މީސްތަކުން ފަހާދުވާނެ އަލިފާންގަނޑު ފައުޅުވުން!: ޝައިޚް ފަރިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 1ސ
މީސްތަކުން ފަހާދުވާނެ އަލިފާންގަނޑު ފައުޅުވުން!: ޝައިޚް ފަރިދު

ކުށްލިއަކަށް ރޭވެފާ އަނެއްދުވަހު އިރުއަރާއިރު އިރުހުންނާނީ މަޝްރިޤް ފަރާތަކުނޫން، އިރުހުންނާނީ މަޣްރިބް ފަރާތުގާ އިރު އޭގެ ހުޅަނގުފަރާތުން އަރާފަވާނީ! އެހިނދުގާ އެމީހުންނަކަށް ތައުބާއެއް ދެނެއް ނުވެވޭނެ! ތައުބާގެ ދޮރުބަންދުވީ ! އޭގެކުރިން އީމާން ނުވި މީހަކަށް ދެނެއް އަލަކުން އީމާނެއް ނުވެވޭނެ. އެހިސާބުން އެނިމުނީ އިރު ހުޅަނގުފަރާތުން އެރީމާ ދެން އެންމެންވެސް ބަލާނެ އީމާންވެވޭތޯ. އީމާންވެވޭތޯ ބަލާނެ އެންމެންވެސް. އެހެންނަމަވެސް ދެން އޭގެކުރިން އީމާންނުވާ މީހަކަށް އީމާންވުމުގެ ފުރުސަތެއްނެތް ތައުބާގެ ފުރުސަތު ބަންދުވީ. 

އާދެ މިގޮތުގާ މިހެންވަނިކޮށް ކުއްލިއަކަށް ޢަދަނުގެ އެންމެއަޑިން ނުކުމެދާނެ އަލިފާންގަނޑެއް " وَنارٌ تَخْرُجْ مِن قَعْرَتِ عَدَنْ تَرْحَلُ النَّاس " ޢަދަނުގެ އެންމެއަޑިން އަލިފާންގަނޑެއް ނުކުމެދާނެތޭ މީސްތަކުންފަހާ އެއަލިފާންގަނޑު ދާނެތޭ ޝާމްކަރަޔާދިމާއަށް އާދެ ޝާމްއަކީ އެއީ މިދުނިޔޭގަ ދުނިޔެ ނިމުމުގެކުރިން މީސްތަކުން ފަހާގެންދެވޭނެތަން. އެމީހުން އަރާމުކޮށްލިއަސް އެތާގައި އެއަލިފާންގަނޑު ހުންނާނެ އަލިފާންގަނޑެއް ނުދާނެ އެއަލިފާންގަނޑު އެމީހުން ފަހާ ދުވަމުންދުވަމުން ލަވަމުން  ލަވަމުންގޮސް އަރްޟުއްޝާމް ޝާމްކަރަޔާދިމާއަށް އެމީހުން ލަވަމުން ގެންދާނެ!   

އާދެ! ބާޙިދުން ވިދާޅުވާ ގޮތުގާ ކުރިޔަކުން އެގޭކަށް ނެތޭ ޢަދަނުން އަލިފާންގަނޑެއް  ފާޅުވާނީ ކިހިނެއްކަމެއް އެހެން ނަމަވެސް މަތިން އެބަލާފާ، ބަލާބެލުންތަކާ ހޯދުނު ހޯދުންތަކުން އެނގޭގޮތުގައި މުޅި ޢަދަން ސިޓީ ބިނާވެގެންވަނި ބޮޑުސިންގާ އަލިފާން ފަރުބަދައެއްގެ ކޮޅުގަކަމަށް އެއަލިފާން ފަރުބަދަ ގޮވައިފިއްޔާ މުޅި ސިޓީ ގޮވާނެ. 

އެހެންވީމާ ރަސޫލުﷲ  މިއަންގަވާފައިވާ  " قُعْرَتْ عَدَنْ ނުވަތަ قُعْرَتْ عَدَنْ " ޢަދަނުގެ އެންމެއަޑި ކަމުގާ ބެލެވެނީ އެއްކަލަ އަލިފާން ފަރުބަދަ ފަހަރުގާ އަލިފާން ފަރުބަދައިން އަލިފާންގަނޑު ނުކުމެގެންގޮސް ދެންފަހެ އެއަލިފާންގަނޑު އެމީހުން ފަހާ ދުވާނޭ. ދެންފަހެ އެންމެހާ މީސްތަކުން މަޙްޝަރުގެ ބިމާދިމާއަށް ޝާމްކަރައާ ދިމާއަށް އެމީހުން ދާނެތޭ މިމަޙްޝަރަކީ އަދި ފަހުގެ މަޙްޝަރެއްނޫން ޤިޔާމަތް ޤާއިމް ވުމަށްފަހުގާ يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ  " ބިން އެހެން ބިމަކަށް " وَالسَّمَاوَاتُ " އަދި އުޑުތައް އެހެން ގޮތަކަށް ބަދަލުވެގެން ދާނޭ ދުވަހޭ " وَبَرَزُوا لِلَّهِ الْوَاحِدِ الْقَهَّارِ "  އަދި އެއްކައުވަންތަ ޤައްހާރުވަންތަ ޖައްބާރުވަންތަ ގަދަފަދަ ވަންތަ  ﷲ ގެޙަޟްރަތަށް އެމީހުން ފާޅުވެގެން އަންނާނެތޭ. 

އާދެ! އެއީ އަދި އެހެން މަޙްޝަރެއް މީ ޤިޔާމަތް ވުމުގެ ކުރިން ޤިޔާމަތުގެ ޢަލާމާތެއްގެ ގޮތުގައި ޤިޔާމަތް ވުމުގެ ކުރިން މިދުނިޔޭގެ މިމުސްކުޅި ކަމުގެ އެންމެފަހުކޮޅުގާ ހިނގާނެ ޙާދިޘާ ތައް އާދެ މިޙާދިޘާ ތައް ހިގާންފެށުމުން ވަރަށް އަވަސްއަވަހަށް މިހުރިހާކަމެއް މިހެންވެގެންދާނެ،  

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން