ސޫރަތުލްފާތިޙާގެ ތަފްޞީރު: ދެވަނަ އާޔަތް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ސޫރަތުލްފާތިޙާގެ ތަފްޞީރު: ދެވަނަ އާޔަތް

الرَّحْمَـٰنِ الرَّحِيمِ  

މާނައީ: "އެއީ އެއިލާހުގެ ޒާތުފުޅުގައި ރަޙުމަތިގެ ސިފަވާ  ރަޙުމަތްލައްވަވާ އިލާހުއެވެ. "  

الرَّحْمَـٰنِ އައިސްފައި މިވަނީ ކުރީގެ އާޔަތުގައުވާ “ﷲ” ނުވަތަ ލަފްޒުލް ޖަލާލާ ސިފަކުރަނިވި ނަމެއްގެގޮތުގައެވެ. އަދި الرَّحِيمِ ވެސް އައިސްފައި މިވަނީ އެހެން ސިފައެއްގެ ގޮތުގައެވެ. الرَّحْمَـٰنِ ގެ މާނައަކީ ތަނަވަސްވެގެންވާ ރަޙުމަތުގެ ވެރި ފަރާތެވެ. އަދި الرَّحِيمِ ގެ މަނައަކީ ފޯރަނިވި ތަނަވަސްވެގެންވާ ރަޙުމަތުގެ ވެރި ފަރާތެވެ. އެހެންކަމުން الرَّحْمَـٰنِ ދަލީލްކޮށްދެނީ އެއިލާހުގެ ރަޙުމަތުގެ ސިފަފުޅަށެވެ. އަދި الرَّحِيمِ އިން ދަލީލްކޮށްދެނީ އެއިލާހު ކުރައްވާ ކަމަކަށެވެ. (އެއީ ރަޙުމަތްލެއްވުމެވެ.)  

މިސާލަކަށް الرَّحْمَـٰنِ އެކަނި ގެނެވިއްޖެނަމަ މި ދެކަމަށްވެސް ދަލީލްކުރީހެވެ. އަދި الرَّحِيمِ އެކަނި ގެނެވިއްޖެނަމަވެސް މި ދެކަމަށްވެސް ދަލީލްކުރީހެވެ. އެއީ އެއިލާހުގެ ރަޙުމަތުގެ ސިފަފުޅަށާއި އެއިލާހުގެ ރަޙުމަތްލެއްވުމުގެ ޢަމަލުފުޅަށެވެ. އެހެންނަމަވެސް މި ދެބަށް އެއްތަނެއްގައި އައިސްފައި އޮތުމުން ތަފްސީރުކުރެވޭނީ الرَّحْمَـٰنِ އަށް ރަޙުމަތުގެ ސިފައިގެ ގޮތުގައެވެ. އަދި الرَّحِيمِ އަށް ރަޙުމަތްލެއްވުމުގެ ގޮތުގައެވެ. 

މި އާޔަތުން ލިބޭ ފައިދާތައް:

  • الرَّحْمَـٰنِ އަދި الرَّحِيمِ މި ދެނަންފުޅު ﷲ ތަޢާލާ އަށް ސާބިތުކުރުން. އަދި އެ ދެންމުގައި އެކުލެވިގެންވާ ﷲ ތަޢާލާގެ ޒާތުފުޅުގައިވާ ރަޙުމަތުގެ ސިފަޔާއި އެއިލާހުތަޢާލާގެ ޢަމަލުފުޅުން ރަޙުމަތްލެއްވުން ސާބިތުކުރުން. 
  • ތަޢާލާގެ ރުބޫބިއްޔަތު މި ޢާޔަތުގައު ބަޔާކުރައްވާފައިމިވަނީ އަޅުތަކުންނަށް ތަނަވަސް ވެގެންވާ ރަޙުމަތްލެއްވުމުގެ ގޮތުގައެވެ. އެހެނީ ﷲ ތަޢާލާ ( رب العالمين) އޭ ވަޙީކުރެއްވުމުން މީހަކު ސުވާލުކުރިފަދައެވެ. މި ބަސްފުޅުގައި މިވާ ރުބޫބިއްޔަތުގެ ވައްތަރަކީ ކޮބައިބާވައެވެ؟ މިއީ ހިއްޕެވުން ނުވަތަ އިންތިޤާމް ހިއްޕެވުން ބާވައެވެ؟ ނުވަތަ ޜަހުމަތް ލެއްވުމުގެ ރުބޫބިއްޔަތު ނުވަތަ ނިޢުމަތްދެއްވުމުގެ ރުބުބިއްޔަތު ބާވައެވެ؟ އޭގެ ޖަވާބުގައި ކަހަލަގޮތަކަށް ﷲ ތަޢާލާ ވަހީކުރައްވާފައި އެވަނީ ( الرحمن الرحيم) އެވެ. އެބަހީ ރަޙުމަތްލެއްވުމުގެ ރުބޫބިއްޔަތެވެ.  

-ނުނިމޭ- 

- އައްޝައިޚް އަޙްމަދު މިޙްޞަން މުޙައްމަދު  

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الفاتحة  ގެ ތަފްސީރުގެ ތަރުޖަމާއެވެ.

 

މިއަދު އޮންލައިން