ތިރީގައިއެވަނީ ޚަދީޖަތުގެފާނުގެ ސިޔަރަތުން މިއަދުނޫހުގައި މިއަދު ޝާއިޢުކުރި ލިޔުމުގައި ހިމެނޭ ބައެކެވެ. އެބައިގައި ވަރަށް މުހިންމު ބައެއް ކަންކަން ހިމެނިފައިވާތީ އިތުރަށް ފާހަގަކޮށްލުމުގެ ގޮތުން ދަންނަނަވަމެވެ.
ފުރަތަމަ ލިޔުންކޮޅު ވިދާޅުވެލައްވާށެވެ!
"أمّ المؤمنين السّيدة عائِشة رضى الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެއްފަހަކު މާތް ރަސޫލާ صلّى اللّـه عليه وسلّم، أمّ المؤمنين السّيدة خديجة رضى الله عنها ގެ ވާހަކަފުޅު ދައްކަވައި، އެކަމަނާއަށް ތާރީފުގެ ބަސްފުޅުތައް ވިދާޅުވަމުން ގެންދެވިއެވެ. އެކަމުގެ ސަބަބުން السّيدة عائِشة رضى الله عنها ގެ ހިތްޕުޅަށް ޣީރަތްތެރިކަން ވަދެގެންދިޔައެވެ. އެޔާއެކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ޝަކުވާ ދެންނެވިއެވެ.
[ކަލޭގެފާނު އަބަދު އެ މުސްކުޅި އަންހެނާގެ ވާހަކަދައްކަވައި، ތާރީފުކުރައްވަނީ ކީއްވެގެންތޯއެވެ؟ އެކަމަނާއަކީ، އެހާ ރީތިފުޅު ބޭކަނބަލެއްވެސް ނޫނެއްނޫންތޯއެވެ؟ އެކަމަނާއަށް ވުރެ މާ ރީތި އަނބިއަނބިކަނބަލުން ކަލޭގެފާނަށް ލިބިވަޑައިގެންފައިވޭނޫންތޯއެވެ؟]
أمّ المؤمنين السّيدة عائِشة رضى الله عنها ގެ މި ޝަކުވާ ބަސްފުޅަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ޖަވާބު ދެއްވަމުން ވިދާޅުވެފައިވެއެވެ. [އެކަމަނާފަދަ އެހެން އަނބިކަނބަލަކު ތިމަންކަލޭގެފާނަށް ލިބިވަޑައިގެންފައެއް ނެތެވެ. މީސްތަކުން ތިމަންކަލޭގެފާނުގެ ނުބުއްވަތާމެދު ޝައްކުކުރަމުން ގެންދިޔައިރު، އެކަމަނާ ތިމަންކަލޭގެފާނުގެ ނުބުއްވަތާމެދު ހެކިވެވަޑައިގެންނެވިއެވެ. އީމާންވެވަޑައިގެންނެވިއެވެ. އެކަމަނާގެ މުދާ ތިމަންކަލޭގެފާނަށްޓަކައި ހޭދަކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ދަރީން ލިބިވަޑައިގަތީ އެކަމަނާގެ ފަރާތްޕުޅުންނެވެ.]
ބައެއް މުއައްރިޚުން ލިޔުއްވައިފައިވާ ގޮތުގައި، أمّ المؤمنين السّيدة عائِشة رضى الله عنها ކުރިން ދެންނެވުނު ފަދައިން السّيدة خديجة رضى الله عنها އާމެދު ވާހަކަފުޅު ދެއްކެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ވަރަށް ކޯފާއިސް ކުރެއްވިއެވެ. އެކަލޭގެފާނުގެ މޫނުފުޅުން މިކަން ފާހަގަކުރެއްވުނު ހިނދު السّيدة عائِشة رضى الله عنها އެކަމަށް މާފުއެދިވަޑައިގެން ދެން ދުވަހަކުވެސް خديجة رضى الله عنها ގެ ވާހަކަފުޅު ރަނގަޅުގޮތުގައި މެނުވީ ނުދައްކަވާނެކަމަށް މާތް ރަސޫލާގެ އަރިހުގައި ވަޢުދުވެވަޑައިގެންނެވިއެވެ."
ފާހަގަކުރަންޖެހޭ ކަންކަން:
1 ރަސޫލް ﷺ އެންމެ ބޮޑަށް ލޯބިފުޅުވީ ޚަދީޖަތުގެފާނުދެކެ ކަމާއި (އެކަމަނާފަދަ އެހެން އަނބިކަނބަލަކު ތިމަންކަލޭގެފާނަށް ލިބިވަޑައިގެންފައެއް ނެތެވެ.) އެކަމުގެ އެއް ސަބަބަކީ އެކަމަނާއަށް ދަރިން ލިބިވަޑައިގެންފައިވުންކަން.
ލިޔުމުގައިވާ ބަސްފުޅުތަކަށް ބެލުމުން އެނގޭކަމަކީ އަނބިމީހާއަކީ ކިތަންމެ މުސްކުޅި އަދި ކިތަންމެ ސިފަ ހުތުރު އަނތބެއް ނަމަވެސް އޭނާއަށް ދަރިން ލިބިފައިވާނަމަ އޭނާއަށް ޤަދަރުކުރަންޖެހޭނެ ކަމާއި އޭނާދެކެ ލޯބިވާންޖެހޭނެ ކަމެވެ.
2 މީސްތަކުންގެ ކުރިމަތީގައި ތިމާގެ ޤަދަރު އުފުލައި ތިމާގެ ބަސް ޤަބާލުކުރާ ކިޔަމަންތެރި އަދި ތިމާއަށްޓަކައި ހޭދަކުރާ އަނބިންދެކެ ލޯބިވާންޖެހޭނެކަން. " މީސްތަކުން ތިމަންކަލޭގެފާނުގެ ނުބުއްވަތާމެދު ޝައްކުކުރަމުން ގެންދިޔައިރު، އެކަމަނާ ތިމަންކަލޭގެފާނުގެ ނުބުއްވަތާމެދު ހެކިވެވަޑައިގެންނެވިއެވެ. އީމާންވެވަޑައިގެންނެވިއެވެ. އެކަމަނާގެ މުދާ ތިމަންކަލޭގެފާނަށްޓަކައި ހޭދަކުރެއްވިއެވެ."
3 އެއަންތބަށްވުރެ ގިނަ އަނބިން ގެންގުޅޭ މީހާ އެއްއަނބީގެ ކުރިމަތީގަ އެހެން އަންތބަކަށް ތައްރީފްކުރުމަކީ ޙަސަދަވެރިކަން އުފެދޭނެ ކަމެއްކަން.
"أمّ المؤمنين السّيدة عائِشة رضى الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެއްފަހަކު މާތް ރަސޫލާ صلّى اللّـه عليه وسلّم، أمّ المؤمنين السّيدة خديجة رضى الله عنها ގެ ވާހަކަފުޅު ދައްކަވައި، އެކަމަނާއަށް ތާރީފުގެ ބަސްފުޅުތައް ވިދާޅުވަމުން ގެންދެވިއެވެ. އެކަމުގެ ސަބަބުން السّيدة عائِشة رضى الله عنها ގެ ހިތްޕުޅަށް ޣީރަތްތެރިކަން ވަދެގެންދިޔައެވެ. އެޔާއެކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ޝަކުވާ ދެންނެވިއެވެ.
[ކަލޭގެފާނު އަބަދު އެ މުސްކުޅި އަންހެނާގެ ވާހަކަދައްކަވައި، ތާރީފުކުރައްވަނީ ކީއްވެގެންތޯއެވެ؟ އެކަމަނާއަކީ، އެހާ ރީތިފުޅު ބޭކަނބަލެއްވެސް ނޫނެއްނޫންތޯއެވެ؟ އެކަމަނާއަށް ވުރެ މާރީތި އަނބިއަނބިކަނބަލުން ކަލޭގެފާނަށް ލިބިވަޑައިގެންފައިވޭނޫންތޯއެވެ؟]
4 ވަނައަށް ފާހަގަކޮށްލަންޖެހެނީ ކިތަންމެ ޒުވާން، ރީތި އަންތބަކު ނަމަވެސް ދަރިންގެ މަންމައަށް ރުޅި އައިސް ނަފްރަތުގެ ބަސްބުނާނަމަ އެކަމަސް ނުރުހުންވާންޖެހޭނެ ކަމެވެ.
" ބައެއް މުއައްރިޚުން ލިޔުއްވައިފައިވާ ގޮތުގައި، أمّ المؤمنين السّيدة عائِشة رضى الله عنها ކުރިން ދެންނެވުނު ފަދައިން السّيدة خديجة رضى الله عنها އާމެދު ވާހަކަފުޅު ދެއްކެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ވަރަށް ކޯފާއިސް ކުރެއްވިއެވެ. އެކަލޭގެފާނުގެ މޫނުފުޅުން މިކަން ފާހަގަކުރެއްވުނު ހިނދު السّيدة عائِشة رضى الله عنها އެކަމަށް މާފުއެދިވަޑައިގެން ދެން ދުވަހަކުވެސް خديجة رضى الله عنها ގެ ވާހަކަފުޅު ރަނގަޅުގޮތުގައި މެނުވީ ނުދައްކަވާނެކަމަށް މާތް ރަސޫލާގެ އަރިހުގައި ވަޢުދުވެވަޑައިގެންނެވިއެވެ."