ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ޙައްލުކުރަން އެހީތެރިވެދިނުން- ގިނަގުނަ ޘަވާބު ހޯދެން އޮތް ހެޔޮކަންބޮޑު ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތައް ޙައްލުކުރަން އެހީތެރިވެދިނުން- ގިނަގުނަ ޘަވާބު ހޯދެން އޮތް ހެޔޮކަންބޮޑު ޢަމަލެއް!

އެންމެ ދެމަފިރިއެއްގެ ނަމަވެސް ކައިވެނި ސަލާމަތްކޮށްދޭން މަސައްކަތްކުރުމަކީ ޢާއިލާއެއް ބިކަހާލުގައި ޖެހުމުން ސަލާމަތްކުރަން މަސައްކަތްކުރުން ފަދަ ކަމެކެވެ. ފުނިފުންޏަށް ޘަވާބު މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

ވީމާ ދެމަފިރިއެއްގެ ދެމެދުގައި އެއްވެސް ބާވަތެއްގެ މައްސަލައެއް ޖެހިގެން އުޅޭނަމަ އެކަން ޙައްލުކޮށްދޭން އެހީތެރިވާށެވެ. އެކަން އިތުރަށް ގޯސްވެގެން ހިނގައިދާނެ އެއްވެސް ކަމެއް ނުކުރާށެވެ. 

ކިތަންމެ ބޮޑު މައްސަލައެއް ޖެހިގެން އުޅުނަސް ކައިވެނި ރޫޅާލަން ހިތްވަރުދޭންޖެހޭނީ ކައިވެނި ސަލާމަތްކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށްފަހު ދެން އެހެން ގޮތެއް ނެތުމުންނެވެ. މައްސަލަތައް ޙައްލުކުރެވޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ. 

ހިތާމައަކީ މިކަންކަމަށް ވިސްނައިނުލާ ރަނގަޅުނޫން ލަފާދެވޭކަމެވެ. މައްސަލައެއް ޖެހޭއިރަށް ކައިވެނި ރޫޅާލަން ހިތްވަރުދެވޭ ކަމެވެ. އެއްގޮތަކަށްވެސް އެކަން އެގޮތަށް ނުކުރާށެވެ! ކުރިން ބުނިފަދައިން އެންމެ ދެމަފިރިއެއްގެ ނަމަވެސް ކައިވެނި ސަލާމަތްކޮށްދޭން މަސައްކަތްކުރުމަކީ ޢާއިލާއެއް ބިކަހާލުގައި ޖެހުމުން ސަލާމަތްކުރަން މަސައްކަތްކުރުން ފަދަ ކަމެކެވެ. ޚާއްޞަކޮށް ދަރިން ލިބިފައިވާނަމަ އެދަރިން ނިކަމެތިވުމުން ސަލާމަތްކޮށްދޭން ކުރެވޭ އަގުހުރި މަސައްކަތެކެވެ. އެފަދަ ރަނގަޅު މަސައްކަތްކުރާ މީހަކަށް ﷲ ތަޢާލާ ފުނިފުންޏަށް ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން