ހެޔޮލަފާ އަނބިން ފިރިންގެ ކިބައިން ކަންކަމަށް އެދެނީ އެމީހުންގެ އުފަލަކަށް ނޫން! ފިރިން އުފާކޮށްދޭން! މިބުނާ ކަންކަމަށް ފިރިން ސަމާލުކަންދޭނަމަ ލިބޭ އުފާވެރިކަން އިތުރުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހެޔޮލަފާ އަނބިން ފިރިންގެ ކިބައިން ކަންކަމަށް އެދެނީ އެމީހުންގެ އުފަލަކަށް ނޫން! ފިރިން އުފާކޮށްދޭން! މިބުނާ ކަންކަމަށް ފިރިން ސަމާލުކަންދޭނަމަ ލިބޭ އުފާވެރިކަން އިތުރުވާނެ!

ފުރަތަމަ ކަމަކަށް އަންހެނުން ޚަރަދުކުރާ ކަންކަމަށާއި އެދޭ ކަންކަމަށް ބަލައިލަމާ ހިނގާށެވެ! އެގޮތުން ޒީނަތްތެރިވާނެ ތަކެތި ގަނެދޭން އެދޭނެއެވެ. ޒީނަތްތެރިވާނެއެވެ. ޒީނަތްތެރިވުމަށް ވަޤުތުތަކެއްވެސް ހޭދަކުރާނެއެވެ. އަދި ރީތި ފޭރާމަށްވެސް އެދޭނެއެވެ. 

މިކަންކަން މައްސަލައަކަށްވަނީ ރަނގަޅު ގޮތުގައި ނުވިސްނޭތީއެވެ. ހެޔޮލަފާ އަނބިން ރީތިފޭރާންލައި ޒީނަތްތެރިވާން މަސައްކަތްކުރަނީ އެމީހުންގެ ފިރިންނަށްޓަކައެވެ. ފިރިންގެ ސަމާލުކަން ހޯދުމަށެވެ. 

ދެވަނަ ކަމަކަށް ފާހަގަކޮށްލަން ބޭނުންވަނީ އެމީހުން ގޮވައިގެން ކޮންމެވެސް ރަށަކަށް ނަމަވެސް ގޮސްލައިދޭން އެދޭއެދުމަށެވެ. ހެޔޮލަފާ އަނބިން އެކަމަށް އެއެދެނީ ހަމަ ފިރިންނަށްޓަކައެވެ. ފިރިންނާއިއެކު ގިނަ ވަޤުތު ހޭދަކުރުމުގެ ބޭނުމުގައެވެ. ދަރިން ލިބިފައިވާނަމަ ޢާއިލާއެކުގައި ގިނަ ވަޤުތުހޭދަކުރަން ބޭނުންވާތީއެވެ. 

މިކަންކަމަށް ޝަކުވާކުރެވެނީ ހެޔޮލަފާ އަނބިންނާއިމެދު ރަނގަޅު ގޮތުގައި ނުވިސްނޭތީއެވެ. އަންތބަކު ނުބައި މަގަކުން ދާކަން ޔަޤީން ނުކުރެވޭހައި ހިނދަކު އޭނާގެ މައްޗަށް ޝައްކުނުކުރާށެވެ. މިބުނި ޒާތުގެ ކަމަކަށް އެދުމުން ފުރަގަސްނުދޭށެވެ. ތަނަވަސްކަން ހުރިވަރަކުން ކަންކަން ކޮށްދޭށެވެ. 

ހެޔޮލަފާ އަނބިންނަކީ ފިރިމީހާއަށް ނުލިބޭ ވަރަކުން ޚަރަދުކުރަން އެދޭނެ ބައެއް ނޫނެވެ. ވީމާ ޚަރަދުކުރަން އެދޭމިނުންވެސް އަނބިންގެ ހެޔޮލަފާކަން ދެނެގަނެވޭނެއެވެ. ވީމާ ހެޔޮލަފާ އަނބިން ކަމަކަށް އެދުމުން ކޮށްދެވެން އޮތްނަމަ އެކަމެއް ކޮށްދިނުމަށް ފަސްނުޖެހޭށެވެ. އުފާވެރިކަން އިތުރުވެ ހަމަޖެހޭ ދިރިއުޅުމެއް އުޅެން މަގުފަހިވާނީ އެއިރުންނެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން