުން ގިނަވަމުން އަންނަކަމެވެ. އެމީހުންގެ ދަރިން ގޮވައިގެން ހުކުރަށްދާއިއރުވެސް އެންމެ ކުޑަމިނުން ޚުޠުބާ ފަށަންވާއިރަށްވެސް ނުދެވޭކަމެވެ.

ދަރިން ހުކުރަށް ގެންދަނީ ފެންވަރުވައި ވަރަށް ރީތިކޮށް ހެދުން ލައްވައިގެންނެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް އެހުރިހާ ކަމަކަށްވުރެ މުހިންމުކަން ބޮޑީ ކުދިން ގޮވައިގެން އަވަހަށް ހުކުރަށް ދިއުމެވެ.

ނޫންނަމަ ދަރިންނަށް ދަސްކޮށް އެދެވެނީ ކޮންފަދަ ނުބައި އާދައެއްތޯއެވެ؟ އެދެވެނީ ކޮންފަދަ ނުބައި ތަރުބިއްޔަތެއްތޯއެވެ؟ އިތުރަށް ވިސްނާލަން ނުވޭތޯއެވެ؟

 

މިއަދު އޮންލައިން