ޔަތީމް ކުދިންނާ ހުވަފަތް އަންހެނުން ދުނިޔޭގަ ލައްވަވާފައިވަނީ އަހަރެމެންނަށް ހުރި ރަޙްމަތެއްގެ ގޮތުގައެވެ! އަހުރެމެންނަށް ސުވަރުގޭގެ މަތީ ދަރަޖަތައް ދެއްވެވުމަށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޔަތީމް ކުދިންނާ ހުވަފަތް އަންހެނުން ދުނިޔޭގަ ލައްވަވާފައިވަނީ އަހަރެމެންނަށް ހުރި ރަޙްމަތެއްގެ ގޮތުގައެވެ! އަހުރެމެންނަށް ސުވަރުގޭގެ މަތީ ދަރަޖަތައް ދެއްވެވުމަށެވެ!: މުފްތީ މެންކް

ލޮބުވެތި އަޚުންނާއި އުޚުތުންނަށް ބުނެލަންއޮތީ ޚާއްޞަކޮށް ޔަތީމް ކުއްޖަކު ޙާލުގައި ޖެހިގެން އަތުވެއްޖެނަމަ ނުވަތަ ޔަތީމް ކުއްޖަކަށް ކަމެއް ބޭނުންވެގެން މީހަކު އަތުވެއްޖެނަމަ ފުއްދައިނުދީ ދޫކޮށްނުލާށެވެ! އަދި އެހީތެރިކަމަށް އެދިގެން އަންނަ މީހަކަށް އެމީހާގެ ހިތުގައި ޖެހޭ ފަދަ ނުބައި ބަސްތައް ނުބުނާށެވެ! އެކަމަށް ﷲ ތަޢާލާގެ އަމުރުފުޅު ކީރިތި ޤުރްއާނުގައި އެބައޮތެވެ!

"ދަންނާށެވެ! ފަހެ، ކަލޭގެފާނު، ޔަތީމް ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ!"

"އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާއަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ!"

(އައްޟުޙާ: 9،10)

މީސްތަކުންނޭވެ! ޔަތީމް ކުދިންނާއި ހުވަފަތް އަންހެނުން ދުނިޔޭގައި ލައްވަވާފައިވަނީ އަހަރެމެންނަށް ހުރި ރަޙްމަތެއްގެ ގޮތުގައެވެ. އެހެނީ ޙަދީޘްފުޅުގައި ވެއެވެ. "ޔަތީމްކުދިންނަށް އެހީތެރިވެދޭ މީހާ ސުވަރުގޭގައި ވާނީ ތިމަންކަލޭގެފާނާއި މިފަދައިންނެވެ." ދެންދައްކަވައިލެއްވެވީ އަތްތިލަފުޅުގެ ދެ އިނގިލިފުޅެވެ.

އިތުރު ޙަދީޘްފުޅެއްގައިވަނީ ހުވަފަތް އަންހެނުންނާއި ޔަތީމްކުދިންނަށް ހަމައެކަނި ﷲ ތަޢާލާއަށްޓަކައި ހެޔޮކޮށް ހިތައި އެހީތެރިވެދިނުމަކީ ހުރިހާ ރޭތަކެއްގައި މުޅިރޭ ރޭއަޅުކަންކުރުމާއި ހުރިހާ ދުވަހަކު ރޯދައަށް ހުރުމަށްވުރެ ފައިދާހުރި ކަމެއް ކަމަށެވެ.

ޔަތީމް ކުދިންނާއި ހުވަފަތް އަންހެނުން ނުލައްވަވާނަމަ މިބޮޑު ނަޞީބު އަހަރެމެންނަށް ޙާޞިލްކުރެވޭނީވެސް ކިހިނަކުންހެއްޔެވެ؟ ވީމާ ބުއްދީގެ ބޭނުންކޮށް ފުރުޞަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން