ޤުރްއާން ހިތުދަސްނުކުރެވޭނެކަމަށް ޤަބޫލުކުރެވެނީ ހެއްޔެވެ؟ ސަބަބާއި ޙައްލު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޤުރްއާން ހިތުދަސްނުކުރެވޭނެކަމަށް ޤަބޫލުކުރެވެނީ ހެއްޔެވެ؟ ސަބަބާއި ޙައްލު މިއޮތީ!

ކޮންމެ މުސްލިމަކީވެސް ކީރިތި ޤުރްއާން ހިތުދަސްކުރަން ބޭނުންވާނެ މީހެކެވެ. ނަމަވެސް ހިތްވަރު ލިބިނުގަނެވެނީއެވެ. ވީމާ އެކަން އެގޮތަށް މެދުވެރިވާ ސަބަބަށް ބަލައިލަމާ ހިނގާށެވެ.

"ވަރަށް މަސައްކަތްބުރަ!، ވަޤުތެއް ނުލިބޭ!،މާމުސްކުޅިވެއްޖެ!، މުސްކުޅިކަމުން ހަނޑާން ނެތެނީ!" މިހުންނަނީ ހަމަ ޝައިޠޯނާގެ ކިބައިން އަންނަ ނުބައި ވަސްވާސްތަކެވެ. ކީރިތި ޤުރްއާން ހިތުދަސްކުރަން ބޭނުންވާ މީހަކަށް އެކަން ނުކުރެވޭނެ އެއްވެސް ސަބަބެއް ނުއޮންނާނެއެވެ!

ފުރަތަމަ ކަމަކީ ކީރިތި ޤުރްއާނާއި ގާތްވުމަށް ތިބާ މަސައްކަތްކުރާވަރަކަށް، އެވަރަށްވުރެ މާބޮޑަށް ތިބާ ޢާއި ގާތްވުމަށް ޤުރްޢާން މަސައްކަތްކުރާނެކަމަށް އުސްތާޛުން ވިދާޅުވެއެވެ. އެބަސްފުޅުގައި ވަރަށް ބޮޑު ތެދު ޙަޤީޤަތެއްވެސްވެއެވެ. އަހުރެންނަކީ އެކަން އަމިއްލައަށް ތަޖުރިބާވެސްކޮށްގެން އިން އަންހެނަކީމެވެ.

ވީމާ ޤުރްޢާން ހިތުދަސްނުކުރެވޭނެކަމަށް ޚިޔާލަށް އަޔަސް ފުރަތަމަ ކަމަކަށް އަވަހަށް އަޢޫޛްކިޔައި ޝައިޠޯނާ ދުރަށް ފައްސައިލާށެވެ! ދެވަނަ ކަމަކީ ކުރެވޭ އެފަދަ ޚިޔާލުތަކަށް މާޔޫސްނުވެ ދަސްކުރަން ކުރާ މަސައްކަތް އިތުރުކުރާށެވެ! ﷲ ތަޢާލާ ތައުފީޤް ދެއްވަވާނެތެވެ! އިން ޝާ ﷲ

އަދިވެސް އިތުރު ކަމެއް ފާހަގަކޮށްލާނަމެވެ! ޤުރްއާނުގެ ޢިލްމް އުނގެނެން މަސައްކަތްކުރާއިރު މާނަ ކިޔަމުން ގެންދާއިއރު، ތިމާ އަމަލުކުރަންޖެހޭނެ ކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ކަންކަން އެނގެމުންދާނެއެވެ. އެއިން ކަމެއް އެނގިއްޖެނަމަ ކޮންމެ ގޮތަކުން ނަމަވެސް އެކަމަކަށް ޢަމަލުކުރަން މަސައްކަތްކުރާށެވެ! އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ

--މަޢުލޫމާތު: ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން