އަދި މިފެންނަނީ ކުދިކުދި ޢަލާމާތްތައް! ޤިޔާމަތްވުމުގެ ބޮޑު ޢަލާމާތެއް ފެނިއްޖެނަމަ ބިރުން ފިތްކަނޑައިގެންދާނެ!: ޝައިޚް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 4ސ
އަދި މިފެންނަނީ ކުދިކުދި ޢަލާމާތްތައް! ޤިޔާމަތްވުމުގެ ބޮޑު ޢަލާމާތެއް ފެނިއްޖެނަމަ ބިރުން ފިތްކަނޑައިގެންދާނެ!: ޝައިޚް ފަރީދު

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފަވޭ. فَهَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً  ފަހެ ކުއްލިއަކަށް ޤިޔާމަތް އަތުވެދާނެކަމަށްހޭ އެމީހުން އެ އިންތިޒާރު ކުރަނީ. "فَقَدْ جَآءَ أَشْرَاطُهَا"  ފަހެ ހަމަ ކަށަވަރުން އެދުވަހުގެ ޢަލާމާތްތައް އަތުވެއްޖެއޭ  فَأَنَّىٰ لَهُمْ إِذَا جَآءَتْهُمْ ذِكْرَىٰهُمْ" ދެންފަހެ އެބައިމީހުންނާ ހަމައަށް އެ ޢަލާމާތްތައް އަތުވެއްޖެކަމަށްވާނަމަ އެބައިމީހުންގެ ހަނދުމަކުރުން ވާނީ ކިހިނެކުން ހެއްޔޭ؟ 

ލޮބުވެތި އެންމެހާ ބޭފުޅުންނޭ! އަޅުގަނޑުމެންނަށް ބޮޑުވެގެންވާ ޢަލާމާތެއް ފެނިއްޖެކަމަށްވާނަމަ، ޤިޔާމާތުގެ ބޮޑު ޢަލާމާތެއް ފެނިއްޖެކަމަށްވާނަމަ އެހިސާބުން އަޅުގަނޑުމެން ބިރުން ފިތްކަނޑައިގެން ހިނގައިދާނެ. އާދެ، އެ ޢަލާމާތްތަކުގެ ތެރޭގަ ވަރަށް ގިނަ ޢަލާމާތްތައް އެބަހުރި. އަދި ހަމަ އެހެންމެ ޤިޔާމާތުގެ ކުރިން ހިނގާނޭ ކުދިކުދި ވަރަށް ބައިވަރު ޢަލާމާތްތައް އެބަހުރި. ވަރަށްގިނަ ޢަލާމާތްތައްވަނީ ހިނގާ ނިމި ގޮސްފައި. އަނެއްބައި ޢަލާމާތްތައް ހިނގަމުން ދަނީ. އަދިވެސް ބައެއް ކުދި ޢަލާމާތްތައް އެބަހުރި. ބޮޑެތި ޢަލާމާތްތަކުގެ ދެމެދުގަ ހިނގާނެ ކުދިކުދި ޢަލާމާތައްތައް އެބަހުރި. އެހެންނަމަވެސް ބޮޑެތި ޢަލާމާތްތަކުގެ ތެރެއިން އެއްވެސް ޢަލާމާތެއް އަދިއެއް ފާޅެއް ނުވޭ. އެހެންނަމަވެސް ދުނިޔެ ފަސާދަވެގެން މިދަނީ އެ ޢަލާމާތްތައް ފާޅުވާން ހަމަ، ފާޅުވާ މިންވަރަކަށް ފާޅުވާން ތައްޔާރުވާ މިންވަރަކަށް. 

އާދެ! އަޅުގަޑާ ބައްދަލުވި ވޮލަންޓިއަރ ސާރވިސް އޯގަނައިޒޭޝަންގެ ބަޔަކާ ބައްދަލުވެގެން ޤިޔާމަތުގެވާހަކަ ޤިޔާމަތުގެ ޢަލާމާތްތަކުގެ ވާހަކަ ދެއްކުމުން އެމީހުން އަޅުގަޑުގެ ގާތުގާބުނީ ތިޔައީ ބައިބްލްގައި ހަމަ ހުރި ވާހަކަތަކޭ ހަމަ އެގްޒޭކްޓްލީ ހަމަ ބަރާބަރަށް އޭގައި ހުރި ވާހަކަތަކޭތީ، އަޅުގަޑު ބުނިން އެބައިބްލްގައި ހުރި އެއްޗިއްސަކީ ވެސް ޤުރްއާނާއި އެއްގޮތް އެއްޗެއް ކަމުގައިވާނަމަ އެއީ ހަމަ ތެދުތެދޭ. އަޅުގަޑުމެން ޤަބޫލުކުރަމޭ، އަޅުގަޑުމެން ޤަބޫލުކުރަމޭ 

ޢީސާ ޢަލައިހިއްސަލާމަކީ ﷲގެ ނަބިއްޔެއް ކަމުގައި އަދި އިންޖީލަކީ ﷲ އެކަލޭގެފާނަށް ބާއްވާލެއްވި ފޮތެއްކަމުގައި އަޅުގަޑުމެން ޤަބޫލުކުރަމޭ އެހެން ނަމަވެސް އެއަށް ޢަމަލުކުރުން މަންސޫޙް ކުރައްވާފައޭވަނީ އެމީހުން އެވަނީ އެމީހުންގެ ފޮތް ބަދަލުކޮށްފާ ކަމަށޭ އަޅުގަޑުމެން ޤަބޫލު ކުރަނީ، އެމީހުނަށް ވަރަށް އަސަރުކުރި އަސަރުކޮށް އެންމެފަހުން، އަޅުގަނޑު ހިތަށްއެރި މިމީހުން ފަހަރުގާ އީމާންވެސް ވެދާނެއޭ އެހެންނަމަވެސް އެމީހުންގެ ތެރޭގަ ހުސް އަންހެންކުދިންތިބީ ޅަވަރުގެ ގިނަ އަންހެންކުދިންތައް ތިބި، ކޮންމެވެސް ވަރަކަށް ދެބައިޢުމުރުގެ މީހުންވެސް ތިބި. 

އެހެންނަމަވެސް އެތާގައި ހަރުކުލައިގެ ފިރިހެނަކު ހުރި ހުރެފާ ކުށްލިއަކަށް ގަޑިބަލާފަ ބުނި ކުއްލިއަކަށް ދާންޖެހިއްޖޭ ނެތޭވަގުތެއް އެހިސާބުން އެދިޔައީ ދެންހުރި ވާހަކަތަކެއް އަޑެއް ނޭހުނު އަޅުގަޑު އުންމީދުކޮށްގެންހުރީ އެމީހުން އީމާންވާނެކަމަށް އިންޝާﷲ. 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން