މިކަންކަން ޤަބޫލުކުރެވޭނަމަ އެކުވެރިންނަށާއި ޢާއިލާއަށް ޝެއާކޮށްލައްވާށެވެ! އަގުހުރި ހެޔޮ ނަޞޭޙަތެއް ދިންކަމުގެ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މިކަންކަން ޤަބޫލުކުރެވޭނަމަ އެކުވެރިންނަށާއި ޢާއިލާއަށް ޝެއާކޮށްލައްވާށެވެ! އަގުހުރި ހެޔޮ ނަޞޭޙަތެއް ދިންކަމުގެ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ

އަނބިން ރީތިވާން ބޭނުންނަމަ މިފަދައިން ކަންކަން ކުރާށެވެ! ފިރިންނަށް ބުނެލަން އޮތީ މިފަދަ އަންތބަކު ލިބުމަށްވުރެ ވަކިން ބޮޑު އުފަލެއް ނުލިބޭނެއެވެ!

މިކިޔައިދެނީ ފިރިހެނަކު ބުނެފައިވާ ބަސްކޮޅެކެވެ.

"އަހުރެންނަށް ދިމާވި ކަމެއްގެ ސަބަބުން އަހުރެންގެ ގައިގައި ނުރައްކައުތެރި ބައްޔެއް ހުރިކަމަށް ތުހުމަތުކުރެވުނެވެ. ކަންދިމާވި ގޮތުން އެއިރު އަހުރެން ހުރީ މަސައްކަތެއް ކުރަން ޤައުމުން ބޭރުގައެވެ. އެކަންޏެވެ.

އެކަން ކުރިމަތިވީންސުރެ އަނބިމީހާ ކޮންމެ ނަމާދު ވަޤުތެއް ޖެހުމުން އަޅުގަނޑަށް ގުޅައެވެ. ފަތިހުވެސް ގުޅައި ހޭލައްވައެވެ. ބުނެއެވެ. އަވަހަށް ތެދުވެ ނަމާދުކޮށް ދުޢާކުރާށެވެ! އިން ޝާ ﷲ ދެރަގޮތެއް މިންވަރު ނުކުރައްވަވާނެތެވެ. އެވަރަކުންވެސް ފުއްދައިލަނީއެއް ނޫނެވެ. ނަމާދުގެ ޖަމާޢަތް ނިމޭހައި އިރުވުމުން ގުޅައި ނަމާދުކުރިކަން ޔަޤީންކުރެއެވެ.

އިން ޝާ ﷲ ކުރެވުނު ތުހުމަތުން ސަލާމަތްވިއެވެ. އެކަމަށް 2،3 މަސްދުވަސް ނެގިއެވެ. އެއްވެސް ފޫހިކަމެއް ނެތި އަނބިމީހާ އައީ ފޯނުކުރަމުންނެވެ. މިހާރު މިހުރީ އަނބިމީހާ އާއި ދަރިންނާއިއެކުގައެވެ. މިހާރުވެސް އެކަންކަން ޤަވާއިދުކޮށް އަނބިމީހާ ކުރެއެވެ.

ތެދެއް ބުނަން ހެއްޔެވެ؟ އަޅުގަނޑުގެ އަނބިމީހާއަކީ ބޭރުފުށުގެ ސިފަ އެހައި ރީތި އަންހެނެއް ނޫނެވެ. ނަމަވެސް މިހާރު އަނބިމީހާއަށްވުރެ ރީތި ހަމައެންމެ އަންހެނަކުވެސް އަހުރެންނަކަށް ނެތެވެ."

މިއީ އޭނާ ބުނިވާހަކައެއް އޭނާ ބުނިގޮތަށެވެ!

އަހުރެން ބުނެލަން ބޭނުންވަނީ ދެމަފިރިންނަކީވެސް މިފަދަ ދެމީހުން ކަމުގައިވާށެވެ! އަބަދުވެސް ބުނާފަދައިން ކައިވެނީގެ އެންމެ ބޮޑު މަޤްޞަދަކަށްވާންޖެހޭނީ އަނެކާގެ އަތުގައި ހިފައިގެން ދެމީހުން އެކުގައި ސުވަރުގެ ވަންނަން މަސައްކަތްކުރުމެވެ.

ދުނިޔޭގައި ކިތަންމެ ބޮޑު އުފާވެރިކަމެއްގައި އުޅެވުނަސް، ކިތަންމެ ހިތްދަތި ޙާލުގައި އުޅެންޖެހުނަސް ސުވަރުގެ ވަދެވޭ ހިސާބުން ދުނިޔޭގެ ޙަޔާތުގެމަތިން ހަނދާން ނެތިގެންދާނެއިރު ދުނިޔެއާއިމެދު އެހައިބޮޑަށް ކަންބޮޑުވެ ދުނިޔޭގެ އުފާވެރިކަން ހޯދަން ދެމީހުން ދެބަސްވާންވީ ކީއްކުރަން ހެއްޔެވެ؟ އެއްވެސް ބޭނުމެއް ނެތެއް ނޫންހެއްޔެވެ؟

ތަކުރާރުކޮށްލާނަމެވެ! އަނބިންނަށް ބުނެލަން އޮތީ ރީތިވާން ބޭނުންނަމަ މިފަދައިން ކަންކަން ކުރާށެވެ! ފިރިންނަށް ބުނެލަން އޮތީ މުޅި ދުނިޔޭގައި އަތްފުނާއެޅިޔަސް ދުނިޔަވީ ހުރިހާ އުފާތަކެއް ލިބުނަސް މިފަދަ އަންތބަކު ލިބުމަށްވުރެ ވަކިން ބޮޑު އުފަލެއް ނުލިބޭނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން