ޝައިޚް މުޙައްމަދު މޫސާ ދެއްވަވާފައިވާ މިދަރުސްގައި ވަރަށް ތަފްޞީލްކޮށް ބަޔާންކޮށްދެއްވަވާފައި އެވަނީ ހުރިހާ މުސްލިމުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ މައްސަލައެވެ. ޙައްލުކުރެވިއްޖެނަމަ ﷲ ތަޢާލާގެ ޙަޟްރަތުން ނަޞްރު ދެއްވަވާނެކަން ޔަޤީން މައްސަލައެވެ.
އެމައްސަލައަކީ ނަމާދަށް، ޚާއްޞަކޮށް ޖަމާޢަތުގެ ނަމާދަށް ރައްކައުތެރިވުމެވެ. ޖަމާޢަތުގެ ނަމާދު ދޫކުރާ މީހާއަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ދޫކޮށްލައިގެން ހުރި މީހެއް ކަމާއި އެފަދަ މީހުންނަކީ ގެއްލެނިވެގެންވާ މީހުންކަމާއި ޝަރުޢީ ޢުޛުރެއް ނެތި ނަމާދުގެ ޖަމާޢަތް ދޫކޮށްލައިފި މީހަކީ ސަލާމަތްވެވޭނެ މީހެއް ނޫންކަން ޝައިޚް ވަނީ ވަރަށް ފުރިހަމައަށް ބަޔާންކޮށް ދެއްވަވައިފައެވެ.
މިދަރުސަކީ ހުރިހާ ކައުންސިލްތަކުން ރަށުގެ ތަންތަންކޮޅުގައި ބޮޑު ސްކްރީން ބަހައްޓައިގެން ރައްޔިތުންނަށް އަޑުއިއްވަވައިލަ ދެއްވުން ވަރަށް މުހިންމު ދަރުސެކެވެ. ޢާއިލާގެ އެންމެން އެކުގައި ގޭގައި ތިބެގެންވެސް ކޮންމެހެން އަޑުއަހާލަންޖެހޭ ދަރުސެކެވެ.
ދަރުސް އަޑުއައްސަވާލައްވަން:
https://www.facebook.com/100069541831698/videos/455146147001926/