އަތްމަތި ދަތިވުމުން ނަމަވެސް އެހެން ބޭނުމަކުވެސް "ސައިޑްކަޓް" ޖައްސައިގެން ޙަރާމް ގޮތުގަ ފައިސާ ހޯދުމަކީ ޢާޚިރަތް އަމިއްލައަށް ދޫކޮށްލުން ފަދަ ނުބައިކަންބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 41ސ
އަތްމަތި ދަތިވުމުން ނަމަވެސް އެހެން ބޭނުމަކުވެސް "ސައިޑްކަޓް" ޖައްސައިގެން ޙަރާމް ގޮތުގަ ފައިސާ ހޯދުމަކީ ޢާޚިރަތް އަމިއްލައަށް ދޫކޮށްލުން ފަދަ ނުބައިކަންބޮޑު ކަމެއް!

ކުރާ ފާފަތަކަށް ރީތިނަން ކިޔަމުންގޮސް ޙަރާމް ކަންކަން ކުރުމަށްވެސް ވަރަށް ރީތި ނަންތައް އެބަކިޔައެވެ. އެގޮތުން ކައިވެނީގެ ބޭރުން ގުޅުން ހިނަގައި ޙަރާމް ކަންކަން ކޮށްގެން ފައިސާ ހޯދުމަށް ކިޔާ އެއް ނަމަކީ "ސައިޑްކަޓް ޖެއްސުމެވެ." މަޤާމްތަކުގައި ތިބޭ މީހުން ރިޝްވަތު ހިފުމަށްވެސް އެނަން ކިޔައެވެ. 

ކިތަންމެ ރީޔި ނަމެއް ކީކަމުގައިވީނަމަވެސް ޙަރާމް ކަމެއްގެ ޙުކުމަށް އެއްވެސް ބަދަލެއް ނުއަންނާނެއެވެ. އޮންނާނީ ހަމަ ޙަރާމްކަމެއްގެ ގޮތުގައެވެ. ޙަޜާމް ކުރައްވަވާފައިވާ ކަމެއް ކޮށްފިނަމަ ފާފަވެރިވާނެއެވެ. ޢަޛާބް ޙައްޤުވާނެއެވެ. 

ކިޔާ ނަމަށް ނުބަލާށެވެ! އަތްމަތި ދަތިވުމުން ނަމަވެސް އަދި އެހެން ބޭނުމަކުވެސް "ސައިޑްކަޓް" ޖައްސައިގެން ޙަރާމް ގޮތުގަ ފައިސާ ހޯދުމަކީ ޢާޚިރަތް އަމިއްލައަށް ދޫކޮށްލުން ފަދަ ނުބައިކަންބޮޑު ކަމެކެވެ. އެގޮތުން ހޯދާ ފައިސާއިން ކޮންމެ ބޭނުމެއް ކުރިޔަސް، ކޮންމެ އެއްޗެއް ގަތަސް، ކައިބޮއި ހެދިނަމަވެސް ބޭނުން އެކުރެވެނީ ޙަރާމް ތަކެއްޗެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! 

الْحَمْدُ للهِ رَبِّ الْعَالَمِيْن الصَّلاَةُ وَالسَّلاَم عَلَى أشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْن سَيِّدِنَا وَنَبِيِّنَا مُحَمَّدْ وَعَلَى آلِهِ وَأصْحَابِهِ أجْمَعِيْن : أمَابَعْد 

ޢިއްޒަތްތެރި ލޮބްވެތި އަޚުންނާއި އުޚްތުން السَّلام عَلَيكُم ورحْمَةُ اللهِ وَبَرَكَاتُه

އާދެ! އަޅުގަނޑު މިއަދު ތިޔަ ޢިއްޒަތްތެރި އަޚުންނާއި އުޚުތުން ނާއި މިބައްދަލުކޮށްލީ  ލޮބްވެތި ނަބިއްޔާ މުޙައްމަދު   ގެ ވަރަށް މުހިންމު އިރްޝާދެއް އަޅުގަޑުމެން ހަނދާން ކޮށްދިނުމުގެ ބޭނުމުގަ އާދެ! އަބޫއުމާމަތުލްބާހިލީ ރަޟިޔަﷲ ތަޢާލާގެ އަރިހުން އިމާމު އިބްނު މާޖާއާއި، އިމާމް ތިރުމިޒީ ރިވާކުރެއްވި ރިވާޔަތެއްގައި އައިސްފައިވޭ، ޝައިޚް އަލްބާނީ ރަޙިމަހުﷲ ޞައްޙަ ޙަދީޘެއް ކަމަށްވެސް ވިދާޅުވެފައިވާ ނަބަވީ އިރުޝާދެއްމީ. 

ލޮބުވެތި ނަބިއްޔާ މުޙައްމަދު   މިއުންމަތަށް އިރްޝާދު ދެއްވާ ޙަދީޘް ކުރައްވާފައިވަނީ:

"إنّ رُوحَ القُدُسِ نَفَثَ في رُوعِي أنّ نَفْساً لنْ تَمُوتَ حَتّى تَسْتَكْمِلَ رِزْقَهَا  وَتَسْتَوْعِبَ أَجَلِها، فاتّقُوا الله وأجْمِلُوا في الطَّلبِ، ولا يَحْمِلنَّ أحَدَكُمُ اسْتِبْطاءُ الرِّزْقِ أنْ يَطْلُبَهُ بِمَعْصِيَةِ الله، فإنّمَا عِنْدَ الله لا يُنالُ  إلاّ بِطاعَتِهِ " 

މިނަބަވީ އިރްޝާދުގެ މަފްހޫމަކީ ލޮބްވެތި ނަބިއްޔާ ޙަދީޘް ކުރައްވަނީ ޖިބްރީލް އަމީން ވަޑައިގެން ތިމަން ނަބިއްޔާގެ އަރިހުގާ ވިދާޅުވިއޭ އެއްވެސް ނަފްސެއް އެނަފްސަކަށް ކަނޑައެޅިފައިވާ އަޖަލާ އެނަފްސަކަށް ކަނޑައެޅިފައިވާ ރިޒްޤް ފުރިހަމަނުކޮށް ދުނިޔެ ދޫކޮށްފާ މަރުވެ ނުދާނޭ." 

އެހެންވީމާ ﷲ އަށް ތިޔަބައިމީހުން ބިރުވެތިވާށޭ އަދި ޙަލާލު ގޮތުގާނޫނީ އާމްދަނީ ނުހޯދާށޭ، ސަބަބަކީ އާމްދަނީ މަދުވެގެން ތިޔަބައިމީހުންގެ ތެރެއިން އެއްވެސްމީހަކު ލިބޭއާމްދަނީ މަދުވެގެން އެއާމްދަނީ އިތުރުކުރުމަށްޓަކައި ޙަރާމް ގޮތްތަކެއް އިޚްތިޔާރު ނުކުރާށޭ. ސަބަބަކީ ދެއްވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ޙަޟްރަތުގާވާއެއްޗެއް އުރެދޭ ބަޔަކަށް ނުދެއްވާނެ. 

އާދެ! މިނަބަވީ އިރްޝާދުން އަޅުގަޑުމެން މުސްލިމުން ލިބިގަންނަންޖެހޭ ފިލާވަޅަކީ މިއަދު އިވެމުންދާ އަޑުތަކަކީ ލިބޭ އާމްދަނީ މަދުވެގެން އަޅުގަޑުމެންގެ އިސްލާމީވަންތަކަމާ އިސްލާމީ އަޚްލާޤިއްޔާތު ގެއްލިގެންދާފަދަ ކަންތައްތަކެއް ކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ ބައެއްކަންތައްތަކަކީ އެއީ އެއްވެސް ޙާލަތެއްގާ އަޅުގަނޑުމެން ކުރަންޖެހޭނެ ކަންތައްތަކެއް ނޫންކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ.ﷲ ސުބްޙާނަހޫ ވަތަޢާލާ ބިންމައްޗަށް ފުރާނަހުރެގެން ފޮނުއްވާފައިވާ ކޮންމެ އެއްޗެއްގެ ރިޒްޤު ވަނީ އެއިލާހުގެގެ ޙަޟްރަތުގާ ކަނޑައަޅުއްވާފަ ﷲ މިކަން ބަޔާންކުރައްވާ ހޫދުސޫރަތުގެ 6ވަނަ އާޔަތުގާ ވަޙީ ކުރައްވަނީ: 

"وَمَا مِنْ دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِي كِتَابٍ مُبِينٍ  މާނައީ " ބިންމަތީގާ ފުރާނަހުރެގެން ދިރޭ ކޮންމެބައެއްގެ ރިޒްޤު ﷲ ގެ ޙަޟްރަތުގާ ވަނީ ކަނޑައެޅިފައޭ، އެހެންވީމާ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ ޙަލާލު ގޮތުގާ މެނުވީ އާމްދަނި ނުހޯދުމަށް މަސައްކަތް ކުރުން ލިބޭ އާމްދަނީ މަދުވެގެން އާމްދަނީ އިތުރު ކުރުމަށްޓަކައި ޙަރާމް ގޮތްތަކެއް އިޚްތިޔާރު ކުރުމަކީ އަޅުގަނޑުމެނަށް ﷲ ގެ ކޯފާ ޙައްޤުވެގެން ދާނޭ ކަމެއްކަން މިނަބަވީ އިރްޝާދުން އަޅުގަނޑުމެނަށް އެނގިގެން މިދަނީ ، އެހެންވީމާ އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ ލިބޭ އާމްދަނީގެ ބަރަކާތް  އިތުރުކުރުމަށްޓަކައި ﷲގެ ރުއްސެވުމާ ފުއްސެވުން ލިބޭފަދަ ކަންތައްތަކެއް ކުރުން. 

އެއްވެސް ޙާލަތެއްގައި ﷲ އަށް އުރެދޭ ކަންތައްތަކެއް ކޮށްގެން ނުވާނެ އަޅުގަނޑުމެންގެ މުޖްތަކަޢުގައި އަޚްލާޤިއްޔާތު ގެއްލި އަޅުގަނޑުމެންގެ ދަރިންގެ ކިބައިގާ އިސްލާމީ ވަންތަކަން ގެއްލިގެން ދާފަދަ އެއްވެސް ކަމެއް އާމްދަނީ އިތުރު ކުރުމަށޭކިޔާފާ ކޮށްގެން ނުވާނެ އެއީ މުސްލިމަކަށް  ހުއްދަވެގެންވާ ކަމެއްނޫން، ﷲ ސުބްޙާނަހޫ ވަތަޢާލާ ނޫރުސޫރަތުގެ 19 ވަނަ އާޔަތުގާ ވަޙީ ކުރައްވާފައިވޭ" إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِين  آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ " މުއުމިނުންގެ މެދުގާ ފާޙިޝް ކަންތައްތައް ފެތުރުމަށް ލޯބިކުރާމީހުންނަކީ އެއީ ﷲގެ ޙަޟްރަތުން ވޭންދެނިވި ޢަޛާބުލިބޭނެ ބައެކޭ އެހެންވީމާ އަޅުގަނޑުމެންގެ އިސްލާމީ ވަންތަކަން ﷲ އަންގަވާފައިވާގޮތް ނޫރުސޫރަތުގެ 31 ވަނަ އާޔަތް، (---) ވަނަ އާޔަތުގާ އަންގަވާފައިވާ ގޮތާ ޚިލާފަށް ޢައުރަ ނިވާނުކޮށް އޮރިޔާމުގާ އުޅޭގޮތަށް އަޅިގަނޑުމެން އާމްދަނީ އިތުރު ކުރުމަށްޓަކައި ކަންތައްތައް ކުރުމަކީ ދީން ހުއްދަ ކުރާކަމެއްނޫން. 

އާދެ މިނަބަވީ އިރްޝާދުން މިވަނީ އަޅުގަނޑުމެނަށް ވަރަށް މުހިންމު ފިލާވަޅެއް ލިބިފަ އެއީ އަޅުގަނޑުމެނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކާ ޙަރާމް ގޮތްތަކެއް އިޚްތިޔާރު ނުކުރުން، ދުޢާއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެނަށް ހެޔޮވިސްނުން ދެއްވާ އަޅުގަނޑުމެންނަކީ ﷲގެ ރުއްސެވުމާ ފުއްސެވުން ލިބޭ ފަދަ ގޮތަކަށް އަދި ލިބޭ އެއްޗަކާ މެދުގާ ފުދުންތެރިކަން އުފެއްދުމަށް، އުފެދިގެން މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުން އަޞްލު ޙަޤީޤީ މުއްސަނދި ކަމަކީ ހިތުގެ މުއްސަނދިކަން ލިބޭ އެއްޗަކާ މެދުގާ ފުދުންތެރިކަން އަޅުގަނޑުމެންގެ ހިތުގާ އުފެދިގެން އެބަދޭ ﷲ ސުބްޙާނަހޫ ވަތަޢާލާ މިނަބަވީ އިރްޝާދުގާވާގޮތަށް އަޅުގަނޑުމެން އެންމެންނަށްވެސް ޙަލާލުގޮތުގާ އާމްދަނީ ހޯދުމުގެ ހެޔޮތައުފީޤު މިންވަރު ކޮށްދެއްވާށި އަދި ލިބޭ މަދު އާމްދަނީގެ މައްޗަށްވެސް ރުހިގެން ފުދިގެން ދިރިއުޅުން ބިނާކުރުމަށް ދަސްކުރާ ބައެއްކަމުގާ އަޅުގަނޑުމެން ލައްވާށި. وَمَا علَيَّ إلَّا الْبَلاَعْ – والسلام عليكم ورحمة الله وبركاته 

- ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަކުން

 

.

މިއަދު އޮންލައިން