ކޮންމެ ކަމަކަށްވެސް ކާމިޔާބީގެ ތަޅުދަނޑީގެ 2 ދޫ- ހަމަކޮށްލެވިއްޖެނަމަ އިމެއް ނެތި އޮތީ އުފާވެރިކަން!

ކިޔުމަށް ހޭދަވާނީ 55ސ
ކޮންމެ ކަމަކަށްވެސް ކާމިޔާބީގެ ތަޅުދަނޑީގެ 2 ދޫ- ހަމަކޮށްލެވިއްޖެނަމަ އިމެއް ނެތި އޮތީ އުފާވެރިކަން!

ޢަލީ އިޙްޞާން ފިރާޤް

ބުއްދިވެރިއަކު ވިދާޅުވެފައިވެއެވެ.

"އަހަރެމެން ޙާޟިލުކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ވެސް ވަނީ ތިޖޫރީއެއްގައި ތަޅުލެވިފައެވެ. އެއީ ހަލާހަލާކުކޮށްލައިގެން ހުޅުވޭނެ ތިޖޫރީއެއް ނޫނެވެ. ވީމާ އެ ތިޖޫރީ ހުޅުވަން ތަޅުދަނޑިއެއް ބޭނުންވެއެވެ.

އެތަޅުދަނޑީގައި ދެ ދޫވެއެވެ. އެ 2 ދޫ ސަލާމަތުން ނެތި ތަޅުދަނޑި މަސައްކަތެއް ނުކުރާނެއެވެ. ފުރަތަމައީ ކެތްތެރވުމެވެ. ދެވަނައީ ﷲ ތަޢާލާއަށް ޛިކުރުކުރުމާއި ދުޢާކުރުމެވެ. މި 2 ދޫ ތަޅުދަނޑީގައި އިންނަމަ ކޮންމެ ތިޖޫރީއެއްވެސް ހުޅުވޭނެއެވެ. ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވޭނެއެވެ."

އޭނާ ވަރަށް ޙިކުމަތްތެރިކަމާއިއެކު ބަޔާންކުރައްވާފައި އެވަނީ ކޮންމެ ކަމެއް ޙާޞީލުކުރަން ބޭނުންވެގެން މަސައްކަތްކުރި ނަމަވެސް އެމީހާގެ ކިބައިގައި ކޮންމެހެން ހުންނަން ޖެހޭނެ އެންމެ މުހިންމު 2 ސިފައެވެ. ނުވަތަ ކޮންމެހެންވެސް ހިފަހައްޓަންޖެހޭނެ 2 ސަބަބެވެ. އެ 2 ސަބަބުގައި ހިފަހައްޓައިގެން މަސައްކަތްކުރާނަމަ އެމީހަކު މާޔޫސް ނުވާނެއެވެ. އިން ޝާ ﷲ

މިބަސްފުޅުގައި ޛިކުރުކުރުން ގެންނަވާފައިވުމުން އެބަސްފުޅުގެ މާނައަކީ ފުރަތަމަކަމަކަށް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ފަރުޟުތަކަށް ރައްކައުތެރިވުމެވެ. ޛިކުރުކުރުމާއި ދުޢާކުރުން ގެނެވޭނީ އެކަންކަމުގެ ފަހަތުން ކަމުގައިވާތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން