ލޯބިން އުޅެފައި ބޭވަފާތެރިވެ މޫނުއަނބުރާލާ ވަޤުތު ތިބާގެ ހިތް ހިފައިގެން ދިއަނުދީ އަނބުރާ އަތުލެވޭނެ ފޯމިޔުލާ-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ލޯބިން އުޅެފައި ބޭވަފާތެރިވެ މޫނުއަނބުރާލާ ވަޤުތު ތިބާގެ ހިތް ހިފައިގެން ދިއަނުދީ އަނބުރާ އަތުލެވޭނެ ފޯމިޔުލާ-!

ބައަކަށް ވިސްނައިދޭން މަސައްކަތްކުރަމުން އެއްދުވަހަކު އަހުރެން ބުނީމެވެ. "މިހާރުވެސް ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި ލޯބީގެވާހަކަދައްކަން ފަށާއިރަށް އެންމެންނަށްވެސް އިޙްޞާޞްކުރެވޭނީ އުފާވެރިކަމެވެ. އުފާވެރިކަމާއި ލޯތްބަކީ ޗޭނެއްގައި ގުޅިލާމެހިފައިވާ 2 ބޮޅެވެ." 

މިހެން ހަމަބުނާއިރަށް އެއިގެ ތެރެއިން ގިނަ ބައަކު އަހުރެންނަށް ހުރަސްއަޅައި ހުއްޓުވައިފިއެވެ. އެމީހުން ބުނަމުން ދިއައީ އެދުވަސް ފާއިތުވެ ހިނގައްޖެކަމަށާއި ލޯތްބާއިމެދު ގިނަބައަކު ދެކޭ ގޮތް މިހާރު ބަދަލުވެފައިވާ ކަމަށެވެ. ލޯބީގެވާހަކަދައްކަން ފަށާއިރަށް މިހާރު ގިނަބައަކަށް އިޙްޞާޞްކުރެވޭނީ ވޭނާއި އަނިޔާވެރިކަމާއި ހިތްދަތިކަން ކަމަށެވެ.  

އެތައް ގަޑިއިރަކަށް ބަހުސް ދިގުލައި ދިއައެވެ. އެންމެފަހުން ކަމަކަށް އެއްބަސްވެވުނެވެ. އެއީ: "ލޯބިވެގެން އުޅެފައި އަނިޔާވެރިވާ މީހާ އަނިޔާވެރިއެވަނީ އަނެކާގެ ކަރާމާތާއި އެތައް ބައިވަރު ވަޤުތުތަކެއް ނަގައިލުމުގެ އިތުރުން ކުރަމުން އައި ހުވާތަކާއި ވަމުންއައި ވަޢުދުތައްވެސް އުވާލައިފައެވެ. ވީމާ އެހިސާބުން އޭނާއަށް ތިމާގެ ހިތްދިނުން ހުއްޓާލަން ޖެހެއެވެ. (އޭނާ ދެކެ ލޯބިވުން ހުއްޓާލަންޖެހެއެވެ.) އަދި ތިމާގެ ހިތް ހިފައިގެން ނުދެވޭނެކަން ޢަމަލުތަކުން ދައްކަން އެބަޖެހެއެވެ. ހިތް އަނބުރާ އަތުލެވެންޖެހެއެވެ."   

އެކަން ކުރެވޭނެ ގޮތެއްކަމަށް އެއްބަސްވެވުނީ ކިތަންމެ ބޮޑަށް ލޯބިވާކަމަށްބުނަމުން އައިނަމަވެސް ކޮންމެ ވަޤުތަކުވެސް އެނިންމުން ބަދަލުކޮށްފާނެކަމަށް ޤަބޫލުކޮށްގެން އަބަދުވެސް އެކަމަށް ކުރިމަތިލާން ތައްޔާރުވެގެން ތިބުމެވެ.  

ޚުލާޞާއަކީ ކިތަންމެ ބޮޑަށް ލޯބިވެގެން އުޅުނަސް މަކަރުހަދާފައި ފިލާނެކަމަށް އަބަދުވެސް ތައްޔާރަށް ތިބޭށެވެ. އަދި ހިތް ޙަވާލުކުރަން ޖެހޭނީ ބޭވަފާތެރިވާ ވަޤުތުން ފެށިގެން އަނބުރާ އަތުލެވޭ ގޮތަށެވެ. އެކަން ކުރުމުގެ ކުޅަދާނަކަން ހުންނަން ޖެހޭނެއެވެ. އެކަން އެގޮތަށް ނުކުރެވިއްޖެނަމަ އަބަދުވެސް ޖެހޭނީ ކަރުނައެޅުންމަތީގައި ހުންނާށެވެ!  

- އަލަފް / މިއަދުނޫސް  

 

މިއަދު އޮންލައިން